ޖަމިއްޔަތުލް ޢުލަމާއިން އިންތިޒާމުކުރާ މިމުބާރާތުގައި މިދިޔަ އަހަރު ދަރިވަރަކު ކިޔަވަނީ

ހަބަރު

ނެސޯހޯމް ޤުރުއާން މުބާރާތް، ހޮނިހިރު ދުވަހު އައްޑޫގައި ފަށަނީ

އަލީ އަޒްޔަން - އައްޑޫ އަތޮޅު | 20 އޮކްޓޯބަރ 2023 , ހުކުރު 21:53   1349

ނެސޯހޯމް ޖަމިއްޔަތުލް ޢުލަމާ ޤުރުއާން މުބާރާތް، ހޮނިހިރު ދުވަހު އައްޑޫގައި ފަށާނެކަމަށް އިންތިޒާމުކުރާ ފަރާތުން ބުނެފިއެވެ.

އިންތިޒާމުކުރާ ފަރާތް ކަމުގައިވާ ޖަމިއްޔަތުލް ޢުލަމާގެ ފަރާތުން ވާހަކަދައްކަވަމުން ޢަލީ ސާލިމް ރަޝީދު ވިދާޅުވީ މިއީ އައްޑޫސިޓީގައި އެޖަމްޢިއްޔާގެ ފަރާތުން އިސްނަގައިގެން ކުރިއަށްގެންދާ މިފަދަ ދެވަނަ މުބާރާތްކަމަށެވެ.

މި މުބާރާތް ފެށުމުގެ ރަސްމިއްޔާތު މާދަމާ ހެނދު އައްޑޫ ހައި ސްކޫލް ހޯލުގައި އޮންނާނެވެ. ބައިވެރިވާ ފަރާތްތަކުގެ ކިޔެވުން ވެ އޮންނާނީ ހަމަ އެ ހޯލުގައި ޢާއްމު ފަރާތްތަކަށް ހުޅުވާލެވިގެންނެވެ.

ބައިވެރިންގެ ކިޔެވުން އޮންނާނީ އޮކްޓޯބަރު މަހުގެ 21 އިން 24 ވަނަ ދުވަހާއި ހަމައަށެވެ. ޢިނާމުދިނުން އޮންނާނީ އޮކްޓޯބަރު މަހުގެ 28 ވަނަ ދުވަހުއެވެ.

ސާލިމް އިތުރަށް ވިދާޅުވީ މިދިޔަ އަހަރުގެ މުބާރާތާއި ޚިލާފަށް މިއަހަރުގެ މުބާރާތުގައި އައްޑޫގެ ސްކޫލްތަކުގެ ދަރިވަރުންގެ އިތުރުން ޚާއްޞަ ބައެއްގެ ގޮތުގައި ޢާއްމު ފަރާތްތަކުގެ ކިޔެވުން ވެސް ފެނިގެންދާނެކަމަށެވެ.

މިފަހަރުގެ މުބާރާތުގައި ޖުމްލަ 174 ފަރާތެއްގެ ކިޔެވުން ހުށަހަޅައިދޭނެއެވެ.

މުބާރާތުގެ މެއިން ސްޕޮންސާ އަކީ އައްޑޫސިޓީގެ މަޝްހޫރު ވިޔަފާރިއެއް ކަމުގައިވާ ނެސޯ ހޯމް އެވެ.

ދަރިވަރުންގެ ކިޔެވުން، އެކްސްޕްރެސް ނިއުސްގެ ފޭސްބުކް ޕޭޖް މެދުވެރިކޮށް ވަޤުތުން ދުރަށް ދެއްކުމަށް ހަމަޖެހިފައިވެއެވެ.

މިލިޔުމާއި ގުޅޭ

އައްޑޫގެ ފުރަތަމަ ސްކޫލްތަކުގެ ޤުރުއާން މުބާރާތް ފަށައިފި

މާލޭ ސިޓީ ކައުންސިލުން ރޯދަމަހު ބާއްވާ ޤުރުއާން މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވައިފި

ކުރީގެ މުބާރާތުގެ ތެރެއިން

ޓެގްސް: އައްޑޫގައި ބޭއްވޭ އިވެންޓްތައް ކީރިތި ޤުރުއާން މުބާރާތްތައް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.