ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ އަންހެން ކެންޑިޑޭޓަކު ވާހަކަދައްކަވަނީ

ދުނިޔެ

ވެނެޒުއެލާގައި އެއްކެންޑިޑޭޓަކު ނެރެން އިދިކޮޅުގެ ކެންޑިޑޭޓުންގެ މެދުގައި ޕްރައިމަރީއެއް ބާއްވަނީ

އަލީ އަޒްޔަން - އެމެރިކާ | 23 އޮކްޓޯބަރ 2023 , ހޯމަ 09:23   533

ދެކުނު އެމެރިކާގެ ޤައުމެއްކަމުގައިވާ،ވެނެޒުއެލާގައި 2024 ގައި އޮންނަ ރިޔާސީ އިންތިޚާބަށް އެއްކެންޑިޑޭޓަކު ނެރެން އިދިކޮޅުގެ ކެންޑިޑޭޓުންގެ މެދުގައި ޕްރައިމަރީއެއް ބާއްވަން ނިންމާފައިވާކަމަށް ޚަބަރުތައް ބުނެފިއެވެ.

މިއީ ސަރުކާރުގެ އިދާރާއަކާއި އެއްވެސް ގުޅުމެއް ނެތް، ވަކި އިންތިޚާބީ ކޮމިޓީއަކުން ކުރިއަށް ގެންދާ އިންތިޚާބެކެވެ.

އެޤައުމުގެ ވެރިއަކަށް މިހާރު ހުންނެވި ނިކޮލާ މަޑޫރޯ ވެރިކަމަށް ވަޑައިގެންނެވީ 2013 ވަނަ އަހަރުއެވެ. އެބޭފުޅާ ކުރިއަށް އޮތް އިންތިޚާބުގައި ވެސް ވާދަކުރައްވަން ތައްޔާރުވެވަޑައިގަންނަވަމުން ދާއިރު، އިދިކޮޅުން ބުނަނީ އެއް ކެންޑިޑޭޓަކު ނެރެގެން ނޫންގޮތަކަށް މަޑޫރޯ ބަލިނުކުރެވޭނެކަމަށެވެ.

މީގެ ކުރިން، ގިނަ ކެންޑިޑޭޓުންތަކެއް ޖަލަށްލައި އިންތިޚާބުގައި ވާދަނުކުރެވޭގޮތް ހަދާފައިވާތީ، އެޤައުމުގައި އިދިކޮޅު ފަރާތްތަކުން މީގެ ކުރިން އިންތިޚާބުތައް ބޯއިކޮޓް ވެސް ކޮށްފައިވެއެވެ.

އެކަމަކު އިދިކޮޅުން މިފަހަރު ދެކެނީ ތަފާތު ގޮތަކަށް ނަތީޖާ ނެރުމަށެވެ. އެއީ އިދިކޮޅުން އެއް ކެންޑިޑޭޓަކު ނެރުމެވެ.

ކުރިން އިދިކޮޅުން އެދިފައިވަނީ، އެޤައުމުގެ އިލެކްޝަންްސް ކޮމިޝަނުން ޕްރައިމަރީ އެއް ކުރިއަށް ގެންގޮސްދިނުމަށެވެ. ނަމަވެސް، އެކަން ދިގު ދެމިގެން ގޮސްފައިވާތީ، އިދިކޮޅުން ނިންމީ އަމިއްލައަށް އިންތިޒާމުކޮށްގެން އިދިކޮޅު ޕްރައިމަރީ ބޭއްވުމަށެވެ.

ކުރިން މި ޕްރައިމަރީގައި 13 ކެންޑިޑޭޓަކު ވާދަކުރައްވާނެކަމަށް ބެލެވުނު ނަމަވެސް، ތިން ކެންޑިޑޭޓަކު ނަން ގެންގެންދެވުމުން މިހާރު ތިއްބެވީ 10 ކެންޑިޑޭޓެކެވެ.

މި އިންތިޚާބު ކާމިޔާބު ކުރެވޭނެކަމަށް ގިނަ ފަރާތްތަކުން ބުނަމުން އަންނަނީ 15 އަހަރު ވަންދެން އިންތިޚާބުތަކުން އެއްކިބާކޮށްފައިވާ، އަންހެން ކަނބަލެއްކަމަށްވާ މާރިއާ ކޮރީނާ މަޗާޑޯކަމަށެވެ. އެބޭފުޅާ މިވަޤުތު ވެސް ހުންނެވީ އިންތިޚާބުތަކުން އެކަހެރިކޮށްފައެވެ.

ޓެގްސް: ވެނެޒުއެލާ ލެޓިން އެމެރިކާ އިންތިޚާބު
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.