ފަލަސްޠީނުގައި ހަލާކުކޮށްލާފައިވާ ތަނެއް، މަރާލެވިފައިވާ މީހުންގެ ތެރޭގައި ފަލަސްޠީނުގެ 140 ކުޑަކުއްޖަކު ހިމެނޭކަމަށް ޚަބަރުތައް ބުނޭ

ދުނިޔެ

އިޒްރޭލް-ފަލަސްޠީނު ހަނގުރާމައިގައި މިހާތަނަށް 1500 އަށްވުރެ ގިނަ މީހުން މަރުވެއްޖެ

އަލީ އަޒްޔަން - މެދުއިރުމަތި | 10 އޮކްޓޯބަރ 2023 , އަންގާރަ 10:34   530

އިސްރާއީލުގެ ސިފައިންނާއި ފަލަސްތީނުގެ ރައްޔިތުންނާއި ދެމެދު ހަނގުރާމައެއް ފެށިފައިވާއިރު، މިހާތަނަށް 1500 އަށްވުރެ ގިނަ މީހުން މަރާލެވިފައިވާކަމަށް ބައިނަލްޢަޤްވާމީ މަޞްރަޙް ދިރާސާކުރައްވާ ފަރާތްތަކުން ބުނެފިއެވެ.

ފަލަސްޠީނަށް ބަލާއިރު 687 މީހަކު މަރުވެފައިވެއެވެ. އޭގެ ތެރޭގައި 140 ކުޑަކުދިން ހިމެނެއެވެ. އަދި 2900 މީހަކަށް އެކިވަރުގެ އަނިޔާ ލިބިފައިވެއެވެ.

އިޒްރޭލަށް ބަލާއިރު 900 އަށްވުރެ ގިނަ މީހުން މަރުވެ، 2،616 މީހަކަށް އަނިޔާ ލިބިފައިވެއެވެ.

ހަމައެހެންމެ 130 އިޒްރޭލުގެ ރައްޔިތުން ފަލަސްޠީނުން ވަނީ ރަޙީނުންގެ ގޮތުގައި ހިފަހައްޓާފައެވެ. ޤަތަރު މެދުވަރިކޮށް ދެޤައުމުގެ ކުށްވެރިން ބަދަލުކުރުމުގެ މަސައްކަތް ކުރެވެމުންދާކަމަށް ބައިނަލްޢަޤްވާމީ ނޫސްތަކުން ބުނެފައިވެެއެވެ.

އެމެރިކާ އިން ބުނެފައިވަނީ އެޤައުމުގެ 9 މީހަކު މަރާލާފައިވާކަމަށެވެ.

އދ. ގެ ސެކެޓްރީ ޖެނެރަން އެންޓޯނިއޯ ގުޓެރޭސް ވިދާޅުވީ އިޒްރޭލުން ފަލަސްޠީނަށް އަރައިގެންފައިވާތީ އެކަމާއި ފުން ހިތާމަ ކުރައްވާކަމަށެވެ.

ސިވިޒަލެންޑުން އެދިފައިވަނީ ދކޮޅުން ވެސް ހަނގުރާމަ ހުއްޓާލުމަށެވެ.

ހަނގުރާމަ އާއި ގުޅުވައިގެން ޔޫރަޕިއަން ޔޫނިއަނުން ދެމުން އައި އެހީތައް މެދު ކަނޑާލާފައިވާތީ، ގިނަ ޤައުމުތަކުން އަންނަނީ އީޔޫ އަށް ފާޑުކިޔަމުންނެވެ.

ޓެގްސް: އިޒްރޭލް ފަލަސްޠީން ހަނގުރާމަ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.