އިންޓަނޭޝަނަލް ކްރިމިނަލް ކޯޓުގެ ޕްރޮސެކިއުޓާ ކަރީމް ޚާން

ދުނިޔެ

ފަލަސްތީނުގެ ބިންތަކުގެ ހާލަތު ބެލުމަށް ފަސް ގައުމަކުން އިންޓަނޭޝަނަލް ކްރިމިނަލް ކޯޓުގައި އެދިއްޖެ

ދާނިޝް - މެދުއިރުމަތި | 20 ނޮވެންބަރު 2023 , ހޯމަ 08:54   404

އިންޓަނޭޝަނަލް ކްރިމިނަލް ކޯޓުގެ ޕްރޮސެކިއުޓާ ކަރީމް ޚާން ވިދާޅުވީ އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހު ހަމާސް އަށް ދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެން އިސްރާއީލުން ދިން ރައްދުގެ ދަށުން ފަލަސްތީނުގެ ބިންތަކުގައި ޖަރީމާތައް ހިންގާފައިވޭތޯ ބެލުމަށް ފަސް ގައުމަކުން އޭނާގެ އޮފީހަށް ރިފަރަލެއް ލިބިފައިވާ ކަމަށެވެ. އިމްރާން ވިދާޅުވީ މި ގައުމުތަކުގެ ތެރޭގައި ހިމެނެނީ ސައުތު އެފްރިކާ، ބަންގްލަދޭޝް، ބޮލީވިއާ، ކޮމޮރޯސް އަދި ޖިބޫޓީ އެވެ.

"ބައިނަލްއަގުވާމީ ޖިނާއީ ކޯޓުގެ ރޯމް ސްޓެޓިއުޓްގައިވާ ގޮތުގެ މަތިން ދައުލަތުގެ ފަރާތަކުން ޕްރޮސެކިއުޓަރަށް ހުށަހެޅޭނީ އެ ކޯޓުގެ އިހްތިސާސްގެ ތެރޭގައި ހިމެނޭ އެއް ކުށެއް ނުވަތަ އެއަށްވުރެ ގިނަ ކުށްތައް ހިންގާފައިވާ ކަމަށް ފެންނަ ހާލަތެއް، އެފަދަ ކުށްތައް ހިންގުމުގެ ކުށުގައި ވަކި މީހެއްގެ މައްޗަށް ނުވަތަ އެއަށްވުރެ ގިނަ މީހުންގެ މައްޗަށް ދައުވާ އުފުލަން ޖެހޭތޯ ކަނޑައެޅުމުގެ ބޭނުމުގައި އެ ހާލަތު ތަހުގީގުކޮށްދިނުމަށް ޕްރޮސެކިއުޓަރަށް އެދުމުން " އިމްރާން މީޑިއާ ތަކަށް މައުލޫމާތު ދެއްވަމުން ވިދާޅުވިއެވެ.

އަދި 2014 ވަނަ އަހަރުގެ ޖޫން މަހުން ފެށިގެން ޣައްޒާއާއި ހުޅަނގު އައްސޭރީގައި ހިންގާފައިވާ ޖަރީމާތަކާ ގުޅިގެން ފަލަސްތީނުގެ ބިންތަކުގެ ޙާލަތު އާނާގެ އޮފީހުން ގާތުން ބަލަމުން ދާކަމަށް ވެސް އޭނާ ފާހަގަކުރިއެވެ. މި އުދުވާން ތަކުގެ ތަހުގީގު ފަށާފައިވަނީ 2021 ވަނަ އަހަރުގެ މާޗް މަހުގެ ތެރޭގައި ކަމަށް އޭނާ ބުންޏެވެ.

"ރޯމް ސްޓެޓިއުޓްގައިވާ ގޮތުގެ މަތިން، ސްޓޭޓް ޕާޓީއެއްގެ ސަރަޙައްދުގައި ހިންގާ ޖަރީމާތަކާއި، ސްޓޭޓް ޕާޓީތަކުގެ ރައްޔިތުންނާ ގުޅޭ ގޮތުން ހިންގާ ޖަރީމާތަކުގެ އިޚްތިޞާޞް އަޅުގަނޑުގެ އޮފީހަށް ލިބިގެންވެއެވެ.

އިމްރާން މީގެ ކުރިން ވިދާޅުވެފައިވަނީ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހު ހަމާސް ޖަމާއަތުން ހިންގި އަމަލުތަކަކީ ބައިނަލްއަގްވާމީ އިންސާނީ ގާނޫނާ ހިލާފު އަމަލުތަކެއް ކަން ސާބިތުވެއްޖެ ނަމަ އެއީ ވަރަށް ކަންބޮޑުވާން ޖެހޭކަމެއްގެ ގޮތުގައި ބުނެފައެވެ.

އިޒްރާއީލުން ފަލަސްތީނުގައި ހިންގަމުންދާ އިންސާނިއްޔަތާ ހިލާފު ޖަރީމާތައް ހުއްޓުމަކަށް އަންނާނެ ކަމުގެ އަލި މަގެއް ފެނިފައި ނުވާއިރު، ހަމާސްގެ ބާރުގެ ދަށުގައި ވާ އެންކްލޭވްގެ މެޑިކަލް ވަސީލަތްތައް ހޯދަމުން އަންނަ ރަމަاللهގައި ހުންނަ ފަލަސްތީނުގެ ސިއްހަތާ ބެހޭ ވުޒާރާއިން މައުލޫމާތު ދެއްވާ ގޮތުގައި އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހުން ފެށިގެން އިސްރާއީލުން ޣައްޒާއަށް ދިން ހަމަލާތަކުގައި ފަލަސްތީނުގެ ގާތްގަނޑަކަށް 11،500 މީހުން މިހާތަނަށް ވަނީ ޝަހީދުވެފައެވެ.

އިސްރާއީލުން ބުނާގޮތުން އެމީހުން ހަމަލަ ދެމުން އަންނަނީ ހަމާސްގެ ކޮމާންޑަރުންނާއި އިންފްރާސްޓްރަކްޗާއަށް އަމާޒުކޮށެވެ. އަދި ދެމުން އަންނަ ވައިގެ ހަމަލާތަކުގެ ބޭނުމަކީ ހަމާސް ޖަމާއަތުން އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހު ދިން ޓެރަރިސްޓް ހަމަލާތަކުގައި އިސްރާއީލުގައި 1،200 މީހުން މަރުވެ، 240 މީހުން ރަހީނުކޮށްފައި ވާތީ ގައުމުގެ ދިފާއުގައި ކުރާ ޖިހާދެއްގެ ގޮތުގައި ސިފަކޮށްފައެވެ.

އެކަމަކު މިހާތަނަށް އިޒްރާއީލުގެ ހަމަލާތައް އަމާޒުކޮށްފައި މިވަނީ އާންމުން ހިޔާވަހިކަން ހޯދަމުން އަންނަ ކޭމްޕްތައް ފަދަ ތަންތަނަށެވެ. އަދި ސްކޫލް ތަކާއި ހޮސްޕިޓަލުތަކަށް އެއްވެސް ބެލުމެއް ނެތި ދަނީ ހަމަލަ ދެމުންނެވެ.

އެންމެ ފަހުން އިޒްރާއީލުން ހިންގި އުދުވާނުގައި ހަމަލަތައް އަމާޒު ކޮށްފައި ވަނީ ފަލަސްތީނުގައި ހުންނަ އ.ދގެ ދެ ސްކޫލަކަށެވެ. އެއީ ޖަބާލިޔާ ރެފިއުޖީ ކޭމްޕުގައި ހުންނަ އަލް-ފަޚޫރް ސްކޫލާއި ތަލް އަލް-ޒައަތަރީގައި ހުންނަ ސްކޫލަކަށެވެ. މި ދެ ސްކޫލަކީ ގެދޮރު ނެތިފައިވާ އެތަކެއް ހާސް ބަޔަކަށް ހިޔާވަހިކަމާއި ރައްކާތެރިކަން ފޯރުކޮށްދެމުން ދިޔަ ދެ ސްކޫލެވެ.

މި ހަމަލަތަކުގައި ގިނަ ޢަދަދެއްގެ ބަޔަކު ޝަހީދު ކޮށްލާފައިވާ ކަމަށާއި، އެތަކެއް ސަތޭކަ ބަޔަކު ޒަޚަމު ކޮށްލާފައިވާ ކަމުގައި ޔޫ.އެން.އާރް.ޑަބްލިޔު.އޭން ބުނެއެވެ.

އަދި އަލް-ފަޚޫރް ސްކޫލަށް ދީފައިވާ ހަމަލާގައި 50 އަށްވުރެ ގިނަ މީހުން ޝަހީދު ކޮށްލާފައިވާ ކަމަށާއި، ތަލް އަލް-ޒައަތަރީގައި ހުންނަ ސްކޫލަށް ދީފައިވާ ހަމަލާގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ޢަދަދު އަދި ސާފެއް ނުވާކަމުގައި މީޑިއާ ރިޕޯޓްތައް ބުނެއެވެ.

އިޒްރޭލާއި ހަމާސް އާ ދެމެދު ހިނގަމުންދާ ހަނގުރާމަ ހުއްޓާލުމަށް ދެކުނު އެފްރިކާ ސަރުކާރުން ވަނީ ގޮވާލާފައެވެ. ދެކުނު އެފްރިކާގެ ޑިޕާޓްމަންޓް އޮފް އިންޓަނޭޝަނަލް ރިލޭޝަންސް އެންޑް ކޯޕަރޭޝަނުން މިދިޔަ މަހު ނެރުނު ބަޔާނެއްގައި ވަނީ އިޒްރޭލުން ހަނގުރާމައިގެ ޖަރީމާތައް ހިންގަމުންދާ ކަމަށް ތުހުމަތުކޮށް، "މަދަނީ އަމާޒުތަކަށް އަބަދު ބޮމުގެ ހަމަލާދިނުމާއި، ޣައްޒާގެ މަދަނީ އާބާދީއަށް ފެނާއި ކާބޯތަކެއްޗާއި ތެލާއި ކަރަންޓު ނުދިނުމަކީ ބައިނަލްއަގުވާމީ އިންސާނީ ގާނޫނުގެ ދަށުން ނާއި ޖެނީވާ މުއާހަދާތަކުން މަނާ ކަމެއް" ކަމަށެވެ.

އިސްރާއީލުން ޣައްޒާގައި ހަނގުރާމައިގެ ޖަރީމާތައް ހިންގަމުންދާ ކަމަށް ކުރެވޭ ތުހުމަތުތަކަކީ "ހޮގްވޮޝް" ކަމަށް އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ މީގެ ކުރިން ސިފަކޮށްފައެވެ.މިދިޔަ އާދިއްތަ ދުވަހު އެންބީސީ ނިއުސްއަށް ދިން ބަސްދީގަތުމެއްގައި އޭނާ ބުނީ ޓެރަރިސްޓުންނަށް އަމާޒުކޮށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރަމުން ދަނީ ވިސްނުންތެރިކަމާއެކު ކަމަށާއި ކޮންމެ ގާނޫނީ ހަނގުރާމައެއްގައި ވެސް ހިނގާ ފަދައިން އާންމުންނަކީ ބައެއް ފަހަރު ކޮލެޓަރަލް ޑެމޭޖް އޭ ކިޔާ ބައެއް ކަމަށެވެ.

ޓެގްސް: ފަލަސްޠީން މެދުއިރުމަތި
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.