މި ބިލުގެ ދަށުން ރަޝިއާގައި ތިބެގެން ބުނެވޭނެ އަދި ކުރެވޭނެ ކަންކަން ކޮންޓްރޯލް ކުރެވޭނެ ވައުދުގައި ސޮއިކުރަން ހުރިހާ ބިދޭސީންނާއި ފަތުރުވެރިންނަށް މަޖުބޫރުވާނެ

ދުނިޔެ

ރަޝިއަށް ޒިޔާރަތްކުރާ ފަތުރުވެރިން "ލޯޔަލްޓީ އެގްރީމެންޓް" ގައި ސޮއިކުރަން މަޖުބޫރުކުރަނީ

ދާނިޝް - ޔޫރަޕް | 30 ނޮވެންބަރު 2023 , ބުރާސްފަތި 10:03   461

ރަޝިއާއިން އެ ގައުމަށް ޒިޔާރަތްކުރާ ފަތުރުވެރިން "ލޯޔަލްޓީ އެގްރީމެންޓެއް" ގައި ސޮއިކުރަން ޖެހޭ ގޮތަށް ގާނޫނެއް ތައާރަފް ކުރަން ތައްޔާރުވަމުންދާ ކަމަށް ބައިނަލްއަޤްވާމީ މީޑިއާ ތަކުން ރިޕޯޓުކޮށްފިއެވެ.

އެ ގައުމުގެ ދައުލަތުގެ ނޫސް އެޖެންސީ ޓާސް އިން ރިޕޯޓުކޮށްފައިވާ ގޮތުގައި ރަޝިއާގެ ސިޔާސަތަށް ފާޑުކިޔުމާއި ސޯވިއެޓް ތާރީހު ބަދުނާމުކުރުން ފަދަ ކަންކަމަށް ފަތުރުވެރިންނަށް ހުރަސް އެޅޭ ގޮތަށް ރަޝިއާގެ އިންޓީރިއާ މިނިސްޓްރީން އަންނަނީ ގާނޫނެއް ތައްޔާރު ކުރަމުންނެވެ. މީގެ އިތުރުން ރަޝިއާގެ އާދަކާދައިގެ އާއިލީ އަސާސްތަކާއި ސަގާފަތާއި ތިމާވެއްޓަށް ވެސް އިހުތިރާމް ކުރަން ޖެހޭނެ ކަމަށަވެސް މި ގާނޫނުގައިވާ ކަމަށް ޓާސްއިން މައުލޫމާތު ދެއެވެ.

އަދި ހުރިހާ ބިދޭސީން ވެސް އެ ވައުދުގައި ސޮއިކުރަން ޖެހޭނެ ކަމަށާއި، އޭގެ ސަބަބުން ހަގީގަތުގައި ރަޝިއާގައި ތިބެގެން އެމީހުންނަށް ބުނެވޭނެ އަދި ކުރެވޭނެ ކަންކަން ކޮންޓްރޯލް ކުރެވޭނެ ކަމަށެވެ.

އޭގެ މާނައަކީ "ރަޝިއާފެޑެރޭޝަންގެ ޕަބްލިކް އޮތޯރިޓީތަކުގެ ހަރަކާތްތަކަށް ނުފޫޒު ފޯރުވުމާއި، ރަޝިއާ ފެޑެރޭޝަނާއި ޕަބްލިކް އޮތޯރިޓީތަކާއި އެ މީހުންގެ އޮފިޝަލުންގެ ހާރިޖީ އަދި ދާޚިލީ ދައުލަތުގެ ސިޔާސަތު އެއްވެސް ސިފައެއްގައި ބަދުނާމުކުރުން،" އެ ރިޕޯޓުގައި ވެ އެވެ.

ޑްރާފްޓް ގާނޫނަކަށް ހެދުމަށްޓަކައި މިލިޔުން ރަޝިއާގެ ގާނޫނު ހަދާ މަޖިލީހުގެ ތިރިގެ ކަމަށްވާ ސްޓޭޓް ޑޫމާއަށް ހުށަހަޅައި، ސޮއި ކުރުމަށް ރައީސް ލަޑިމިއާ ޕޫޓިންއަށް ހުށަހެޅުމުގެ ކުރިން ކޮމިޓީ ރިވިއު އާއި ގިނަ ރީޑިންތަކެއް ހަދަން ޖެހެ އެވެ.

ރަޝިއާގެ ގާނޫނު ހަދާ މަޖިލީހުގެ އޮފިޝަލުން ރަޝިއާގެ ނިއުސް އެޖެންސީ އިންޓަފެކްސްއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، މި ގާނޫނަކީ ދާޚިލީ ވުޒާރާއާއި ސަރުކާރާއި ރިޔާސީ ސަރުކާރުން މަސައްކަތް ކުރަމުން އަންނަ ގާނޫނެއް ކަމަށާއި އެއީ ވަރަށް ކުރިއަރާފައިވާ ގާނޫނެއް ކަމަށެވެ.

ރަޝިއާގެ ޑައިރެކްޓްރޭޓް ފޯ މައިގްރޭޝަންގެ ވެރިޔާ ލެފްޓިނެންޓް ޖެނެރަލް ވެލެންޓީނާ ކަޒަކޯވާ ޓަސް މައުލޫމާތު ދެއްވާ ގޮތުގައި މި ބިލަށް މިހާރު ބަހުސް ކުރަމުން އަންނަ ކަމަށާއި ވަރަށް އަވަހަށް ސްޓޭޓް ޑުމާއަށް ބިލް ހުށަހެޅޭނެއެވެ.

ޓެގްސް: ރަޝިއާ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.