އިނގިރޭސި ބޮޑުވަޒީރު އާއި ޔޫކްރޭންގެ ރައީސް ކީވްގެ މަގުމައްޗަށް ނިކުވެ ޢާއްމުނާއި ވާހަކަދައްކަވާ ހައްދަވަނީ

ދުނިޔެ

ސަޕްރައިސް ދަތުރެއްގައި ވަޑައިގެން އިނގިރޭސި ބޮޑުވަޒީރު ބޮރިސް ކީވް ގެ މަގުމަތީގައި

އަލީ އަޒްޔަން - ޔޫރަޕް | 10 އޭޕުރިލް 2022 , އާދީއްތަ 09:29   360

ސަޕްރައިސް ދަތުރެއްގައި ޔޫކްރޭނަށް ހޮނިހިރު ދުވަހު ވަޑައިގެން އެގައުމުގެ ވެރިރަށް ކީވްގެ އަށް ވަޑައިގެންފިއެވެ.

މިދަތުރުގައި ޔޫކްރޭންގެ ރައީސް ވްލާޑްމީރް ޒެލެންސްކީ އާއި އެކު ހިންގަވާ ވަޑައިގެން ކީވް ސިޓީ ތެރެ ބައްލަވައިފައިި ވެއެވެ. އަދި ޢާއްމު ބައެއް ރައްޔިތުންނާއި ވާހަކަ ދައްކާ ޙާލު ބަލާފައިވެއެވެ.

މިދަތުރުގައި ޔޫކްރޭންގެ ރައީސް ފާހަގަ ކުރައްވާފައި ވަނީ ކުރިއަށް އޮތީ ދަތި އުނދަގޫ ދަތުރެއްކަމަށާއި، މަޑުކޮށްލައިގެން ތިބެވޭ ވަރަށް ވަގުތު ނެތް ކަމަށެވެ.

އިނގިރޭސި ބޮޑުވަޒީރުވަނީ ޔޫކްރޭނަށް އެހީތެރިވާނެކަމަށް ވަޢުދުވެ، އިތުރު ހަތިޔާރާއި މަލީ އެހީތެރިކަން ފޯރުކޮށްދޭނެކަމަށް ވިދާޅުވެފައެވެ. ބޮރިސް އިތުރަށް ވިދާޅުވީ އިތުރަށް ދެން ޔޫކްރޭނަށް ބަޔަކަށް ނޭރޭނެހެން އެހީތެރިވެ ވަރުގަދަކުރާނެކަމަށެވެ. އިނގިރޭސި ސަރުކާރުން ވަނީ 120 ހަތިޔާރުއެޅި އުޅަނދާއި މިސައިލުން ދިފާޢުވާނެ އިތުރު ތަކެތި ދޭނެކަމަށް ބުނެފައެވެ.

ޓެގްސް:
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.