ދުނިޔޭގެ ފިނިހޫނުމިނަށް ބޮޑެތި ބަދަލުތަކެއް

ދުނިޔެ

ދުނިޔޭގެ ފިނިހޫނުމިނަށް ބޮޑެތި ބަދަލުތަކެއް - ސައެންސްވެރިން

ދާނިޝް - ދުނިޔެ | 21 ނޮވެންބަރު 2023 , އަންގާރަ 09:40   512

ދުނިޔޭގެ ފިނިހޫނުމިން ކުޑަވަގުތުކޮޅަކަށް މައްޗަށް ގޮސް، ތިމާވެށީގެ ނިޒާމަށް ނޭދެވޭ އަދި އިއާދަ ނުކުރެވޭ ވަރުގެ އަސަރުތަކެއް ކުރާނެ ކަމަށް މޫސުމާ ބެހޭ މަޝްހޫރު ސައިންސްވެރިޔަކު ހިއްސާކުރި ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.

މިދިޔަ ހަފުތާގެ ހުކުރު ދުވަހު ދުނިޔޭގެ އެވްރެޖް ފިނިހޫނުމިން ހުރީ އިންޑަސްޓްރިލައިޒޭޝަންގެ ކުރިން ހުރި މިންވަރަށް ވުރެ 2 ޑިގްރީ ސެލްސިއަސް އަށް ވުރެ މަތީގައި ކަމަށް ޔޫރަޕްގައި ހުންނަ ކޮޕާނިކަސް ކްލައިމެޓް ޗޭންޖް ސާވިސްގެ ޑެޕިއުޓީ ޑިރެކްޓަރު ސަމަންތާ ބާރްގެސް ހިއްސާކުރެއްވި ޕްރިލިމިނަރީ ތަފާސް ހިސާބުތައް ބުނެއެވެ.

މި ތްރެޝްހޯލްޑް ފަހަނައަޅާ ދިޔައީ ވަގުތީ ގޮތުން ކަމަށާއި އެއްވެސް ހާލަތެއްގައި މީގެ މާނައަކީ ދުނިޔެ 2 ޑިގްރީއަށް ވުރެ މައްޗަށް ދާއިމީ ގޮތެއްގައި ހޫނުވުމެއް ނޫންކަމަށާއި، ނަމަވެސް މިއީ ޕްލެނެޓެއް މަޑުމަޑުން ހޫނުވެ ހޫނުވެ، މޫސުމަށް އަންނަ ކާރިސާގެ އަސަރު ތައް ބަދަލުކުރަން އުނދަގޫ ވެގެން ހނިގައިދާނެ ކަމުގެ އަލާމާތެއް ކަމަށް ވެސް ބާރްގެސް ބުނެއެވެ.

"އަޅުގަނޑުމެންގެ ލަފާކުރާ ގޮތުގައި މިއީ ދުނިޔޭގެ ފިނިހޫނުމިން 1850-1900 (ނުވަތަ ޕްރީ-އިންޑަސްޓްރިއަލް) ލެވެލްއަށް ވުރެ 2.06 ޑިގްރީ ސެލްސިއަސްގައި ހުރި ފުރަތަމަ ދުވަސް" އެކަމަނާ ލިޔުއްވާފައިވެ އެވެ.

ބަރްގެސް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ހުކުރު ދުވަހު ދުނިޔޭގެ ފިނިހޫނުމިން އެވްރެޖްކޮށް 1991-2020 ގެ މިންވަރަށްވުރެ 1.17 ޑިގްރީ އަށް ވުރެ މައްޗަށް ގޮސްފައިވާ ކަމަށެވެ. ނަމަވެސް އިންޑަސްޓްރިއަލް ޒަމާނުގެ ކުރީ ޒަމާނާ އަޅާބަލާއިރު އިންސާނުން ފޮސިލް ފިއުލް ބޮޑު މިންވަރަކަށް އަންދާލައި، ދުނިޔޭގެ ގުދުރަތީ މޫސުމަށް ބަދަލު ގެނައުމުގެ ކުރިން ފިނިހޫނުމިން ހުރީ 2.06 ޑިގްރީ ހޫނުވެފަ އެވެ.

ބާރްގޭސް މައުލޫމާތު ދެއްވާ ގޮތުގައި ކުރިއަށް އޮތް އަހަރުތަކުގައި 1.5 ޑިގްރީ އާއި 2 ޑިގްރީ އަށް ފިނި ހޫނުމިން އަރައިނެ ދުވަސްތައް އިތުރުވާނެ ކަމަށް ބެލެވޭ ކަމަށެވެ. އަދި ކޮޕަރނިކަސްގެ ޑޭޓާއަކީ ޕްރިލިމިނަރީ ޑޭޓާއެއް ކަމަށާއި ހަގީގީ ދިރިއުޅުމުގެ އޮބްޒަވޭޝަންތަކާއެކު އެކަން ކަށަވަރުކުރަން ވަގުތު ބޭނުންވާނެ ކަމަށެވެ.

ކުރިއަށް އޮތް އަހަރުތަކުގެ ތެރޭގައި ދިގު މުއްދަތަކަށް 1.5 ޑިގްރީ ހޫނުމިން ފަހަނައަޅައި ދިއުމަށް ދުނިޔެ މިހާރުވެސް މިސްރާބު ޖަހާފައިވާއިރު، މި ބަދަލުތަކަށް އިންސާނުންނާއި ތިމާވެށީގެ ނިޒާމުތައް އެޑަޕްޓް ކުރަން އުނދަގޫވާނެ ކަމަށް ސައިންސްވެރިން ބުނެއެވެ.

"ދެ ޑިގްރީއަށް ހޫނުވުމުގެ ސަބަބުން އާބާދީގެ ގިނަ ބަޔަކަށް ނުރައްކާތެރި މޫސުން ގޯސްވުމުގެ ނުރައްކާ ބޮޑުވެ، ޕޯލާ އައިސް ޝީޓްތައް ވެއްޓުމާއި މުރަކަ ފަރުތައް ގިނަ އަދަދަކަށް މަރުވުން ފަދަ އިއާދަ ނުކުރެވޭ ވަރުގެ ޓިޕިން ޕޮއިންޓްތަކަށް އެ ޕްލެނެޓް ދިއުމުގެ ފުރުސަތު ބޮޑު" އިނގިރޭސިވިލާތުގެ ޔުނިވާސިޓީ އޮފް ރީޑިންގެ ކްލައިމެޓް ސައިންސްގެ ޕްރޮފެސަރު ރިޗަޑް އެލަން މީޑިއާ ތަކަށް ދިން އިންޓަވިއުއެއްގއި ބުންޏެވެ.

އޭނާ ސިފަކުރެއްވި ގޮތުގައި މި ބްރީޗް އަކީ "ކެނަރީ އިން ދަ ކޯލްމައިން" އެއް ކަމަށާއި އެއީ ގްރީންހައުސް ގޭސް ބޭރުކުރާ މިންވަރު ހުއްޓުވުމުގެ މުހިންމުކަން އަންގައިދޭ ކަމެއް ކަމަށެވެ.

މިއާއިއެކު ސައިންސްވެރިން ދަނީ ފިނިހޫނުމިނުގެ ތަފާސް ހިސާބުތައް އެމީހުންގެ އަންދާޒާތަކަށް ވުރެ މައްޗަށް ދާކަމުގެ ކަންބޮޑުވުންވެސް ފާޅުކުރަމުންނެވެ.

ޓެގްސް: ތިމާވެށި މޫސުމަށް އަން ބަދަލުތައް ދުނިޔެ ހޫނުވުން
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.