މަތިންދާބޯޓު އުފުލާ ބޯޓު ޝަންޑޮންގް، ޓައިވާންގެ އިރުދެކުނުން ގާތްގަނޑަކަށް 60 ނޯޓިކަލް މޭލު ދުރުގައި

ދުނިޔެ

ޓައިވާންގެ ވަށައިގެން ޗައިނާގެ 100 އަށް ވުރެ ގިނަ ހަނގުރާމަ މަތިންދާބޯޓާއި ނޭވީގެ ނުވަ ބޯޓު އެބައޮތް

އަލީ އަޒްޔަން - ދުނިޔެ | 18 ސެޕްޓެންބަރ 2023 , ހޯމަ 14:08   427

ޓައިވާންގެ ވަށައިގެން ޗައިނާގެ 100 އަށް ވުރެ ގިނަ ހަނގުރާމަ މަތިންދާބޯޓާއި ނޭވީގެ ނުވަ ބޯޓު އެބައޮތްކަމަށް ބައިނަލްޢަޤުވާމީ މީޑިއާތަކުން ރިޕޯޓްކޮށްފިއެވެ.

ބެއިޖިން އާއި ޙަވާލާދީ މީޑިއާތަކުން ބުނާ ގޮތުގައި ޓައިވާން އަކީ އެޤައުމުގެ އަމިއްލަ ސަރަހައްދެއްކަމަށް ކޮންމެވެސް ދުވަހަކުން ހަދާނެކަމަށާއި، ބޭނުން ނަމަ ގަދަކަމުން އަތުލައިގަނެވޭނެ ކަމަށާއި ފާއިތުވި އަހަރުތަކުގައި ޓައިވާން އަށް ޑިޕްލޮމެޓިކް އަދި އަސްކަރީ ޕްރެޝަރު ބޮޑުކޮށްފައިވާ ކަމަށެވެ.

ޓައިވާންގެ ޑިފެންސް މިނިސްޓްރީން 24 ގަޑިއިރުގެ ތެރޭގައި ފެނުނު ހަނގުރާމަ މަތިންދާބޯޓުތަކުގެ އަދަދަކީ "ދާދި ފަހުން އެންމެ މަތީ އަދަދެއް" ކަމަށް ސިފަކޮށްފައިވާއިރު، ޗައިނާއިން މިކަމާއި ގުޅޭ ގޮތުން ރަސްމީކޮށް އެއްވެސް ބަހެއް ދިނުމަށް އިންކާރުކޮށްފައިވެއެވެ.

"ސެޕްޓެމްބަރު 17 އިން 18 އަށް ހެނދުނާ ދެމެދު ޗައިނާގެ ޖުމްލަ 103 މަތިންދާބޯޓު ފެނިފައިވޭ. މިއީ ފަހުގެ އެންމެ މަތީ ދަރަޖައެއް ކަމަށާއި ޓައިވާން ސްޓްރެއިޓް ހުރަސްކޮށް އަދި ސަރަހައްދުގެ ސަލާމަތަށް ވަރަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ކަމެއް" ޓައިވާން ސަރުކާރުން ނެރެފައިވާ ބަޔާނެއްގައިވެއެވެ.

ޖުމްލަ ހަނގުރާމަ މަތިންދާބޯޓު ފެނިފައިވާ މީހުންގެ ތެރެއިން 40 ބޯޓު ވަނީ އެ ޤައުމާއި ޗައިނާއާ ވަކިކުރާ ޓައިވާން ސްޓްރެއިޓްގެ މީޑިއަން ލައިން ކަމަށް ބުނާ ލައިން ހުރަސްކޮށް، އޭގެ ހުޅަނގު ދެކުނާއި އިރުދެކުނު އެއާ ޑިފެންސް އައިޑެންޓިފިކޭޝަން ޒޯން (އޭޑީޒް) އަށް ވަދެފައިކަމަށް ވެސް ރިޕޯޓްތައް ބުނެއެވެ.

މަސްރަޙް ދިރާސާކުރައްވާ ފަރާތްތަކުން ބުނާގޮތުގައި، އޭޝިއާ ޕެސިފިކް ސަރަޙައްދުގައި އެމެރިކާގެ ނުފޫޒާ ދެކޮޅަށް ޗައިނާއިން ގައިހުރިވަރު ދައްކަން މަސައްކަތްކުރަމުންދާއިރު، މުޅި ސަރަހައްދުގައި އެކުވެރި ގައުމުތަކާއެކު އަސްކަރީ ޑްރިލްތަކުގެ އެތައް ބުރެއް ލީޑް ކުރަމުންދާ ކަމަށެވެ.

ޓެގްސް: ޗައިނާ ޓައިވާން
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.