ތެޔޮ ސާފުކުރާ ކާރުޚާނާއެއްގެ ބޭރުން ބަޔަކު ޙަރަކާތްތެރިވަނީ

ދުނިޔެ

ތެލުގެ އަގު ބޮޑުތަން އުފުލިދާނެކަމަށް ވޯލްޑް ބޭންކުން އިންޒާރު ދީފި

ހުސެން ހަމްދާން - މެދުއިރުމަތި | 31 އޮކްޓޯބަރ 2023 , އަންގާރަ 06:48   504

މެދުއިރުމަތީ ހަނގުރާމައިގެ ސަބަބުން ތެލުގެ އަގަށް ލޮޅުން އަރާފާނެ ކަމަށް ވޯލްޑް ބޭންކުން އިންޒާރު ދީފިއެވެ.

އިސްރާއީލާއި ހަމާސްއާ ދެމެދު ހިނގަމުންދާ ހަނގުރާމަ ބޮޑުތަނުން އިތުރުވުމުން، ތެލުގެ އަގު 75 ޕަސެންޓާ ހަމައަށް އުފުލިދާނެ ކަމަށް ވޯލްޑް ބޭންކުން ހޯމަ ދުވަހު އިންޒާރު ދީފިއެވެ.

ހަމާސް އާއި އިސްރާއީލާ ދެމެދު ދާދި ފަހުން ހިނގި ހަމަނުޖެހުންތަކުގެ ސަބަބުން ދުނިޔޭގެ އިގްތިސާދަށް އަސަރު ފޯރާފާނެއެވެ. އަދި މިހާރު މިވަނީ ދުނިޔޭގެ ހަކަތައަށް ކުރިމަތިވެދާނެ ޝޮކެއްގެ ކަންބޮޑުވުންތައް ވެސް އުފެދިފައެވެ. މި ހަމަނުޖެހުން ފެށުނު ފަހުން ހަކަތަގެ އަގުތައް ނިސްބަތުން އެއްވަރެއްގައި އޮތްއިރު، އިގްތިސާދީ މާހިރުންނާއި ސިޔާސަތު ކަނޑައަޅާ ފަރާތްތަކުން ދަނީ ހާލަތު ވަރަށް ގާތުން ބަލަމުންނެވެ. ވޯލްޑް ބޭންކުގެ ތަހުލީލުން ދައްކާ ގޮތުގައި މި ހަމަނުޖެހުން ބޮޑުވެ މުޅި މެދުއިރުމައްޗަށް ދިގުދެމިގެންދާނަމަ ހަކަތަ މާކެޓަށް ބުރޫއެރުމުގެ ފުރުސަތު އެބައޮތެވެ.

މިހާރު ދުނިޔޭގެ ތެލުގެ އަގު ފީފާއެއްގެ އަގު ގާތްގަނޑަކަށް 85 ޑޮލަރަށް އަރާއިރު، މި ކުއާޓަރުގައި ތެޔޮ ފީފާއެއްގެ އަގު 90 ޑޮލަރަށް އަރާނެ ކަމަށް ލަފާކުރެއެވެ. ނަމަވެސް 1973 ވަނަ އަހަރު އަރަބި ތެޔޮ މަނާކުރުން ފަދަ ތާރީހީ ހާދިސާތަކާއި ނުވަތަ 2003 ވަނަ އަހަރުގެ އިރާގު ހަނގުރާމަ ނުވަތަ 2011 ވަނަ އަހަރުގެ ލީބިޔާގެ ދާޚިލީ ހަނގުރާމަ ފަދަ ހަމަނުޖެހުންތަކާ އެއްގޮތަށް ތެލުގެ ސަޕްލައިއަށް ބޮޑެތި ބުރޫތަކެއް އައިސްފިނަމަ ތެލުގެ ބާޒާރަށް ބޮޑެތި ބުރޫތަކެއް އަރައި އަގު ބޮޑުވެ، 157 ޑޮލަރަށްވެސް ފީފައެއް އަރާފާނެ ކަމަށް ލަފާކުރެއެވެ.

އިންފްލޭޝަނާއި ދުނިޔޭގެ އިގްތިސާދަށް ކުރާނެ އަސަރުތައް ބިނާވެފައި އޮންނާނީ ހަމަނުޖެހުންތަކުގެ މުއްދަތާއި ތެލުގެ އަގު ދެމެހެއްޓެނިވި ގޮތެއްގައި ބޮޑުވުމުގެ މައްޗަށެވެ. މިފަދަ ދެމެހެއްޓެނިވި ގޮތެއްގައި ތެލުގެ އަގު ބޮޑުވުމުން ކާބޯތަކެއްޗާއި އިމާތާއްކުރަ ތަކެއްޗާއި ރަނުގެ އަގުތާއް ބޮޑުވެދާނެއެވެ.

ދުނިޔޭގެ ތެލުގެ އަގަށް ކުރިމަތިވެދާނެ އަސަރުތައް ކުޑަކުރުމަށްޓަކައި އެމެރިކާއާއި ޔޫރަޕުން ވަނީ ރަޝިޔާގެ ހަކަތަ އެކްސްޕޯޓްކުރާ މިންވަރު މަދުކުރުމާއި ސްޓްރެޓެޖިކް ތެލުގެ ރިޒާވް ބޭނުންކުރުން ފަދަ ފިޔަވަޅުތައް އަޅާފައެވެ.

ޓެގްސް: ވޯލްޑްބޭންކް ތެލުގެ އަގުތައް އިޒްރޭލް ހަނގުރާމަ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.