ޝިފާ ހޮސްޕިޓަލުން ބަލި މީހުން ހުސްކުރަނީ

ދުނިޔެ

ޣައްޒާގެ އަލް-ޝިފާ ހޮސްޕިޓަލް ހުސްކުރަން ފަށައިފި

ދާނިޝް - މެދުއިރުމަތި | 18 ނޮވެންބަރު 2023 , ހޮނިހިރު 23:10   389

އިޒްރާއީލުގެ ފައުޖުން ޣައްޒާގައި ހިންގަމުންދާ ލާއިންސާނީ އުދުވާނައި ގުޅިގެން ޣައްޒާގެ އަލް-ޝިފާ ހޮސްޕިޓަލު ހުސްކުރަން ފަށައިފިކަމަށް ފަލަސްތީނުގެ ސިއްހީ ވުޒާރާއިން ރިޕޯޓު ކޮށްފިއެވެ.

ޣައްޒާގެ ސިއްހީ އޮފިޝަލުން ބުނާ ގޮތުގައި މިއަދު ހެނދުނު އިޒްރާއީލުގެ އަސްކަރިއްޔާއިން ވަނީ އަލް-ޝިފާ ހޮސްޕިޓަލުން މީހުން ހުސްކުރުމުގެ އަމުރެއް ދީފައެވެ. އަދި ހޮސްޕިޓަލު ދޫކޮށް ދިއުމަށް އުއްމީދުކުރާ މީހުންނަށް ރައްކާތެރިކަމާއެކު ދަތުރުކުރެވޭނެ އިންތިޒާމު ހަމަޖައްސާފައިވާ ކަމަށްވެސް މި އަމުރުގައި ވާކަމަށެވެ.

ހަމާސަ ޖަމާއަތުގެ ބާރުގެ ދަށުގައި އޮންނަ ޣައްޒާގެ ހެލްތު މިނިސްޓްރީގެ ތަރުޖަމާނު މެދަތު އައްބާސް ދެއްވި ބަޔާނެއްގައި ބުނެފައިވަނީ، އިޒްރާއީލުގެ އަސްކަރިއްޔާއިން އެތަން ހުސްކުރަން އަންގާފައިވާ ކަމަށާއި ހޮސްޕިޓަލަށް މީހުން ނެރުމަށް ގަޑިއެއްހާއިރު ދީފައިވާ ކަމަށެވެ.

އިޒްރާއީލުގެ ފައުޖުން ހަމާސް ޖަމާއަތުގެ ބޭސްއެއް ހޮސްޕިޓަލުގައި ހުރި ކަމަށް ބުނެ އަލް-ޝިފާ ހޮސްޕިޓަލަށް ވަދެ، އެ ތަނުގެ ތެރޭގައި ވަނީ މިހާތަނަށް އެތަށް އުދުވާންތައް ހިންގާފައެވެ. ފަލަސްޠީނުގެ ޞިއްޙީވުޒާރާއިން މައުލޫމާތު ދެއްވާ ގޮތުގައި ހޮސްޕިޓަލުގެ ޞިއްޙީ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ހުރަސް އެޅި، ބޭސްފަރުވާއަށް ބޭނުންވާ ސާމާނު ހުސްވެ، ބަލި މީހުންނާއި ޒަޚަމު ކޮށްލާފައިވާ މީހުންނަށް ފަރުވާ ދެވޭނެ ގޮތް ހޮސްޕިޓަލުގައި މިހާރަކު ނެތެވެ.

ޣައްޒާގައި ޓެލެކޮމިއުނިކޭޝަން ބްލެކްއައުޓުން މިވަގުތަކަށް އަރައިގަނެވިފައި ވީނަމަވެސް، ހޮސްޕިޓަލްތަކާއި ކުލިނިކުތަކަށް ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދިނުމަށް ބޭނުންވާ ތެޔޮ މިހާރު ވަނީ ހުސްވެފައެވެ. އަދި ޣައްޒާގައި ހުންނަ 35 ހޮސްޕިޓަލްގެ ތެރެއިން 25 ހޮސްޕިޓަލެއް ވިވަނީ ހަނގުރާމައިގެ ސަބަބުން ބަންދު ކުރަން މަޖުބޫރުވެފައެވެ.

މީގެއިތުރުން މިއަދު ފަތިހުގެ ވަގުތެއްގައި ޚާން ޔޫނުސް އަވަށުގެ ބޭރުގައި ހުރި މީހުން ދިރިއުޅޭ އިމާރާތަކަށްވެސް އިސްރާއީލުން ވަނީ ބޮން އަޅައިފައެވެ. މިދިން ވައިގެ ހަމަލާގައި ފަލަސްތީނުގެ 26 މީހުން މަރުވެފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.

ޚާން ޔުނިސްއަށް ދިން ހަމަލާ އަމާޒުވީ ގަތަރުގެ ހިލޭ އެހީގައި ފާއިތުވި އަހަރުތަކުގައި އިމާރާތްކުރި މެދުފަންތީގެ ބޯހިޔާވަހިކަމުގެ ތަރައްގީއެއް ކަމަށްވާ ހަމަދު ސިޓީއަށެވެ. މަރުވި 26 މީހުންގެ އިތުރުން އިތުރު 20 މީހަކު ޒަހަމްވެފައިވާ ކަމަށް ނާސިރު ހޮސްޕިޓަލުގެ ޑޮކްޓަރު ނެހާދު ތައިމާ މައުލޫމާތު ދެއްވައެވެ.

ޣައްޒާގެ 2.3 މިލިއަން މީހުންނަށް ކާބޯތަކެއްޗާއި ފެނުގެ ދަތިކަން ވަރަށް ބޮޑަށް ކުރިމަތިވެފައިވާ ކަމަށް އދ އިން އިންޒާރު ދީފައިވީ ނަމަވެސް، ޔޫއެންއާރުޑަބްލިއުއޭގެ ނަމުން ނަން ދީފައިވާ ފަލަސްތީނުގެ ރެފިއުޖީންނާ ބެހޭ އެޖެންސީއަށް ހުކުރު ދުވަހު މެދުކަނޑާލި އެހީ އަލުން ފޯރުކޮށްދެވޭނެ ދުވަހެއް އަދި ނޭނގެ އެވެ. ފަލަސްތީނުގެ ޓެލެކޮމިއުނިކޭޝަން ފޯރުކޮށްދޭ ކުންފުނިން ބުނީ އެ ކުންފުނީގެ ޖަނަރޭޓަރުތައް އަލުން ފަށައިގަނެވުނީ ޔޫއެންއާރްޑަބްލިއުއޭ އިން ތެޔޮ ހަދިޔާ ކުރުމުން ކަމަށެވެ.

ހަނގުރާމަ ފެށުނީއްސުރެ އިޒްރޭލުން ތެޔޮ އެތެރެވުން މަނާކުރީ އަސްކަރީ ވަސީލަތްތައް ހޯދުމަށް ހަމާސް ޖަމާއަތުން ތެޔޮ ބޭރުކުރާނެ ކަމަށް ބުނެ އެވެ. އަދި ކާބޯތަކެއްޗާއި ފެނާއި އެހެނިހެން ސާމާނުތަކަށް މިސްރުން ދޭ އެހީފިޔަވައި އެހެން ތަކެތި ވެސް ވަނީ ބްލޮކްކޮށްފަ އެވެ.

ޓެގްސް: ފަލަސްޠީން އިޒްރޭލް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.