ވިޓްސަން ރީފްގައި ހަރަކާތްތެރިވާ ޗައިނާގެ މިލިޝިއާ ބޯޓުތައް

ދުނިޔެ

ދެކުނު ޗައިނާ ކަނޑުގެ ފަރަށް ޗައިނާއިން އަރައިގަތް ކަމަށް ފިލިޕީންސުން ތުހުމަތުކޮށްފި

ދާނިޝް - އޭޝިއާ | 5 ޑިސެންބަރު 2023 , އަންގާރަ 08:19   464

ދެކުނު ޗައިނާ ކަނޑުން 135 އަށް ވުރެ ގިނަ އަސްކަރީ ބޯޓު ފެނުމާ ގުޅިގެން ފިލިޕީންސް އިން ޗައިނާގެ އައްސޭރިފަށުގައި އޮތް ފަޅެއް "ސްވޯމް" ކޮށްފައިވާ ކަމަށް ތުހުމަތުކޮށްފަ އެވެ.

ފިލިޕީންސްގެ ކޯސްޓްގާޑުން ބުނީ އެ ބޯޓުތައް އަޅައިފައި ވަނީ ވިޓްސަން ރީފް ގެ ކައިރީގައި ކަމަށާއި އެއީ ކޯސްޓްގާޑްގެ އެކްސްކްލޫސިވް އިކޮނޮމިކް ޒޯންގެ ތެރޭގައި ހިމެނޭ ހިސާބެއް ކަމަށެވެ. އަދި މިފަދަ އަސްކަރީ ބޯޓުތައް އިތުރުވަމުން ދިއުމަކީ ކަންބޮޑުވާ ކަމެއް ކަމަށްވެސް ފިލިޕީންސްގެ ކޯސްޓްގާޑުން ބުނެފައި ވެއެވެ.

ދެކުނު ޗައިނާ ކަނޑުގެ ސަރަހައްދަކީ ޗައިނާ އާއި ފިލިޕީންސް އަދި އެހެނިހެން ގައުމުތަކުގެ މެދުގައި އުފެދިފައިވާ ސަރަހައްދީ މައްސަލަތަކުގެ މައި މަރުކަޒެވެ.

ފިލިޕީންސް އިން ޖޫލިއަން ފެލިޕޭ ރީފް ގެ ނަމުން ނަން ދީފައިވާ ވިޓްސަން ރީފް އަކީ ޕަލަވާން އައިލެންޑުގެ ހުޅަނގުން ގާތްގަނޑަކަށް 320 ކިލޯމީޓަރު (200 މޭލު) ބޭރުގައި އޮންނަ، ޗައިނާގެ އެންމެ ކައިރީގައި އޮންނަ ހައިނާން އައިލެންޑާ 1،000 ކިލޯމީޓަރަށް ވުރެ ބޮޑު ސަރަހައްދެކެވެ.

ފިލިޕީންސްގެ ކޯސްޓްގާޑުން ބުނާގޮތުން ނޮވެމްބަރު މަހު އެ ސަރަހައްދުގައި ޗައިނާގެ މެރިޓައިމް މިލިޝިއާ އުޅަނދުތަކުގެ އަދަދު 111 އަށް ވުރެ ވަނީ އިތުރު ވެފައެވެ. ނަމަވެސް ޗައިނާއިން މިކަމަށްވެސް އެއްވެސް ޖަވާބެއް ދީފައެއް ނުވެއެވެ.

މިދިޔަ އަހަރު ފާޑިނަންޑް މާކޯސް ޖޫނިއަރ ރައީސްކަމަށް ވަޑައިގެންނެވި ފަހުން ފިލިޕީންސް އާއި ޗައިނާ ދެމެދު އޮންނަ ގުޅުން ކުރިއަށް ވުރެވެސް ބޮޑަށް ހީނަރު ވެފައިވާ ކަމަށް ބެލެވެއެވެ.

މިދިޔަ ހަފުތާގައިވެސް ފިލިޕީންސުން ވަނީ އެމެރިކާ އާއި އޮސްޓްރޭލިއާއާ އެކު ވައިގެ މަގުންނާއި ކަނޑުގެ މަގުން ވަކިވަކިން ދެ ޕެޓްރޯލް ކޮށްފަ އެވެ.

ބައިނަލްއަގުވާމީ ޓްރައިބިއުނަލަކުން 2016 ވަނަ އަހަރު ދެކުނު ޗައިނާ ކަނޑުގެ 90 އިންސައްތަ އަށް ޗައިނާއިން ހުށަހެޅި ހުށަހެޅުން ބާތިލްކުރި ނަމަވެސް، ބެއިޖިންއިން އެ ހުކުމް ބަލައިނުގަނެ، ފަހަކަށް އައިސް ދެބަސްވެފައިވާ ކަނޑުގެ ސަރަހައްދުގައި ދަނީ ރަށްތައް ހަދަމުންނެވެ.

މި ކަނޑުގެ ސަރަހައްދަކީ ވެސް ޗައިނާ އާއި އެމެރިކާގެ ގުޅުމުގެ ނޭވަލް ފްލޭޝް ޕޮއިންޓަކަށް ވެފައިވާއިރު، އޮކްޓޯބަރު މަހު އެމެރިކާގެ ރައީސް ޖޯ ބައިޑަން ވަނީ އެއްވެސް ހަމަލާއެއް ދީފިނަމަ އެމެރިކާއިން ފިލިޕީންސްގެ ދިފާއުގައި މަސައްކަތް ކުރާނެ ކަމުގެ އިންޒާރު ދީފައެވެ. ބައިޑަން މިހެން ބުނެފައި މިވަނީ ފިލިޕީންސް އާއި ޗައިނާގެ އުޅަނދުތަކެއް ކަނޑުގެ ސަރަހައްދުގައި ހިނގި ދެ އެކްސިޑެންޓެއްގައި ހިނގިތާ ދުވަސްތަކެއް ފަހުންނެވެ.

ޗައިނާ އާއި ފިލިޕީންސްގެ އިތުރުން، ޓައިވާން، މެލޭޝިއާ، ވިއެޓްނާމް އަދި ބްރޫނާއީ އިން ވެސް މި ކަނޑުގެ ބައެއް ހިސާބުތައް މިލްކު ކުރެއެވެ.

ޓެގްސް: ޗައިނާ ފިލިޕީންސް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.