އިންސާނީ ބޮޑު ކާރިސާއަށް ދިމާވެދާނެކަމަށް އ.ދ. އިން ވަނީ އިންޒާރު ދީފައި

ދުނިޔެ

300،000 އަށް ވުރެގިނަ ގާޒާ ރައްޔިތުން ގެދޮރުގެއްލި ޙާލުގައި ޖެހިފައި - އ.ދ.

އަލީ އަޒްޔަން - މެދުއިރުމަތި | 13 އޮކްޓޯބަރ 2023 , ހުކުރު 10:24   370

ތިން ލައްކަ ގާޒާ ރައްޔިތުން ގެދޮރުގެއްލި ޙާލުގައި ޖެހިފައިވާކަމަށް ބައިނަލްޢަޤުވާމީ އެންމެ ބޮޑު ޖަމާޢަތްކަމަށްވާ ޔުނައިޓެޑް ނޭޝަންސް (އ.ދ.) އިން ބުނެފިއެވެ.

ހަ ދުވަހަށް ދިގު ދެމިގެން ގޮސްފައިވާ ޙަމަލާތަކުގައި އިޒްރާއީލުގެ ފައުޖުތަކުން ގާޒާގެ ބޮޑަރާއި ގާތަށް އެއްގަމު މަގުން ޖެހެމުންދާއިރު، ޙާލަތު ވަރަށް ބޮޑަށް ގޯސްވެ އިންސާނީ ކާރިސާއެއް ކުރިމަތިވެދާނެކަމަށް ވެސް އ.ދ. އިން ބުނެފައިވެއެވެ.

ގާޒާގެ ސިއްޙަތާއި ބެހޭ ވުޒާރާއިން ބުނެފައިވަނީ މިހާތަަނަށް ފަލަސްޠީނުގެ 1417 މީހަކު މަރާލާފައިވާކަމަށެވެ. އަދި 6،268 މީހަކު ޒަޚަމްވެފައިވާކަމުގެ ރިޕޯޓް ލިބިފައިވާކަމަށެވެ.

ގާޒާއިން ކަރަންޓާއި ފެން ކަނޑާލާފައިވާއިރު ހޮސްޕިޓަލްތައް ހުއްޓެމުން އަންނަކަމަށް މިނިސްޓްރީ އިން ވެސް ބުނެފައިވެއެވެ. ގާޒާގެ ބޮޑުބަކަށް ފެނުގެ ޚިދުމަތް ވަނީ މެދުކެޑިފައިކަމުން އެތައް ލައްކަ ރައްޔިތުން ވަނީ ބޯފެނަށް ޖެހިފައެވެ.

ޙާލުގައި ޖެހިފައިވާ ފަރާތްތަކުގެ ތެެރޭގައި 50،000 އަށް ވުރެ ގިނަ މާބަނޑު އަންހެނުން ވެސް ހިމެނެއެވެ. މީގެ ތެރެެއިން 5،500 މީހަކު މިމަސްތެރޭގައި ވިހާނެކަމަށް ލަފާކުރާކަަމަށް ރިޕޯޓްތައް ބުނެއެވެ.

އިޒްރާއީލުން ގާޒާއަށް ދެމުންދާ ޙަމަލާތަކުގައި އ.ދ. ގެ 11 މުވައްޒަފަކު ވަނީ މަރުވެފައެވެ. އޭގެ ތެރޭގައި 5 ޓީޗަރަކާއި، ޑޮކްޓަރަކާއި، އިންޖިނިއަރަކު، އަދި ސައިކޯ ސޯޝަލް ސަޕޯޓް ދޭ ފަރާތްތައް ހިމެނެއެވެ. އަދި އ.ދ. އިން ކިޔަވައިގޭ ސްކޫލްތަކުގައި 30 ދަރިވަރަކު މަރުވެފައިވެއެވެ.

140 އަކަ މޭލުގެ ކުޑަ ސަރަޙައްދެއްގައި ދިރިއުޅެމުންދާ ދެ މިލިއަނަށް ވުރެ ގިނަ މުސްލިމުންނަށް ވައިގެ މަގުން ގިނަ ޙަމަލާތަކެއް ދެމުންދާއިރު، އިޒްރޭލަށް ދޭ ޙަމަލާތަކެއް ކަމަށެވެ. ނަމަވެސް މީގެއިން ގިނަ ޙަމަލާތައް އަމާޒުވަނީ ޢާއްމު ރައްޔިތުންނަށެވެ.

އ.ދ. އިން ދަނީ ޙަލުގައި ޖެހިފައިވާ ފަރާތްތަކަށް ކާނާ އާއި ބޯފެން އަދި ބޭސްފަރުވާ ކޮންމެ ދުވަހަކު ވެސް ފޯޜުކޮށްދެމުންނެވެ.

އ.ދ. އިން ބުނެފައިވަނީ އެހީ ފޯރުކޮށްދިނުމުގައި މިހާރު ހުރި ފަންޑުތައް މި މަސް ނިމޭއިރު ހުސްވާނެކަމަށާއި، އިތުރު 100 މިލިއަން ޑޮލަރު އެހީގެ ގޮތުގައި ބޭނުންވާކަމަށެވެ.

ޓެގްސް: ފަލަސްޠީން ހަނގުރާމަ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.