އިޒްރޭލުގެ ބޮޑުވަޒީރާއިއެކު ޖަރުމަނުގެ އެނެޖެލާ މެކެލް

ދުނިޔެ

ޖަރުމަނުވިލާތުގައި ޔަހޫދީންނާއި ދެކޮޅަށް ޙަރަކާތްތެރިވުން މަނާކޮށްފި

އަލީ އަޒްޔަން - ޔޫރަޕް | 5 ނޮވެންބަރު 2023 , އާދީއްތަ 09:59   396

ޖަރުމަނުވިލާތުން ފަލަސްޠީނުގެ މުސްލިމުންނަށް ދެމުންދާ އަނިޔާތަކަށް ބެލުމެއްނެތި އިޒްރޭލުގެ އަމަލުތަކަށް ތާޢީދުކޮށް އެޤައުމުގައި ޔަހޫދީންނާއި ދެކޮޅަށް މުޒާހިރާކުރުން މަނާކޮށްފިއެވެ.

މިކަން އިޢްލާނުކޮށްފައިވަނީ އެޤައުމުގެ ދާޚިލީ ވުޒާރާގެ ވެރިޔާއެވެ.

ހަމައެެހެންމެ ފަލަސްތީނުގެ ހަނގުރާމަވެރި ޖަމާޢާތް ކަމުގައިވާ ޚަމާސްގެ ޢަމަލުތައް ކުއްވެރިކޮށް އެޖަމާޢަތަށް ތާޢީދު ނުކުރެވޭނެކަމަށާއި، ފަލަސްޠީނުގެ ޙީމާޔަތުގައި ނިކުމެ މުޒާހިރާކުރާނަމަ އެއްވުންތައް ރޫޅާލާނެކަމުގެ އިންޒާރު ވެސް ދީފައިވެއެވެ.

ޚަމާސް ޖަމާޢަތަކީ ޖަރުމަނާއި ހުޅަނގުގެ ގިނަ ޤައުމުތަކުން ހައްދުފަހަނަޅާފައިވާ ޖަމާޢަތެއްކަމަށް ކަނޑަޅާފައިވާ ޖަމާޢަތެކެވެ.

އިޒްރޭލުން ވަނީ ފަލަސްޠީނާއި ދެކޮޅަށް ހަނގުރާމަ އިޢްލާންކޮށްފައެވެ. މިހާތަނަށް ފަލަސްޠީނުގެ 9،000 އަށްވުރެ ގިނަ ރައްޔިތުން މިހަނގުރާމައިގައި ޝަހީދުވެފައިވެއެވެ. މީގެތެރެއިން ދެބައިކުޅައެއްބައި މީހުންނަކީ އަންހެނުންނާއި ކުޑަކުދިންނެވެ.

މީގެ އިތުރުން 32،000 ވުރެ ގިނަ ފަލަސްޠީން ރައްޔިތުން ޒަޚަމްވެފައިވެއެވެ.

ޓެގްސް: އިޒްރޭލް ފަލަސްޠީން ޖަރުމަން
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.