ހިޒްބުاللهގެ ލީޑަރު ސައިދު ހަސަން ނަޞްރުالله

ދުނިޔެ

ހިޒްބުاللهގެ ލީޑަރު ހުރިހާ ގޮތަކުންވެސް އިސްރާއީލާ ދެކޮޅަށް ހުރިކަން ވިދާޅުވެއްޖެ

ހުސެން ހަމްދާން - މެދުއިރުމަތި | 4 ނޮވެންބަރު 2023 , ހޮނިހިރު 10:24   366

ހިޒްބުاللهގެ ލީޑަރު ހަމާސްގެ ހަމަލާއަށް ތައުރީފު ކުރައްވައި، އިސްރާއީލާ ދެކޮޅަށް ހުރި ހުރިހާ ގޮތެއް 'މޭޒުމަތީގައި' ހުރި ކަމަށް ވިދާޅުވެއްޖެއެވެ.

އިސްރާއީލާއި ހަމާސް ހަނގުރާމަ ފެށުނު ފަހުން ފުރަތަމަ ފަހަރަށް ވާހަކަ ދައްކަވަމުން ހިޒްބުاللهގެ ލީޑަރު ސައިދު ހަސަން ނަޞްރުالله ހުކުރު ދުވަހު އިންޒާރު ދެއްވީ، މެދުއިރުމަތީގެ ހަނގުރާމަ ފުޅާ ވެގެންދާއިރު އޭނާގެ ގްރޫޕުން ފުރިހަމަ އިސްރާއީލާ ދެކޮޅަށް ހަނގުރާމަ ފެށިފައިވާކަމެވެ.

ނަސްރުالله ވިދާޅުވީ އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހު އިސްރާއީލާ ދެކޮޅަށް ހަމާސް ހަނގުރާމަވެރި ޖަމާއަތުން ފެށި އޮޕަރޭޝަންގައި ގާތްގަނޑަކަށް 1،400 މީހުން މަރާލި ކަމަށާއި އެއީ "100 ޕަސެންޓް ފަލަސްތީނުގެ" އޮޕަރޭޝަނެއް ކަމަށެވެ. އޭނާ ވިދާޅުވީ ހަމާސްގެ އޮޕަރޭޝަންގެ ސަބަބުން އިސްރާއީލަށް "ބިންހެލުމެއް" އައިސްފައިވާ ކަމަށާއި އެކަމުގެ ސަބަބުން އެގައުމުގެ ބަލިކަށިކަން ހާމަވެގެން ދިޔަ ކަމަށެވެ.

އީރާނުގެ ތާއީދާއެކު ބިރުވެރި އަސްކަރީ ބާރެއް ކަމަށްވާ ހިޒްބުالله އިން ބޯޑަރުގައި އިސްރާއީލުގެ ސިފައިންނާ ދެކޮޅާށް ހަނގުރާމަ ކުރަމުން އަންނައިރު، 2006 ވަނަ އަހަރު އިސްރާއީލާއެކު ހަނގުރާމަ ކުރި ފަހުން އެންމެ މަރުގެ ހާދިސާގައި 55 ހަނގުރާމަވެރިން ވަނީ މަރުވެފައެވެ.

"ބޯޑަރުގައި ހިނގަމުންދާ ކަންތައްތަކަކީ ކުޑަ ކަންތައްތަކެއް ކަމަށް ހީވިޔަސް ވަރަށް މުހިންމު ކަންތައްތަކެއް،" ނަސްރުالله ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ލުބުނާނާއި އިސްރާއީލުގެ ބޯޑަރުގައި ހިނގާ ހަނގުރާމަތައް މިހާތަނަށް ފެންނަ މިންވަރަށް "ހިތް ހަމަނުޖެހޭ" ކަމަށާއި އިތުރު ވަރުގަދަ ގޮތްތަށް "މޭޒުމަތީގައި" ހުރި ކަމަށް އިންޒާރު ދެއްވާފައެވެ.

ނަސްރުالله ވަނީ "އެކްސިސް އޮފް ރެސިސްޓެންސް" ގެ ނަމުން މަޝްހޫރު ޔަމަނާއި އިރާގުގެ ޖަމާއަތްތަކަށް ޝުކުރު އަދާކުރައްވާފައެވެ. އޭގެ ތެރޭގައި ސީރިއާ އާއި އިރާގުގައި ތިބި އެމެރިކާ ސިފައިންނަށް ބަޑިޖަހަމުން އަންނަ ޝިޔައީ މުސްލިމް އިރާގުގެ މިލިޝިއާތަކާއި އިސްރާއީލަށް ޑްރޯން ޖަހައިގެން ހަނގުރާމައިގައި ބައިވެރިވެފައިވާ ޔަމަނުގެ ހޫތީން ހިމެނެއެވެ.

ޣައްޒާގައި ހިނގަމުންދާ ހަނގުރާމައާއި އާންމުންގެ މަރުގެ އަދަދު ގިނަވުމުގެ ޒިންމާ އެމެރިކާއަށް އަޅުއްވައި ނަސްރުالله ވިދާޅުވީ ސަރަހައްދީ ހަނގުރާމަ ހުއްޓުވުމަށްޓަކައި ވަށާލެވިފައިވާ އެންކްލޭވްގެ ހާލަތު ދަށްކުރުމަކީ މުހިންމު ކަމެއް ކަމަށެވެ.

ހަމާސްގެ ސިއްހީ އިދާރާތަކުން ބުނާ ގޮތުގައި ޣައްޒާގައި އިސްރާއީލުން 2.3 މިލިއަން މީހުނަށް ހަމަލާ ފެށި ފަހުން މަދުވެގެން 9،227 މީހުން މަރުވެފައިވެ އެވެ.

ކަނޑުގެ ހަނގުރާމަ މަނަވަރުތައް ހިމެނޭ ގޮތަށް އެމެރިކާއިން މި ސަރަހައްދުގައި އާ ޑިޕްލޮއިމަންޓްތަކަށް އިޝާރާތް ކުރައްވައި ހަނގުރާމަވެރި ލީޑަރު ވިދާޅުވީ "މެޑިޓެރޭނިއަން ކަނޑުގައި ތިޔަބޭފުޅުންގެ ފްލީޓްތަކުން އަޅުގަނޑުމެން ބިރެއް ނުގަންނާނެ" ކަމަށެވެ.

ޓެގްސް: ނިއުކްލިއާ މެދުއިރުމަތި ފަލަސްޠީން އިޒްރޭލް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.