ސުދާންގެ ދާހިލީ ހަނގުރާމައިގެ ތެރެއިން

ދުނިޔެ

ސޫދާނުގެ ހަމަނުޖެހުން: "އަހަރެމެންގެ ދިރިއުޅުން ވަނީ ބޮއްސުންލާފަ"

ދާނިޝް - އެފްރުކާ | 19 ނޮވެންބަރު 2023 , އާދީއްތަ 09:22   382

ސޫދާނުގެ ދާޚިލީ ހަނގުރާމަ ފެށުނުތާ ހަތް މަސް ފަހުން ވެރިރަށް ޚަރްތޫމްގެ ގިނަ ބައެއްގެ ޙާލަތު މިހާރު ވަނީ ކުރިއަށްވުރެ ގޯސްވެފައިވާކަމަށް ބައިނަލްޢަޤްވާމީ މީޑިއާތަކުން އަނެއްކާވެސް ބުނެފިއެވެ.

ސޫދާންގެ ރައްޔިތަކު ކިޔާދީފައިވާގޮތުގައި، ޚަރްތޫމްގައި މަޑުކުރަން ނިންމީ މިދިޔަ އޭޕްރީލް މަހުގެ ތެރޭގަ އެވެ. އަސްކަރިއްޔާއާއި ޕެރަމިލިޓަރީ ރެޕިޑް ސަޕޯޓް ފޯސަސް (އާރްއެސްއެފް) އާ ދެމެދު ހިނގަމުންދާ ހަނގުރާމަ މިހާ ދިގު މުއްދަތަކަށް ދެމިއޮންނާނެ ކަމަށް އޭނާ ދުވަހަކުވެސް ހީއެއް ނުކުރެއެވެ. "އަހަރެމެން އަދިވެސް ވަށާލާފައި، ހަނގުރާމަ ހުއްޓައެއް ނުލާ. އާރްއެސްއެފް އިން އެ ސަރަހައްދަށް ވަދެ ހަލަބޮލި ކޮށްލާފައިވާއިރު، އަސްކަރިއްޔާއިން ދަނީ އަވަށުގެ ތެރޭގައި އެމީހުންގެ މަގާމުތަކަށް ހަމަލާދެމުން. ކޮންމެ ވަގުތަކު ވެސް މަރު އަތުވެދާނެ" އޭނާ ބުންޏެވެ.

ސޫދާނުގެ އަސްކަރިއްޔާގެ ހަނގުރާމަވެރި ދެ ގޮފީގެ މެދުގައި ހިނގަމުންދާ ހަމަނުޖެހުންތަކުގައި ސޫދާނުގެ 5،000 މީހުން މިހާތަނަށް މަރުވެފައިވާއިރު، އިތުރު އެތައް ބަޔަކު ވަނީ ޒަޚަމްވެފައެވެ.

ޚަރްތޫމާއި ދާރުފޫރުގެ ހުޅަނގު ސަރަޙައްދުގައި ހިނގަމުންދާ ވަރުގަދަ ކުރިމަތިލުންތަކުގެ ސަބަބުން އެހީ ފޯރުކޮށްދިނުމުގައި ބޮޑެތި ގޮންޖެހުން ތަކެއް ކުރިމަތި ވަމުންދާ ކަމަށްވެސް އދ އިން ބުނެއެވެ. އަދި ހަމަނުޖެހުންތަކުގައި ފަސް މިލިއަނަށް ވުރެ ގިނަ މީހުން ގެދޮރު ގެއްލިފައިވާ ކަމަށާއި 24.7 މިލިއަން މީހުންނަށް އިންސާނީ އެހީތެރިކަން ބޭނުންވާ ކަމަށް އެ ޖަމިއްޔާއިން ބުނެއެވެ. ގިނަ ބަޔަކަށް ސާފު ފެން ނުލިބުމުގެ ސަބަބުން ކޮލެރާ އާއި އެހެނިހެން ބަލިތައް ޖެހުމުގެ ފުރުސަތު ބޮޑެވެ.

ސޫދާންގައި ހުންނަވާ އދ.ގެ ޑެޕިއުޓީ ސްޕެޝަލް ރެޕްރެޒެންޓޭޓިވް ކްލެމެންޓައިން އެންކްވެޓާ ސަލާމީ ވިދާޅުވި ގޮތުގައި، ހާލުގައި ޖެހިފައިވާ މީހުންނަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދީ، އެ މީހުންނަށް ބޭނުންވާ މިންވަރު ދެނެގަތުމަށް ހަމަލާތައް ބަދަލުކުރުން ހުއްޓުމަކަށް އައުން ބޭނުންވެ އެވެ. "އެންމެ މުހިންމު ކަމަކީ ހަނގުރާމަ ދާއިމީކޮށް ހުއްޓާލަން ޖެހޭ ޖެހުން. އަޅުގަނޑުމެން އެދެނީ މި ހަނގުރާމަ ހުއްޓުމަކަށް އައިސް، އެހީ ފޯރުކޮށްދީ، ސޫދާނުގެ ރައްޔިތުން އެމީހުންގެ ޢާންމު ދިރިއުޅުން އަލުން ފަށައިގަނެވޭތޯ." އޭނާ ވިދާޅުވިއެވެ.

ހަނގުރާމައިގެ ކުރީކޮޅު އިންސާނީ އެހީގެ ކުރު އެއްބަސްވުންތަކެއް ގެނައުމަށް އެއްބަސްވި ނަމަވެސް، މިހާރު ކުރިއަށްދާ ސުލްހައިގެ އެކި އެކި މަސައްކަތްތަކަށް ހަރުދަނާ ކުރިއެރުމެއް ނުލިބެ އެވެ. ސޫދާނުގައި ހުންނަވާ ޔުނިސެފްގެ މަންދޫބު މަންދީޕް އޯބްރައިން ވިދާޅުވާ ގޮތުގައި ސޫދާނުގައި އިންސާނީ ކާރިސާއަކާ ވަނީ ކުރިމަތިލާން ޖެހިފައެވެ."މިހާރު ހަނގުރާމަ ހުއްޓާލަން ޖެހޭނީ، ކުޑަކުދިންގެ ހައްގުގައި އަދި ސޫދާންގެ މުސްތަގުބަލަށްޓަކައި،" އެކަމަނާ ވިދާޅުވި އެވެ. "ހަނގުރާމަ ކުރިއަށް ދާނަމަ، މި އަހަރު ނިމުމުގެ ކުރިން އަޅުގަނޑުމެން ނަށް ގަބޫލުކުރެވެނީ ހާލަތު ވަރަށް ބޮޑަށް ގޯސްވާނެ ކަމަށް." އޭނާ އިތުރަށް ވިދާޅުވިއެވެ.

މި ހަނގުރާމައިގެ ސަބަބުން ސޫދާނުގެ އިތުރުން އެހެން އެތައް ގައުމެއްގެ މީހުން ވެސް ހާލުގައި ޖެހިފައި ވެ އެވެ. އޭގެ ތެރޭގައި ސީރިއާ މީހުންނާއި ޕާކިސްތާނު މީހުންނާއި އިންޑިއާ މީހުންނާއި ދެކުނު ސޫދާނުގެ ގިނަ އަދަދެއްގެ ރެފިއުޖީން ހިމެނެ އެވެ. ޕޯޓް ސޫދާނުގައި މިހާރު އެތައް ސަތޭކަ އާއިލާއެއް ދިރިއުޅެމުން ދަނީ ކުރިން ޔުނިވާސިޓީގެ ޑޯމިޓަރީއެއްގެ ގޮތުގައި އޮތް ތޮއްޖެހިފައިވާ ހިޔާއެއްގަ އެވެ.

ޓެގްސް: ކުއްލި މަރު މެދުއިރުމަތި
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.