އީލަން މަސްކް އިސްރާއީލުގެ ޓުއާ އެއްގައި

ދުނިޔެ

ޓެކް ބިލިއަނަރު އީލަން މަސްކް އިސްރާއީލުގައި

ދާނިޝް - މެދުއިރުމަތި | 29 ނޮވެންބަރު 2023 , ބުދަ 08:46   474

ޓެކް ބިލިއަނަރު އީލަން މަސްކް އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއާ ބައްދަލުކޮށް، އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހު ހަމާސްއިން ދިން ހަމަލައި އަމާޒުކުރި ކިބްބުޓްޒްއަށް ޒިޔާރަތްކޮށް، ޣައްޒާގައި ހަމާސްއާ ދެކޮޅަށް އިސްރާއީލުން ކުރަމުންދާ ހަނގުރާމައަށް ތާއީދުކުރާކަން ހާމަކޮށްފިއެވެ.

ނަތަންޔާހޫއާއެކު ކްފަރު އައްޒާގެ ހަލާކުވެފައިވާ ކިބުޓްޒްއަށް ޒިޔާރަތް ކުރެއްވުމަށްފަހު، އެކްސް ސްޕޭސްގައި ދައްކަމުން މަސްކް ބުނީ ހަމާސް ނައްތާލުން ނޫން ގޮތެއް އިޒްރޭލަށް ނެތް ކަމަށެވެ.

މަސްކްގެ މި ދަތުރުގައި އިސްރާއީލުގެ ރައީސް އައިޒަކް ހަރްޒޯގްއާ ވެސް މަސްކް ބައްދަލު ކުރުމަށް ހަމަޖެހިފައިވާއިރު، އެނާގެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މި ބައްދަލުވުމުގައި "އޮންލައިންކޮށް އިތުރުވަމުންދާ އެންޓިސެމިޓިޒަމްއާ ދެކޮޅަށް މަސައްކަތް ކުރަން ޖެހޭ" ކަން ފާހަގަ ކުރެވިގެންދާނެ ކަމަށެވެ.

މަސްކެގެ ބާރުގެ ދަށުގައިވާ ކުރިން ޓްވިޓާގެ ނަމުން މަޝްހޫރުވެފައިވާ ސޯޝަލް މީޑިއާ ޕްލެޓްފޯމް އެކްސްގައި ނަފްރަތު އުފައްދައި، ސެމިޓިޒަމްއާ ދެކޮޅު ކޮންޓެންޓް ތައް ފެތުރެމުންދާ ކަމަށާއި، ނިއޯ ނާޒީންނާއި ހުދު ނަސްލުގެ މީހުންގެ ކޮންޓެންޓާއެކު އެކްސް ގެ އިޝްތިހާރުތައް ހިންގަމުން އަންނަ ކަމަށް ބުނެ ބައެއް ކުންފުނިތަކުން އެ ޕްލެޓްފޯމްގައި އިޝްތިހާރު ކުރުން މެދުކަނޑާލާފައިވާ ކަމަށް ފާޑުކިޔާ ފަރާތްތަކުން ދަނީ ބުނަމުންނެވެ.

އެކްސް ކޯޕުން މިހާރު ދަނީ އެ ތަނަކީ ސެމިޓިކް ދެކޮޅު ކޮންޓެންޓުން ފުރިގެންވާ ތަނެއްގެ ގޮތުގައި ސިފަކޮށް އިޝްތިހާރުކުރާ ފަރާތަކާއި ދެކޮޅަށް ދައުވާ ކުރަމުންނެވެ.

މަސްކް އައުމާއިއެކު އިސްރާއީލުން ވަނީ ސްޕޭސް އެކްސްގެ ސްޓާލިންކް ކޮމިއުނިކޭޝަން ޗެނަލް ޣައްޒާގައި ބޭނުންކުރުމަށް "އުސޫލެއްގެ ގޮތުން" އެއްބަސްވުމެއް ހަދާފައިވާކަން ހާމަކޮށްފައެވެ. މިފަދަ އެއްބަސްވުމެއްގެ ވާހަކަ ކުރިން ދެކެވުނު ނަމަވެސް ސްޓާލިންކް ޣައްޒާއަށް ހުޅުވާލުމުން ހަމާސް އަށް "ޓެރަރިސްޓް ހަރަކާތްތަކަށް" އެ ޗެނަލް ބޭނުންކުރުމަށް މަގުފަހިވާނެ ކަމަށް ބުނެ އިސްރާއީލުގެ ކޮމިއުނިކޭޝަން މިނިސްޓަރު ވަނީ އެކަން ހުއްޓުމަކަށް ގެނެސްފައެވެ.

ނަމަވެސް މިދިޔަ ހޯމަ ދުވަހު އިސްރާއީލުގެ ކޮމިއުނިކޭޝަން މިނިސްޓަރު ޝްލޯމޯ ކާހީ ބުނީ އިޒްރޭލުން އުސޫލެއްގެ ގޮތުން އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށާއި އެ އެއްބަސްވުމުގެ ދަށުން "ސްޓާލިންކް ސެޓެލައިޓް ޔުނިޓްތައް އިޒްރޭލުގައި ހިންގޭނީ ޣައްޒާ ހިމެނޭ ގޮތަށް އިޒްރޭލުގެ ކޮމިއުނިކޭޝަން މިނިސްޓްރީގެ ހުއްދަ ލިބިގެން" ކަމަށެވެ. މީގެއިތުރުން މަސްކްއަށް އެޑްރެސްކޮށް ކާރްހީ ކުރެއްވި އެކްސް ޕޯސްޓެއްގައި ބުނެފައިވަނީ މަސްކް އިސްރާއީލަށް ކުރާ ދަތުރަކީ މުސްތަގުބަލުގައި ކުރާ މަސައްކަތްތަކަށް ސްޕްރިންބޯޑަކަށް ވެގެންދާނެ ދަތުރެއް ކަމަށާއި، އަދި ޔަހޫދީންނާ އޮންނަ ގުޅުން އިތުރަށް ބަދަހިވެ، މުޅި ދުނިޔެއާ ހިއްސާކުރާ އަސާސްތައް އިތުރުވެގެންދާނެ ކަމަށް އުއްމީދު ކުރާ ކަމަށެވެ.

އެކްސް އަކީ ޣައްޒާ ހަނގުރާމައާ ބެހޭ ގޮތުން މައުލޫމާތު ދިނުމާއި ބަހުސްކުރާ މައިގަނޑު ޕްލެޓްފޯމެވެ. އަދި މިއީ ސަރުކާރުތަކުގެ އޮފިޝަލުންގެ އިތުރުން އިސްރާއީލަށް ތާއީދުކުރާ އަދި ފަލަސްތީނަށް ތާއީދުކުރާ މީހުން ކޮންޓެންޓް ޝެއާ ކުރަމުން އަންނަ އެންމެ މަޝްހޫރު ޕްލެޓްފޯމްވެސް މެއެވެ.

ނަމަވެސް ފާޑުކިޔާ ފަރާތްތަކުން ބުނާ ގޮތުގައި މި ޕްލެޓްފޯމުގައި ދޮގު މައުލޫމާތާއި ކޮންސްޕިރެސީ ތިއަރީތަކާއި ސެމިޓިޒަމްއާ ދެކޮޅު ކޮންޓެންޓް ފަދަ ނަފުރަތު އުފެދޭ ކޮންޓެންޓްތައް ވެސް އިތުރުވެފައިވާ ކަމަށެވެ. މިދިޔަ އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހު ޣައްޒާ ހަނގުރާމަ ފެތުރެން ފެށުމާ އެކު އެމެރިކާގައި ސެމިޓިޒަމްއާ ދެކޮޅު ހާދިސާތައް މިދިޔަ އަހަރުގެ ކުރީ މުއްދަތާ އަޅާބަލާއިރު ގާތްގަނޑަކަށް 400 ޕަސެންޓް އިތުރުވެފައިވާ ކަމަށް އޭޑީއެލް އިން ބުނެ އެވެ.

މީގެއިތުރުން ކައުންސިލް އޮން އެމެރިކަން-އިސްލާމިކް ރިލޭޝަންސް އިން ބުނީ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން ނޮވެމްބަރު މަހުގެ 4 ވަނަ ދުވަހުގެ ނިޔަލަށް އިސްލާމްދީނާއި އަރަބިންނާ ދެކޮޅު ހާދިސާތައް 216 އިންސައްތަ އިތުރުވެފައިވާ ކަމަށެވެ.

ޓެގްސް: އީލާން މަސްކް އިޒްރޭލް މެދުއިރުމަތި
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.