މައިކްރޮސޮފްޓް އިން ވަނީ ކޯލް އޮފް ޑިއުޓީ ނިންޓެންޑޯ އަދި ސޮނީ ފަދަ ކުންފުނިތަކުގެ ގޭމް ޕްލެޓްފޯމްގައި ބޭއްވުމަށް އެއްބަސްވެފައި

ވިޔަފާރި

އިއުތިރާޒުތަކުން އަރައިގަނެ، މައިކްރޮސޮފްޓުން 69 ބިލިއަން ޑޮލަރުގެ އެކްޓިވިޝަން ޑީލް ކާމިޔާބުކޮށްފި

ރާނިއާ - ދުނިޔެ | 17 އޮކްޓޯބަރ 2023 , އަންގާރަ 10:21   653

މައިކްރޮސޮފްޓްއިން ވަނީ ހުކުރު ދުވަހު ވިޑިއޯ ގޭމް ޖަޔަންޓް އެކްޓިވިޝަން ބްލިޒާޑް 69 މިލިއަން ޑޮލަރަށް ގަނެ، އިނގިރޭސިވިލާތާއި އެމެރިކާގައި ހުރި ރެގިއުލޭޓަރީ ބޮޑެތި ހުރަސްތަކުން އަރައިގަނެފައެވެ.

މިއީ އޭއޯއެލް އިން މީގެ ވިހި ވަރަކަށް އަހަރު ކުރިން ޓައިމް ވޯނާގަތް ފަހުން އެފަދަ އެންމެ ބޮޑު މުއާމަލާތް ކަމަށްވެސް ފާހަގަކޮށްލެވެއެވެ.

މައިކްރޮސޮފްޓްގެ އެކްޓިވިޝަން ގަތުން ނިމުމަކީ ދުނިޔޭގެ އެތައް އަހަރެއް ވަންދެން ބޮޑެތި ޓެކް ކުންފުނިތައް ފާރަލާފައިވާ ސަރުކާރުތަކުން އެމީހުންގެ ބާރާއި، ކުރިއެރުން ނުވަތަ މެގަޑީލްތައް ނިންމުމުގެ ގާބިލްކަން ހުއްޓުވުމަށް މިހާތަނަށް މާބޮޑު ކަމެއް ނުކުރާ ކަމުގެ ސާފު އިޝާރާތެކެވެ. މި ޑީލްގެ ސަބަބުން ރެގިއުލޭޓަރުންގެ ތަދައްޚުލުވުން ކާމިޔާބުކުރެވޭނެ ގޮތުގެ ބްލޫޕްރިންޓެއް ޓެކް އެހެން ބޮޑެތި ކުންފުނިތަކަށް ލިބިގެންދެއެވެ.

އެތައް ގައުމުގެ އޮފިޝަލުން އަޅާފައިވާ ހުރަސްތަކުނަ އަރައިގަނެ، މައިކްރޮސޮފްޓްއިން މި ޑީލް ނިންމުމަކީ ވީޑިއޯ ގޭމް އިންޑަސްޓްރީގައި ވާދަވެރިކަން ކުޑަވާނެކަމެކެވެ.

މައިކްރޮސޮފްޓުން އެ ކުންފުނީގެ މެގަޑީލް ކާމިޔާބު ކުރުމަށްޓަކާއި އެތައް ހުރަސްތަކާއި ކުރިމަތިލާންޖެހިފައިވިއިރު އޭގެ ތެރޭގައި ދިހަވަރަކަށް ގައުމުގެ ރުހުން ހޯދުން ހިމެނެ އެވެ.

މިގޮތުން އެކްޓިވިޝަންގެ ފްލެގްޝިޕް ފްރެންޗައިޒްތަކުގެ ތެރެއިން އެއް ފްރެންޗައިޒް ކަމަށްވާ ކޯލް އޮފް ޑިއުޓީ ނިންޓެންޑޯ އާއި ސޮނީ ފަދަ އެހެން ކުންފުނިތަކުގެ ގޭމް ޕްލެޓްފޯމްތަކުގައި ކުރިއަށް ގެންދިއުމަށް މައިކްރޮސޮފްޓްއިން ވަނީ އެއްބަސްވެފައެވެ.

ޓެގްސް: މައިކްރޯސޮފްޓް މައިކްރޯސޮފްޓް ސޮފްޓްވެއާރ ވީޑިއޯ ގޭމްސް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.