އަލްމަޣާޒީ ރެފިއުޖީ ކޭމްޕަށް ދިން ހަމަލާ

ދުނިޔެ

ޣައްޒާ ހަނގުރާމަ: އަލްމަޣާޒީ ރެފިއުޖީ ކޭމްޕަށް ދިން ހަމަލާގައި މަދުވެގެން 45 މީހުން މަރުވެއްޖެ

ހުސެން ހަމްދާން - މެދުއިރުމަތި | 7 ނޮވެންބަރު 2023 , އަންގާރަ 10:24   403

ހަމާސްއިން ހިންގާ ހެލްތު މިނިސްޓްރީން ބުނެފައިވަނީ އަލްމަޣާޒީ ރެފިއުޖީ ކޭމްޕަށް އިސްރާއީލުން ދިން ވައިގެ ހަމަލާއެއްގައި 45 މީހުން މަރުވެފައިވާ ކަމަށެވެ.

އިސްރާއީލުގެ އަސްކަރިއްޔާއިން ބުނަނީ އެވަގުތު އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން ދިޔަތޯ ބަލަމުން އަންނަ ކަމަށެވެ.

އެ ކުޑަ ކޭމްޕަށް ތޮއްޖެހުން ބޮޑުވަމުން އަންނަނީ އުތުރަށް ބޮން ގޮއްވާލުމުން މީހުން ޖަމާވަމުން އަންނާތީއެވެ.

އަދިވެސް ގެއްލިފައިވާ މީހުން ހޯދުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. އެވަގުތު 100 އަށް ވުރެ ގިނަ މީހުން އެތަނުގައި ތިބި ކަމަށް ބެލެވެއެވެ.

ޣައްޒާގެ އަލް އަގްސާ ހޮސްޕިޓަލުގެ ވެރިޔާ ވިދާޅުވީ ހޮނިހިރު ދުވަހުގެ ރޭ ހިނގި ގޮވުމުގައި 52 މީހުން މަރުވެފައިވާ ކަމަށާއި އެއީ ހެލްތު މިނިސްޓްރީން ދީފައިވާ އަދަދަށް ވުރެ ކުޑަކޮށް އިތުރު އަދަދެއް ކަމަށެވެ.

ކޮންކްރީޓްތަކުގެ ދަށުގައި ތާށިވެފައި ތިބި މީހުން ނެގުމުގެ މަސައްކަތުގައި ރައްޔިތުން ގެންދަނީ ސިމެންތި ފަށަލަތަކުގެ ތެރެއިން އަތުން ކޮނެލަން މަސައްކަތް ކުރަމުންނެވެ.

ފޮޓޯޖާނަލިސްޓް މުހައްމަދު އަލް އަލޫލްގެ އަންހެނުންނާއި އޭނާގެ ފަސް ދަރިންގެ ތެރެއިން ހަތަރު ދަރިންވެސް ވަނީ ގެއްލިފައެވެ. ބޮން ގޮއްވާލިއިރު އޭނާ ދިޔައީ އެހެން ތަނެއްގައި ރިޕޯޓް ކުރަމުންނެވެ. "އަހަރެން އެދެނީ އަހަރެން އެމީހުންނާ އެކު ހުރެގެން އެމީހުންނާ އެކު މަރާލެވުނު ނަމައޭ." ބީބީސީއަށް ދިން އިންޓަވިއުއެއްގައި އޭނާ ބުންޏެވެ.

މިހާދިސާގައި ބީބީސީން ވަނީ އިސްރާއީލުގެ އަސްކަރިއްޔާގެ ބަހެއް ބުނުމަށް އެދިފައެވެ. އަދި ރަސްމީ ޖަވާބެއް ލިބިފައި ނުވާއިރު، އިސްރާއީލުގެ ޑިފެންސް ފޯސަސް (އައިޑީއެފް)ގެ ތަރުޖަމާނަކު ބީބީސީއަށް ވިދާޅުވީ އެ ކޭމްޕަށް އިސްރާއީލުގެ ވައިގެ ހަމަލާއެއް ދިންކަން ކަށަވަރު ނުކުރެވޭ ކަމަށެވެ.

އަލްމަޣާޒީ ކޭމްޕް ހުންނަނީ 7 އޮކްޓޯބަރުގައި އިސްރާއީލަށް ދިން ހަމަލާތަކުގެ ބަދަލު ހިފުމުގެ ގޮތުން ހަމާސް ނައްތާލުމުގެ ކެމްޕޭން ކުރިއަށް ގެންދާއިރު ސަލާމަތަށްޓަކައި ޣައްޒާގެ އުތުރުގައި ތިބި މީހުން ސަލާމަތްވުމަށް އިސްރާއީލުން ލަފާދިން ސަރަހައްދުގައެވެ. ނަމަވެސް ދެކުނުގެ ވައިގެ ހަމަލާތައް ހުއްޓިފައެއް ނުވެއެވެ.

ޓެގްސް: ނިއުކްލިއާ ފަލަސްޠީން އިޒްރޭލް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.