އިންޑިއާއިން ވަނީ ކާމިޔާބު ކަމާއިއކު "ޗަންޑްރަޔާން-3" މިދިޔަ އޯގަސްޓްމަހު ހައްދައް ޖައްސާފައި

ދުނިޔެ

އިންޑިއާ، ޖައްވީ ސްޓޭޝަނަކާއިއެކު 2040 ގެ ކުރިން ހަނދަށް މީހަކު ފޮނުވަން މަސައްކަތްކުރަނީ

އަލީ އަޒްޔަން - އިންޑިއާ | 19 އޮކްޓޯބަރ 2023 , ބުރާސްފަތި 10:09   664

އިންޑިއާގެ އަމާޒަކީ 2040 ވަނަ އަހަރުގެ ނިޔަލަށް އެސްޓްރޮނޯޓެއް ހަނދަށް ފޮނުވުން ކަމަށް އިންޑިއާ ސަރުކާރުން ބުނެފިއެވެ.

އެގައުމުގެ ޖައްވީ އަމާޒުތަކުގެ ތެރޭގައި 2035 ވަނަ އަހަރުގެ ނިޔަލަށް ޖައްވީ މަރުކަޒެއް ގާއިމް ކުރުމުގެ ރޭވުންތައް ވެސް ހިމެނެ އެވެ.

ބޮޑުވަޒީރު ނަރެންދުރަ މޯދީ ވަނީ މި އުންމީދުތައް އަންގާރަ ދުވަހު އިއުލާން ކުރައްވައި، ވީނަސް އާއި މާސް އަށް މިޝަންތަކުގައި މަސައްކަތް ކުރުމަށް ސައިންސްވެރިންގެ ކިބައިން އެދިވަޑައިގެންފަ އެވެ.

އޮގަސްޓް މަހު އިންޑިއާ ވެގެން ދިޔައީ ހަނދުގެ ދެކުނު ފަރާތަށް ޖައްވީ އުޅަނދެއް ޖައްސާ ފުރަތަމަ ގައުމަށް ކަމަށާއި، ސެޕްޓެމްބަރު މަހު ދިރާސާ ކުރުމަށް ރޮކެޓެއް ފޮނުވާލާފައިވާ ކަމަށް ވެސް ބުނެފައިވެއެވެ.

އިންޑިއަން ސްޕޭސް ރިސާޗް އޮގަނައިޒޭޝަން (އިސްރޯ) އިން ވެސް ދަނީ ގަގަންޔާއަން މަޝްރޫއުގެ މަސައްކަތް ކުރަމުންނެވެ. މިމަޝްރޫޢުގެ ދަށުން އިންސާނުންނާއިއެކު ޖައްވީއުޅަނދުތައް ޖައްވައް ގެންގޮސް އެނބުރި ގެނައުމުގެ މަސައްކަތް ކުރާނެއެވެ.

ހޮނިހިރު ދުވަހު ޖައްވީ އިދާރާއިން މި މިޝަންގައި މުހިއްމު ޓެސްޓެއް ކުރިއަށް ގެންދާނެކަމަށް ވެއެވެ.

އޭގެ ފަހުން 2024 ވަނަ އަހަރު ނިމުމުގެ ކުރިން އިންސާނުންނާއިއެކު މިޝަން ކުރިއަށް ގެންދިއުމުގެ ކުރިން ރޮބޮޓެއް ޖައްވަށް ގެންގޮސް އިތުރު ޓެސްޓް ދަތުރެއް ކުރިއަށް ގެންދާނެ އެވެ.

ޓެގްސް: އިންޑިއާ ޖައްވީ ހޯދުންތައް ހަނދަށް ދިއުން އިންޑިއާ ޖައްވީ ހޯދުންތައް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.