ޑިމޮކްރެޓްސް ޕާޓީގެ އިސް މެމްބަރުން

ހަބަރު

ޑިމޮކްރެޓްސް އަށް ނަޝީދުގެ އިތުބާރުގެ މައްސަލައިގެ ތެރެއަށް ވެއްދުމަށް ފުރުޞަތު ދީފި

އަލީ އަޒްޔަން - ދިވެހި ރާއްޖެ | 6 ނޮވެންބަރު 2023 , ހޯމަ 09:10   350

ސުޕްރީމްކޯޓަށް ހުށަހެޅިފައިވާ، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދުގެ އިތުބާރުގެ ނެތުމާއި ގުޅޭ މައްސަލައިގެ ތެރެއަށް ވަނުމަށް ދަ ޑިމޮކްރެޓްސް ޕާޓީ އަށް ފުރުޞަތު ދީފިއެވެ.

ސުޕްރީމް ކޯޓުން ތާވަލުކޮށްފައިވާ ގޮތުން މިމައްސަލައިގެ ފުރަތަމަ އަޑުއެހުން އޮންނާނީ މިއަދު ހެނދުނު 10.00 ގައެވެ.

ފުރަތަމަ އެޕާޓީ އިން އެދިފައިވަނީ، އެޕާޓީގެ 9 މެމްބަރުން ވަކި މެމްބަރުންގެ ގޮތުގައި ތަދައްޚުލްވުމަށެވެ. ނަމަވެސް ސުޕްރީކޯޓުން އެގޮތަށް އެކަން ބަލައިގެންފައި ނުވެއެވެ. އޭގެ ފަހުން ޑިމޮކްރެޓްސް ގެ އިންޓެރިމް ކައުންސިލުން ބައްދަލުވުމެއް ބާއްވާއި، އިއްތިފާޤުން ފާސްކޮށްފައިވަނީ ޑިމޮކްރެޓްސް ޕާޓީއެއްގެ ގޮތުގައި މައްސަލައިގެ ތެރެއަށް ތަދައްޚުލްވުމަށެވެ.

އިއްޔެ އެގޮތަށް އެޕާޓީ އިން އެދުމުން ރޭގެ ވަޤުތެއްގައި ސުޕްރީމްކޯޓުން ވަނީ ޑިމޮކްރެޓްސް ގެ ހުށަހެޅުން ބަލައިގެންފައެވެ.

ސުޕްރީމްކޯޓަށް މައްސަލަ ވައްދާފައިވަނީ ވެރިކަން ކުރާ ޕާޓީ އެމްޑީޕީ އިންނެވެ.

އެމްޑީޕީ އިން ބުނެފައިވަނީ ރައީސް ނަޝީދު މަޤާމުން ވަކި ނުކުރެވެނީސް އިތުރު މަސައްކަތެއް ކުރިއަށް ނުގެންދެވޭނެކަމަށެވެ.

ލިޔުމާއި ގުޅޭ:

ޑިމޮކްރެޓުން ވެސް ސުޕްރީމްކޯޓުގެ މައްސަލައަށް ތަދައްޚުލް ވަނީ، މާދަމާ ހެދުނު 10 ގައި ފުރަތަމަ އަޑުއެހުން

ތަފާތު ދެކަމަށްވާތީ އީވާގެ އުޒުރު ބަލައިނުގަންނަން - މަޖިލީސް

ޓެގްސް: ރައްޔިތުންގެ މަޖިލިސް ދަ ޑިމޮކްރެޓްސް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.