ހަމާސްގެ ލީޑަރު އިސްމާއިލް ހަނިއްޔާ

ދުނިޔެ

"އިޒްރޭލާއިއެކު އެއްބަސްވުމަކަށް އައުމާ ގާތްވެފައި" - ޚަމާސް

ދާނިޝް - މެދުއިރުމަތި | 22 ނޮވެންބަރު 2023 , ބުދަ 10:33   514

އިސްރާއީލުން ޣައްޒާއަށް ދެމުން އަންނަ ނުރައްކާތެރި ހަމަލާތަކާއި އެކުވެސް،ފަލަސްތީނުގެ ހަނގުރާމަވެރި ޖަމާއަތް އޮތީ އިސްރާއީލާއެކު ސުލްހައިގެ އެއްބަސްވުމަކާއި ގާތުގައި ކަމަށް ހަމާސް ޖަމާއަތުގެ ވެރިޔާ އިސްމާއިލް ހަނިއްޔާ ވިދާޅުވެއްޖެއެވެ.

ހަމާސްގެ ވެރިޔާ މިއަދު މީޑިއާތަކަށް ދިން ބަޔާނެއްގައި ވިދާޅުވެފައިވަނީ، ހަމާސްގެ އޮފިޝަލުން އިސްރާއީލާއެކު "ހަނގުރާމައިގެ އެއްބަސްވުމަކަށް އައުމާ ގާތްވެފައިވާ" ކަމަށާއި ގަތަރުގެ މެދުވެރިންނަށް އެ ޖަމާއަތައް މި މައުލޫމާތު ހިއްސާ ކޮށްފައި ވާނެ ކަމުގައެވެ. އޭނާގެ އެހީތެރިޔާ ރޮއިޓާސް އަށް ފޮނުވި ބަޔާނެއްގައި އިސްމާއިލް ހަނިއްޔާ ވިދާޅުވި އެވެ.

މި ބަޔާނުގައި އިތުރު ތަފްސީލެއް ދީފައި ނުވި ނަމަވެސް ހަމާސްގެ އޮފިޝަލަކު އަލްޖަޒީރާ ޓީވީއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ މަޝްވަރާތައް މައިގަނޑު ގޮތެއްގައި ކުރިއަށް ގެންގޮސްފައިވަނީ ހަނގުރާމައިގެ ކަންކަން ދެމިއޮންނާނީ ކިހާ ދުވަހަކަށްތޯ އާއި ޣައްޒާއަށް އެހީ ފޯރުކޮށްދިނުމުގެ އިންތިޒާމުހަމަޖެއްސުމާއި އިސްރާއީލުގައި ތިބި ފަލަސްތީނު ގައިދީންނަށް ހަމާސް ޖަމާއަތުން ހިފަހައްޓާފައިވާ އިސްރާއީލުގެ ގައިދީންނާއި ބަދަލުކުރުމާ ގުޅޭ ގޮތުން ކަމަށެވެ.

ދެ ފަރާތުން ވެސް އަންހެނުންނާއި ކުޑަކުދިން މިނިވަންކުރާނެ ކަމަށާއި އެކަމުގެ ތަފްސީލް އިއުލާނު ކުރާނީ މަޝްވަރާތަކުގައި މެދުވެރިވާ ގަތަރުން ކަމަށް އޮފިޝަލް އީސާތު އަލް ރެޝިގު ވިދާޅުވި އެވެ.

އިޒްރޭލުން އާންމުގޮތެއްގައި ގަތަރުން އިސްނަގައިގެން ކުރިއަށް ގެންދާ މަޝްވަރާތަކުގެ ހާލަތާ ބެހޭ ގޮތުން ކޮމެންޓްރީ ދިނުމުން ދުރުހެލިވެ އެވެ. އިޒްރޭލުގެ ޗެނަލް 12 ޓީވީން ސަރުކާރުގެ އިސް ފަރާތަކާ ހަވާލާދީ ބުނެފައި ވަނީ "އެމީހުން ތިބީ ގާތްކޮށް" ކަމަށާއި ނަމަވެސް އިތުރު ތަފްސީލެއް ނުދޭ ކަމަށެވެ.

އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހު އިސްރާއީލަށް ދިން ހަމަލާތަކުގައި ހަމާސް އިން ވަނީ ގާތްގަނޑަކަށް 240 މީހުން ރަހީނުކޮށްފަ އެވެ.

ޖެނީވާގެ އައިސީއާރުސީން ނެރުނު ބަޔާނެއްގައި ބުނީ އިންޓަނޭޝަނަލް ކޮމިޓީ އޮފް ދަ ރެޑް ކްރޮސް (އައިސީއާރުސީ)ގެ ރައީސް މިރްޖާނާ ސްޕޮލްޖަރިކް ހޯމަ ދުވަހު ގަތަރުގައި ހަނިއްޔާއާ ބައްދަލުކުރެއްވީ ހަމަނުޖެހުންތަކާ ގުޅުންހުރި އިންސާނީ މައްސަލަތައް ތަހުގީގު ނުރެއްވުމަށް ކަމަށެވެ. އެކަމަނާ ވަނީ މި ދަތުރުގައި ގަތަރުގެ ކަމާބެހޭ ފަރާތްތަކާ ވަކިވަކިން ބައްދަލުކުރައްވާފައެވެ.

ސުލްހަވެރިކަމުގެ އެއްބަސްވުމެއްގެ ވާހަކަ ދެކެވޭތާ އެތައް ދުވަހެއް ވެއްޖެ އެވެ. ރޮއިޓާސް އިން މިދިޔަ ހަފުތާގައި ރިޕޯޓްކުރި ގޮތުގައި ގަތަރުގެ މެދުވެރިން ހަމާސް އަށް އެއްބަސްވުމަކަށް އެދެނީ އިޒްރޭލުން ބައެއް ގައިދީން މިނިވަންކޮށް ތިން ދުވަހުގެ ހަނގުރާމަ ހުއްޓާލުމުގެ ބަދަލުގައި 50 މީހުން ދޫކޮށްލުމަށެވެ. އިޒްރޭލުން އެމެރިކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މައިކަލް ހަރްޒޯގް އާދީއްތަ ދުވަހު އޭބީސީގެ "ދިސް ވީކް" ގައި ވިދާޅުވީ "ކުރިއަށް އޮތް ދުވަސްތަކުގައި" އެއްބަސްވުމަކަށް އަންނާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށާއި ގަތަރުގެ ބޮޑުވަޒީރު ޝެއިހް މުހައްމަދު ބިން އަބްދުއްރަހްމާން އަލް ޘާނީ ވިދާޅުވީ ބާކީ ހުރި ސްޓިކިން ޕޮއިންޓްތަކަކީ "ވަރަށް ކުޑަ" ޕޮއިންޓްތަކެއް ކަމަށެވެ.މީގެ ޟިގެ އިތުރުން އެމެރިކާގެ ރައީސް ޖޯ ބައިޑަން އާއި އެމެރިކާގެ އެހެން އޮފިޝަލުން ހޯމަ ދުވަހު ވިދާޅުވީ އެއްބަސްވުމެއް ގާތްވެފައިވާ ކަމަށް ބުންޏެވެ.

ޣައްޒާގެ ހަމާސް ޖަމާއަތުން ހިންގާ ސަރުކާރުން ބުނާގޮތުގައި އިސްރާއީލުން ދެމުން އަންނަ ލާއިންސާނީ ހަމަލަ ތަކާއި ގުޅިގެން މިހާތަނަށް، ފަލަސްތީނުގެ 13،300 މީހުން ޝަހީދުވެފައިވާކަން ކަށަވަރުވެފައިވާ ކަމަށާއި އޭގެ ތެރޭގައި މަދުވެގެން 5،600 ކުޑަކުދިން ވެސް ހިމެނޭ ކަމަށެވެ. ޣައްޒާގެ 2.3 މިލިއަން މީހުންގެ ތެރެއިން ތިންބައިކުޅަ ދެބައި މީހުން ގެދޮރު ގެއްލިފައިވާ އިރު، ދުވާލެއްގެ މައްޗަށް އެތައް ހާސް ބަޔަކު އަދިވެސް ފައިމަގުގައި ދެކުނުގައި ދަތުރުކުރަނީ މުދަލާއި ކުޑަކުދިން އަތުގައި ހިފައިގެންނެވެ.

ޓެގްސް: އިޒްރޭލް ފަލަސްޠީން
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.