އިނގިރޭސި ބޮޑުވަޒީރު ބޮރިސް ޖޯންސަން

ދުނިޔެ

އިނގިރޭސި ބޮޑުވަޒީރު ފުރަބަންދުގެ ގަވާއިދު ތަކާއި ހިލާފުވުމުން ޖޫރިމަނާކޮށްފި

ދާނިޝް - ޔޫރަޕް | 14 އޭޕުރިލް 2022 , ބުރާސްފަތި 17:15   329

އިނގިރޭސި ތާރީޚުގައި މިފަދަކަމެއް މީގެކުރިން ހިނގާފައި ނުވެއެވެ.

ކޯވިޑް 19ގެ އަނެއްކާވެސް ފެތުރޭތީ، އިނގރޭސިވލާތުގައި ފުރަބަންދުގެ ގަވާއިދުތައް ހަރުކަށި ފިޔަވަޅު ވަނީ އަޅަންފަށައިފައެވެ. އަދި މިފިޔަވަޅުތަކާއި ޚިލަފުވެފައި ވާކަމަށް ސާބިތުވެ ބޮޑުވަޒީރު ބޮރިސް ޖޯންސަން ޖޫރިމަނާ ކޮށްފިއެވެ.

ޖޯންސަން ވަނީ މި ތުހުމަތު ދޮގުކޮށްފައެވެ. ނަމަވެސް އޭނާގެ އޮފީސް އިމާރާތުގައި އަދި ބައެއް އެހެން ސަރުކާރުގެ އިމާރާތްތަކުގައިވެސް، ފުރަބަންދުގެ ގަވާއިދާ ޚިލާފަށް އެއްވުންތަކާއި ޕާޓީތަކެއް ބޭއްވި މައްސަލަ ލަންޑަނުގެ ޕޮލިސް ފޯހުން ދަނީ ތަހުގީގު ކުރަމުންނެވެ.

ޖޯންސަންގެ އިތުރުން އޭނާގެ އަންހެނުން ކެރީ، އަދި އެކްޗެއުކާގެ ޗާންސުލާ ސުނަކް އަށްވެސް ވަނީ ޖުރުމައިނާގެ ނޯޓިސް ފޮނުވައިފައި ކަމަށް މަޢުލޫމާތު ލިބެއެވެ. ނަމަވެސް ޖުރުމައިނާ ކުރި ވަކި އަދަދެއް ޔަގީނަވެފައެއް ނުވެފައެވެ.

މިއީ ތާރީހުގައިވެސް އިނގިރޭސި ބޮޑު ވަޒީރަކު ގަވާއިދާއި ހިލާފުވި ފުރަތަމަ ފަހަރެވެ. މިކަމާއި ގުޅިގެން އާންމުންގެ ފާޑުކިއުންތައް ޖޯންސަންއަށް ވަނީ އަމާޒުވެފައެވެ. ހަމައެހެންމެ އިދިކޮޅު ޕާޓީގެ ލީޑަރު ކެއިއާ ސްޓެމަރ ވަނީ ޖޯންސަން އާއި ސުނަކްގެ އިސްތިއުފާއަށް ވެސް ގޮވާލައިފައެވެ.

ޓެގްސް:
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.