މެކްސިކޯ ތޫފާން އޮޓިސް އަށް ފަހު

ދުނިޔެ

މެކްސިކޯއަށް އެރި "ތޫފާން އޮޓިސް" އަށް ފަހު ގެއްލުނު މީހުން އަދިވެސް ނުފެނޭ

ހުސެން ހަމްދާން - ދުނިޔެ | 1 ނޮވެންބަރު 2023 , ބުދަ 11:17   495

މެކްސިކޯގެ ރިސޯޓެއް ކަމަށްވާ އެކަޕަލްކޯއަށް ތޫފާން އޮޓިސް އެރިތާ ހަ ދުވަސް ވީއިރުވެސް ދިހަވަރަކަށް މީހުން ގެއްލިފަ އެބަތިއްބެވެ.

އަކަޕަލްކޯގަ ހުންނަ ގުއެރެރޯ ސްޓޭޓްގެ ގަވަރުނަރު ވިދާޅުވީ މިހާތަނަށް 45 ހަށިގަނޑު ފެނިފައިވާ ކަމަށާއި މަދުވެގެން 47 މީހުންގެ ހަށިގަނޑު އަދިވެސް ހިސާބު ނުކުރެވި ހުރި ކަމަށެވެ. އެކަޕަލްކޯއަށް އެރި ތޫފާނަކީ ކެޓަގަރީ 5 ގެ ތޫފާނެއްކެވެ.

އެހީތައް އައުން ލަސްވުމުން ރައްޔިތުން ރުޅިގަދަވެ ބައެއް މީހުން ވަނީ ތަންތަން ލޫޓުވާން ފަށާފައެވެ.

"އަޅުގަނޑުމެންގެ އަތުގައި ފެން ނެތް، އެއްވެސް އެއްޗެއް އަތަކު ނެތް، ގޭ ހުރީ ކުންޏާއި ކަޗައިން ފުރި ހުރިހާ އެއްޗެއް ހަލާކުވެފައި" ރޮއިޓާސް ނިއުސް އެޖެންސީއަށް ހޯމަ ދުވަހު އެއް އަންހެނަކު ބުނީ އެހީތެރިކަން ފޮނުވުމަށް ސަރުކާރަށް އިލްތިމާސް ކުރަމުންނެވެ.

ސަރުކާރުން ސިފައިންނާއި ފުލުހުން ސިޓީއާއި ވަށައިގެންވާ ސަރަހައްދަށް ފޮނުވާފައިވާއިރު، ރައީސް އަންޑްރެސް މެނުއަލް ލޮޕޭޒް އޮބްރަޑޯ ވަނީ "އަކަޕަލްކޯގެ ރައްޔިތުން އަނބުރާ ފައިމައްޗަށް ޖައްސާނެ" ކަމަށް ވައުދުވެފަ އެވެ.

އެކަމަކު ރީޓެއިލް ވިޔަފާރިވެރިން ތަމްސީލުކުރާ ގްރޫޕަކުން ވަނީ އެ ޖަމާއަތުގެ ބައެއް މެމްބަރުން ލޫޓުވާފައިވާ ކަމަށް ރިޕޯޓް ކުރުމުން ސެކިއުރިޓީ އިތުރަށް އިތުރު ކުރުމަށް ކަމާބެހޭ ފަރާތްތަކަށް ގޮވާލާފަ އެވެ.

"ކާބޯތަކެއްޗާއި ބޭހާއި ސާފުތާހިރުކަމުގެ އުފެއްދުންތައް މަންޒިލަށް ވާސިލްވެ، ކުށްވެރި ޖަމާއަތްތަކުން ވަގަށް ނުނަގާނެ ކަމުގެ ޔަގީންކަން ދިނުން މުހިންމު ކަމަށް" ރީޓެއިލް އެސޯސިއޭޝަނުން ބުންޏެވެ.

ގުއެރެރޯގެ ގަވަރުނަރު އެވްލީން ސަލްގާޑޯ ވިދާޅުވީ ކުނިކޮށިތަކާއި ވެއްޓިފައިވާ ގަސްތަކުން ބަންދުވެފައިވާ ގިނަ މަގުތައް ސާފުކޮށްފައިވާތީ ކާބޯތަކެތި ޑެލިވަރީ ކުރުމަށް ފަސޭހަވެފައިވާ ކަމަށެވެ.

އަދި ގާތްގަނޑަކަށް ދެބައިކުޅަ އެއްބައި އަށް ކަރަންޓް ވެސް ވަނީ އަލުން ލިބިފައި ކަމަށް ފެޑެރަލް އިލެކްޓްރިސިޓީ ކޮމިޝަނުން ބުނެ އެވެ.

ޓްރޮޕިކަލް ތޫފާނަކުން އެންމެ މަތީ ކެޓަގަރީގެ ތޫފާނަކަށް އޮޓިސް ބަދަލުވި ސްޕީޑުން ރައްޔިތުން ތިބީ ހައިރާންވެފައެވެ. މާނައަކީ ގިނަ ބަޔަކު ތޫފާނުގެ އަސަރަށް ތައްޔާރު ނުވާ ކަމަވެ.

ޓެގްސް: މެކްސިކޯ ވިއްސާރަ ކާރިސާ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.