ހަނގުރާމައިގައި މިހާތަނަށް ދެފަރާތުން ގިނަ ޢަދަދެއްގެ މީހުން މަރުވެފައިވޭ

ދުނިޔެ

އިޒްރޭލުން ގާޒާ ދެމުންދާ ވައިގެ ޙަމަލާތައް ވަރުގަދަކޮށްފި، މަރުވާމީހުންގެ ޢަދަދު އުފުލެނީ

އަލީ އަޒްޔަން - ދުނިޔެ | 11 އޮކްޓޯބަރ 2023 , ބުދަ 08:13   356

ހަފްތާ ބަންދުގައި ހަމާސްއިން އިސްރާއީލަށް ދިން ކުއްލި ޙަމަލާ އާއިގުޅިގެން، އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ހަނގުރާމަ އިއުލާން ކުރެއްވި ފަހުން ދެފަރާތުން 1900 އަށް ވުރެ ގިނަ މީހުން މަރުވެފައިވާކަމަށް ރިޕޯޓްތައް ބުނެފިއެވެ.

ދެފަރާތުން ވެސް މަރުވަމުން ދާ ރޭޓް މިހާތަނަށް ހުރީ ދާދި އެއްވަރެއްގައެވެ. އެހެންކަމުން ކޮންމެ ކޮޅަކުން ވެސް 900 އަށްވުރެ ގިނަ މީހުން މަރުވެފައިވެއެވެ. އަދި އެތައް ހާސް ބަޔަކަށް އެކިވަރުގެ އަނިޔާވެފައިވެއެވެ.

ފަލަސްތީނުން މަރުވެފައިވާ މީހުްނގެ ތެރޭގައި ދެބައިކުޅަ އެއްބަޔަކީ އަންހެނުންނާއި ކުޑަކުދިންނެވެ. ފަލަސްޠީނުގެ 5،000 ހާ މީހުން ޒަޚަމްވެފައިވެއެވެ.

އަންގާރަ ދުވަހު ވައިޓް ހައުސް އިން ވާހަކަ ދައްކަވަމުން ރައީސް ބައިޑަން ވިދާޅުވީ ހޮނިހިރު ދުވަހުން ފެށިގެން އިސްރާއީލުގައި މަރުވި އެމެރިކާގެ މީހުންގެ އަދަދު 14 އަށް އަރާފައިވާ ކަމަށާއި އެމެރިކާ ބައެއް އިތުރު މީހުން ރަހީނުކޮށްފައިވާކަމަށެވެ.

ހަމާސް ޖަމާޢަތުން ބުނެފައިވަނީ ފަލަސްޠީނަށް ދޭ ކޮންމެ ޙަމަލާއަކާއިއެކު ރަޙީނުކޮށްފައިވާމީހުން މަރަމުން ގެންދާނެކަމަށެވެ.

ޓެގްސް: ފަލަސްޠީން އިޒްރޭލް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.