ޕްރިންސް ހެރީ އާއި އަބިކަނބަލުން މޭގަން އަދި އިނގިރޭސި ރާނީ އެލިޒަބެތް

ދުނިޔެ

ޝާހީ އާއިލާ ދޫކޮށްލިފަހުން ފުރަތަމަ ފަހަރަށް ހެރީ އާއި މޭގަން ރާނީގެ އަރިހަށް

ދާނިޝް - ޔޫރަޕް | 17 އޭޕުރިލް 2022 , އާދީއްތަ 11:12   404

އިނގިރޭސި ޝާހީ އާއިލާ ދޫކޮށްލެއްވި ފަހުން ފުރަތަމަ ފަހަރަށް ޕްރިންސް ހެރީ އަދި އަނބިކަނބަލުން މޭގަން މާކްލް ޝާހީ ގަނޑުވަރަށް ވަޑައިގެން ރާނީގެ އަރިހަށް ޒިޔާރަތްކުރައްވާފިއެވެ.

މީޑީއާ ތަކުން މަޢުލޫމާތު ލިބޭ ގޮތުގައި މިދެކަނބަލުން ރާނީގެ އަރިހަށް ވަޑައިގެންނެވީ މިދިޔަ ބުރާސްފަތި ދުވަހުގައެވެ.

މި ޒިޔާރަތަކީ ހެރީ އާއި މޭގަން މިހާރު ކުރިއަށްދާ އިންވިކްޓަސް ގޭމްސްގައި ބައިވެރިވެ ވަޑައިގަތުމަށް ނެދަލޭންޑްސް އަށް ފުރައިވަޑައި ގަތުމުގެ ކުރިން، ކުރި ޒިޔާރަތެއް ކަމަށް ވެސް މައުލޫމާތު ލިބެއެވެ.

މި ޒިޔާރަތުގައި ރާނީ އެލިޒަބެތްގެ އިތުރުން ޕްރިންސް ހެރީގެ ބައްޕާފުޅު ޕްރިންސް ޗާލްސްގެ އަރިހަށްވެސް ވަޑައިގެނެނެވިއެވެ.

ޕްރިންސް ހެރީ އާއި މޭގަން ޝާހީ މަސްޢޫލިއްޔަތު ތަކުން އެކަހެރިވެ ވަޑައިގެން 2020 ގެ މާރިޗް މަހުގެ ތެރޭގައި އެމެރިކާގެ ލޮސްއެންޖެލެސް އަށް ދިރިއުޅުން ބަދަލުކުރެއްވެވީ ޝާހީ ޢާއިލާއިން އެ ދެމަފިރިންނާއި ދެމެދު ޢަމަލު ބަހައްޓާ އިހާނެތި ގޮތުގެ ސަބަބުންނެވެ.

އެމެރިކާ އަށް ބަދަލުވުމަށް ފަހުވެސް ޕްރިންސް ހެރީ އެކިފަހަރު މަތިން ވަނީ އިނގިރޭސި ވިލާތައް ޒިޔާރަތްކޮށްފައެވެ. ނަމަވެސް މިއީ 2020 ގެ މާރިޗް މަހަށް ފަހު މޭގަން އިނގިރޭސި ވިލާތަށް ކުރި ފުރަތަމަ ދަތުރެވެ.

ޓެގްސް:
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.