ސޯމާލިއާގެ މޮގަދިޝޫގެ ބޭރުގައި ބޯކޮށް ވާރޭވެހި ފެންބޮޑުވެފައި

ދުނިޔެ

ސޯމާލިއާގައި ފެންބޮޑުވެ މަރުވި މީހުންގެ އަދަދު 96 އަށް އަރައިފ

ދާނިޝް - އެފްރުކާ | 27 ނޮވެންބަރު 2023 , ހޯމަ 08:17   464

ސޯމާލިއާއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ފެންބޮޑުވެ މަރުވި މީހުންގެ އަދަދު 96 އަށް އަރާފައިވާ ކަމަށް އެ ގައުމުގެ ސްޓޭޓް ނިއުސް އެޖެންސީ ސޮންނާ އިން ބުނެފި އެވެ.

ސޮންނާ އިން ކުރިން ބުނެފައި ވަނީ އެ އަދަދު އެ ގައުމުގެ ޑިޒާސްޓާ މެނޭޖްމަންޓް އެޖެންސީގެ ވެރިޔާ މަހާމުއުދު މުއައްލިމް މިކަން ކަށަވަރުކޮށްދެއްވާފައިވާ ކަމަށެވެ.

އިރުމަތީ އަދި ހޯން އޮފް އެފްރިކާގެ އެހެން ސަރަހައްދުތަކެކޭ އެއްފަދައިން ސޯމާލިއާ ވެސް ވަނީ އެލްނީނޯ އާއި އިންޑިއަން އޯޝަން ޑިޕޯލް މޫސުމީ ފެނޮމިނާ ތަކުގެ ތެރެއިން މިދިޔަ އޮކްޓޯބަރު މަހުނެ ފެށިގެން ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން، ހާލުގައި ޖެހިފަ އެވެ.

މި ދެ ފެނޮމިނާއަކީ ވެސް ކަނޑުގެ ސަރަޙައްދުގެ ފިނިހޫނުމިނަށް އަސަރުކޮށް، އެވްރެޖަށްވުރެ ގިނައިން ވާރޭ ވެހޭ މޫސުމީ ކާރިސާއެކެވެ.

ފާއިތުވި އަހަރުތަކުގައި އަޅައިބަލައިރުވެސް މިއީ ސޯމާލިއާއަށް ދިމާވި އެންމެ ނުރައްކާތެރި ފެންބޮޑުވުމުގެ ކާރިސާކަމަށް ބެލެވޭއިރު، ގާތްގަނޑަކަށް ހަތް ލައްކައެއްހާ މީހުން ގެދޮރު ގެއްލިފައިވާ ކަމަށް އދ. އިން ބުނެއެވެ.

މީގެއިތުރުން، ސޯމާލިއާ އާއި އަވަށްޓެރި ކެންޔާގައި ފެންބޮޑުވުމުގެ ސަބަބުން މިހާތަނަށް 76 މީހުން މަރުވެފައިވާއިރު، ބޮޑެތި ގެއްލުންތަކެއް ލިބި، މަގުތަކާއި ބްރިޖްތައް ހަލާކުވެ، ގިނަ އަދަދެއްގެ ރައްޔިތުންނަށް ބޯހިޔާވަހިކަމާއި، ބުއިމާއި ކާބޯތަކެތީގެ ސާމާނު ވެސް ގެއްލިފައިވާ ކަމަށް ޗެރިޓީ މެޑެސިންސް ސަންސް ފްރޮންޓިއާސް (އެމްއެސްއެފް) އިން ބުނެއެވެ.

ޓެގްސް: އެފްރިކާ ބައްރު ސޯމާލިއާ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.