ޣައްޒާގެ ދެކުނުގެ ރަފާހުގައި އިސްރާއީލުން ދިން ބޮމުގެ ހަމަލާތަކުގައި ޒަހަމްވި މީހުން

ދުނިޔެ

އިސްރާއީލުން ޣައްޒާއަށް ދެމުން އަންނަ ބޮމުގެ ހަމަލާތައް ވަރުގަދަކޮށްފި

ދާނިޝް - މެދުއިރުމަތި | 2 ޑިސެންބަރު 2023 , ހޮނިހިރު 17:31   475

ހަފްތާއަކަށް ހަނގުރާމަ މެދުކެޑުމަށްފަހު، އެ އެއްބަސްވުން އުއާލައި އިސްރާއީލުން ޣައްޒާއަށް ދެމުން އަންނަ ބޮމުގެ ހަމަލާތައް އަނެއްކާވެސް އިތުރުކޮށްފިއެވެ.

ހަމާސް ޖަމާއަތުން ވެރިކަން ކުރާ ޣައްޒާގައި ހުކުރު ދުވަހުގެ ހެނދުނު އަލުން ހަނގުރާމައިގެ ހަމަލަ ބަދަލު ކުރަން ފެށި ފަހުން އިސްރާއީލުގެ އުދުވާނުގައި، މިހާތަނަށް ފަލަސްތީނުގެ 200 މީހުން ޝަހީދުވެފައިވާ ކަމަށް ޣައްޒާގެ ސިއްހަތާ ބެހޭ ވުޒާރާއިން ވަނީ ބުނެފައެވެ.

މިއަދު އިސްރާއީލުގެ ގިނަ ހަމަލާތައް އަމާޒުވެފައި ވަނީ ޣައްޒާގެ ދެކުނުގައި އޮންނަ ޚާން ޔޫނުސް ސަރަހައްދަށް ކަމަށާއި އެ ސަރަހައްދުގައި ހަމާސްގެ 50 އަށް ވުރެ ގިނަ އަމާޒުތަކަށް ވައިގެ ހަމަލާތަކާއި ޓޭންކް ފަޔަރ އަދި ކަނޑުގެ މަގުންވެސް މެދު ކެޑުމެއްނެތި ހަމަލަ ދެމުން އަންނަ ކަމަށް ހަމާސް އިން މައުލޫމާތު ދެއެވެ.

ހަނގުރާމައިގައި ޙަމަލާ ބަދަލުކުރުން މެދުކަނޑާލަން ވެފައިވާ އެއްބަސްވުން ނިމުމަކަށް ގެނައީ އިސްރާއީލުން ކަމަށްވެސް ހަމާސްއިން މިދިޔަ ހުކުރު ދުވަހު ނެރުނު ބަޔާނެއްގައި ވަނީ ބުނެފައެވެ. އަދި މިހާރުވެސް އެ އެއްބަސްވުން އައުކޮށް އިތުރު އަސީރުން މިނިވަން ކުރުމަށް މަޝްވަރާތަކަށް ތައްޔާރަށް އޮތް ކަމަށްވެސް ހަމާސުން ބުނެއެވެ.

އިސްރާއީލުން ހިންގާ ލާއިންސާނީ އުދުވާނު އަނެއްކާވެސް ވަރުގަދަ ކޮށްފައި ވާއިރު އައިޑީއެފް އިން ވަނީ މިދިޔަ ހުކުރު ދުވަހު

ބުނީ، ޣައްޒާގެ އިރުއުތުރު އަދި ހުޅަނގުގެ ޑިސްޓްރިކްޓްތަކުގެ ހިޔާ މަރުކަޒުތަކާއި ސްކޫލްތަކަށް ބަދަލުވުމަށް ޖަބަލިއާ، އަލްޒައިތޫން އަދި އަލް ޝުޖާއްޔާ ފަދަ ޣައްޒާގެ އުތުރުގެ ބައެއް އަވަށްތަކުގެ ރައްޔިތުންނަށް ވަނީ އަންގާފައެވެ.

ހަމައެއާއި އެކު އައިޑީއެފް އިން ޣައްޒާގެ ރައްޔިތުން ހަމަލަ ދޭނެ ހިސާބު ތަކުން ރައްކާތެރި ސަރަހައްދުތަކުގައި ދިއުމަށް ކަނޑއެޅިފައިވާ މަގުތައް ފާހަގަ ކުރާ ކަމަށް ބުނާ މެޕެއްވެސް އާންމުކޮށްފައެވެ. ނަމަވެސް މި މެޕަށް ވަދެވޭނެ ކަރަންޓެއް ނުވަތަ އިންޓަނެޓެއް ނެތްހާލު، ހުޅުވޭނެ ގޮތެއް މިންވަރު ވިއަސް މި މެޕް ވަނީ އެހީއަކަށް ވުރެ ބޮޑަށް އޮޅުވާލުމަކަށެވެ.

މި މެޕްގައި ޣައްޒާގެ ސަރަޙައްދު، މަގުތަކުގެ މެދުންނާއި ބްލޮކްތައް ހުރަސްކޮށްވެސް، އެތައް ސަތޭކަ ޢަދަދެއްގެ ޕާރުސަލްތަކަކަށް ބަހާލައިފާއިރު ފަލަސްޠީނުގެ ސަރަޙައްދުގައި އިންސާނީ މައްސަލަތައް ކޯޑިނޭޓްކުރާ އދ.ގެ އޮފީހުން ނެރުނު ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި އެ މެޕުގައި މީހުން ސަލާމަތް ހޯދުމަށް ދާންވީ ވަކި ދިމާލެއް އޮޅުން ނުފިލާ ކަމަށެވެ. އަދި ކަރަންޓު ނުލިބި ޓެލެކޮމިއުނިކޭޝަން ހިދުމަތް ކަނޑާލެވިފާވާއިރު، ޣައްޒާގައި ދިރިއުޅޭ މީހުން މެޕަށް ވަދެވޭނީ ކިހިނެއް ކަމެއް ކަމާމެދުވެސް މި ރިޕޯޓުގައި ވަނީ ސުވާލު އުފައްދާފައެވެ.

މިދިޔަ އޮކްޓޯބަރު މަހުގެ ހަތްވަނަ ދުވަހުން ފެށިގެން އިސްރާއީލުން ޣައްޒާގައި އުދުވާނުގައި މިހާތަނަށް ފަލަސްތީނުގެ 15،000 އަށްވުރެ ގިނަ މީހުން ވަނީ މިހާތަނަށް ޝަހީދުވެފައެވެ.

ޓެގްސް: އިޒްރޭލް ފަލަސްޠީން މެދުއިރުމަތި
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.