މިސްރުން އެހީގެ ފުރަތަމަ ފައުޖު ޣައްޒާއަށް ދެވިފައިވަނީ ހޮނިހިރު ދުވަހު

ދުނިޔެ

ޤާހިރާ ސަމިޓް : ގަދަކަމުން ފަލަސްތީނުގެ މީހުން ޣައްޒާއިން ބޭރުކުރުމަށް އަރަބި ލީޑަރުން ދެކޮޅު

ރާނިއާ - މެދުއިރުމަތި | 22 އޮކްޓޯބަރ 2023 , އާދީއްތަ 09:01   476

ދެހަފްތާ ހަނގުރާމައަށް ފަހު ފުރަތަމަ ފަސްޓް އެއިޑްގެ އެހީ މިއަދު ޣައްޒާއަށް ފޮނުވުމާއި އެކު، ސިނާއީ ޕެނިންސުލާއަށް ފަލަސްތީނު މީހުން ގަދަކަމުން ފޮނުވާލުމާއި ދެކޮޅު ހައްދަވާ ކަމަށް މިސްރުގެ ރައީސް އަބްދުލް ފައްތާޙް އަލް ސީސީ ވިދާޅުވެއްޖެއެވެ.

ހަމައެކަނި ހައްލަކީ ފަލަސްތީނުގެ ރައްޔިތުންނަށް މިނިވަން ދައުލަތެއް ގާއިމް ކުރުން ކަމަށް ޤާހިރާގައި ބޭއްވި ސަމިޓެއްގައި ވާހަކަފުޅު ދައްކަވަމުން ސީސީ ވިދާޅުވިއެވެ.

ސަމިޓް ފެށިގެން ދިޔައިރު 20 ލޮރީއިން ފަސްޓް އެއިޑް އެހީ ހިފައިގެން ރަފާހްގެ ބޯޑަރު ހުރަސްކުރިއެވެ. ނަމަވެސް މިއެހީއަކީ ޣައްޒާގެ ރައްޔިތުންގެ ބޭނުންތައް ހައްލުކުރުމަށް ފުދޭވަރުގެ ކަމެއް ނޫން ކަމަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދޭ ޖަމިއްޔާތަކުން އިންޒާރުދެއެވެ.

އިސްރާއީލުގެ އަސްކަރިއްޔާއިން ބުނީ އެ އެހީއަކީ ހަމައެކަނި ދެކުނު ޣައްޒާއަށް ދޭ އެހީއެއް ކަމަށާއި ޣައްޒާގެ އުތުރުގެ ރައްޔިތުން ގެދޮރު ދޫކޮށް އެ ސަރަހައްދުގެ މެދުތެރޭގައި އޮންނަ ވާދީ ޣައްޒާގެ ދެކުނަށް، މިސްރުގެ ބޯޑަރާއި ދިމާއަށް ދިއުމަށް ތަކުރާރުކޮށް ގޮވާލާ ކަމަށެވެ.

ހިފާފައިވާ ހުޅަނގު އައްސޭރީގެ ސަރަހައްދުތަކުގެ ކޮންޓްރޯލް އޮތް ނަމަވެސް ހަމާސް އިން ހިންގާ ޣައްޒާ ސަރަހައްދުގެ ކޮންޓްރޯލް ނެތް ފަލަސްތީނުގެ އޮތޯރިޓީގެ ވެރިޔާ މަހްމޫދު އައްބާސް ވެސް ވިދާޅުވީ ފަލަސްތީނުގެ ރައްޔިތުން ވަކިވާން މަޖުބޫރު ނުކުރެވޭނެ ކަމަށެވެ.

"އަޅުގަނޑުމެން ދުވަހަކުވެސް ރިލޯކޭޝަން ގަބޫލެއް ނުކުރާނަން، ކޮންމެ ގޮންޖެހުމެއް ކުރިމަތިވިޔަސް އަޅުގަނޑުމެންގެ ބިމުގައި ތިބޭނަން،" އޭނާ ވިދާޅުވިއެވެ.

އިސްރާއީލުން ބަދަލު ހިފުމުގެ ގޮތުން ޣައްޒާއަށް ވައިގެ ހަމަލާތައް ދޭން ފެށީ 7 އޮކްޓޯބަރުގައި ހަމާސްގެ އަސްކަރީ ވިންގުން އިސްރާއީލަށް ދިން ހަމަލާއެއްގައި 1،400 މީހުން މަރުވުމުންނެވެ.

އިސްރާއީލުން ބުނާ ގޮތުގައި މިހަމަލާގައި 300 އަށް ވުރެ ގިނަ ސިފައިން ވެސް މަރުވެފައިވާއިރު ހަމާސް އިން ވަނީ 200 އަށް ވުރެ ގިނަ މީހުން ރަހީނުކޮށްގެން ޣައްޒާއަށް ގެންގޮސްފަ އެވެ.

އިސްރާއީލުން ދީފާއިވާ ވައިގެ ހަމަލާތަކުގައި 4300 އަށް ވުރެ ގިނަ މީހުން މަރުވެފައިވާ ކަމަށް ހަމާސް އިން ހިންގާ ހެލްތު މިނިސްޓްރީން ބުނެފި އެވެ.އޭގެ ތެރެއިން ދެބައިކުޅަ އެއްބައި މީހުންނަކީ އަންހެނުންނާއި ކުޑަކުދިންނެވެ.

ޓެގްސް: މިސްރު ފަލަސްޠީން ހަނގުރާމަ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.