އިޒްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ

ދުނިޔެ

ޣައްޒާގައި އާންމުންނަށް ލިބޭ ގެއްލުން ބޮޑުކަމަށް ނަތަންޔާހޫ އެއްބަސްވެއްޖެ

ދާނިޝް - މެދުއިރުމަތި | 18 ނޮވެންބަރު 2023 , ހޮނިހިރު 10:06   417

އިސްރާއީލުގެ އަސްކަރިއްޔާއިން ޣައްޒާގައި ކުރަމުންދާ ހަނގުރާމައިގެ ތެރޭގައި އާންމުން ގެއްލުންތަކުން ސަލާމަތް ކުރުމަށް ކުރެވެން އޮތް ހުރިހާ މަސައްކަތެއް ކުރަމުންދާ ނަމަވެސް ގެއްލުންތައް އެންމެ ކުޑަކުރުމަށް ކުރާ މަސައްކަތްތައް "ކާމިޔާބު ނުވާ" ކަމަށާއި، ލިބޭ ގެއްލުންތައް ބޮޑުކަމަށް އިޒްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އެއްބަސްވެއްޖެއެވެ.

އިސްރާއީލުގެ ލީޑަރު ބުނެފައިވަނީ އޮކްޓޯބަރު ހަތް ވަނަ ދުވަހު ހަމާސްއިން ދިން ހަމަލާގެ ބަދަލު ހިފުމުގެ ގޮތުން ފަލަސްތީނުގެ އެތައް ހާސް ބަޔަކު މަރާލުމަކީ އާ ޖީލެއްގައި ނަފްރަތު އިތުރުވާނެ ކަމެއްތޯ އެމެރިކާގެ ޓީވީ ޗެނަލް ސީބީއެސް ނިއުސް އިން ބުރާސްފަތި ދުވަހު ކުރި ސިވާލަކަށް ޖަވާބު ދެމުންނެވެ.

"އާންމުންގެ ކޮންމެ މަރަކީ ހިތާމަވެރި ހާދިސާއެއް. އަޅުގަނޑުމެން ނަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރަމުން މިގެންދަނީ އާންމުން ގެއްލުމުގެ މަގުން ނެރުމަށް، ހަމާސް އިން އެމީހުންނަށް ގެއްލުމެއް ލިބޭ ގޮތަށް ބެހެއްޓުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރަމުން ގެންދާތީ،" ނަތަންޔާހޫ އިނަޓަވިއުގައި ބުންޏެވެ.

ނަތަންޔާހޫ މިހެން ބުނެފައިވާ އިރު ބައިނަލްއަޤްވާމީ މީޑިއާ ރިޕޯޓުތައް ބުނާގޮތުން، ފަލަސްތީނުގެ ދެކުނުގެ ރަށެއް ކަމަށްވާ ޚާން ޔޫނިސްގެ އިރުމަތީ ސަރަހައްދުތަކަށް އިޒްރާއީލުން އުކާލާފައިވާ ލީފްލެޓްތަކެއް ވަނީ ފެނިފައެވެ. އޭގައި ވާގޮތުން އެ ސަރަހައްދު ދޫކޮށް އާންމުން ދިއުމަށް ވަނީ ބުނެފައެވެ. އަދި ސަރަހައްދުން ނުގޮސް މަޑުކޮށްގެން ތިބޭ މީހުންގެ ފުރާނައަށް ނުރައްކާވެދާނެ ކަމަށްބުނެ އިންޒާރުދީފައިވެއެވެ. މީގެ ހަފުތާއެއް ކުރިން ޣައްޒާގެ އުތުރަށްވެސް އިސްރާއީލުން އެފަދަ ލީފްލެޓްތަކެއް އުކިއެވެ. އެކަމަކު އިޒްރާއީލުން ދަނީ ހަމަލަދޭނެ ކަމަށް ބުނާ ސަރަހައްދުތައް ވަށައިގެން ވައިގެ މަގުންނާއި އެއްގަމު މަގުން ހަމަލާދެމުންނެވެ. އެހެންކަމުން ޣައްޒާގެ އާންމުން ސަލާމަތްކަން ހޯދަން ވަކި ދާންވީ ކޮންތަނަކަށް ކަމާއި މެދު ސުވާލު އުފެދެއެވެ.

" އަޅުގަނޑުމެން މަސައްކަތް ކުރާނީ، އާންމުންނަށް ލިބޭ ގެއްލުން ކުޑަކޮށް، މި އޮޕަރޭޝަން ނިންމާލަން. އަޅުގަނޑުމެން މިމަސައްކަތް ކުރަނީ ޢާންމުންނަށް ލިބޭ ގެއްލުންތައް މަދުކުރުމަށް. އެކަމަކު ހިތާމައަކީ އަޅުގަނޑުމެންނަށްއެ ކަމުގައި ކާމިޔާބެއް ނުލިބޭ،" އިޒްރޭލުގެ ބޮޑުވަޒީރު ބުނިއެވެ.

ނަތަންޔާހޫ މިހެން ބުނެފައި ވާއިރު ޔަހޫދީ ފައުޖުން ވަނީ ޣައްޒާގެ އަލް-ޝިފާ ހޮސްޕިޓަލުގެ ތެރެއަށްވެސް ވަދެ، އެ ތަނުގެ ތެރޭގައި ލާއިންސާނީ އެތައް ޖަރީމާތަކެއް އާންމުންނަށް އެއްވެސް ވަރަކަށް ބެލުމެއްނެތި ހިންގައިފައެވެ.

ޣައްޒާގެ ޞިއްޙީ އިދާރާތަކުން ބުނެފައިވަނީ އިސްރާއީލުން ދިން ބޮމުގެ ޙަމަލާތަކާއި އެއްގަމު ޙަމަލާތަކުގައި 11،500 މީހުން މަރުވެފައިވާކަން ކަށަވަރުވެފައިވާކަމަށާއި، އޭގެ ތެރެއިން 4،700 އަށްވުރެ ގިނަ މީހުންނަކީ ކުޑަކުދިން ކަމަށެވެ.

ޣައްޒާގެ 2.3 މިލިއަން މީހުންގެ އާބާދީގެ ދެބައިކުޅަ އެއްބައި މީހުން ވަނީ ހަނގުރާމައިގެ ސަބަބުން ގެދޮރު ގެއްލިފައެވެ.

ޓެގްސް: އިޒްރޭލް ފަލަސްޠީން މެދުއިރުމަތި
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.