ދަ ޑިމޮކްރެޓްސް އިން ބޭއްވި އެޕާޓީގެ އެތެރޭގެ އިންތިޚާބުގައި ހަސަން ވޯޓު ލައްވަނީ

ހަބަރު

ދަ ޑިމޮކްރެޓްސް : ރައީސަކަށް ހަސަން ލަތީފް ހޮވިވަޑައިގެންފި

އަލީ އަޒްޔަން - ދިވެހި ރާއްޖެ | 4 ޑިސެންބަރު 2023 , ހޯމަ 08:25   533

ދަ ޑިމޮކްރެޓްސް ޕާޓީގެ ރައީސްކަމަށް ހެންވޭރު ހުޅަނގު ދާއިރާގެ މަޖިލީސް މެމްބަރު ހަސަން ލަތީފު ހޮވިވަޑައިގެންފިއެވެ.

ވޯޓުގެ ނަތީޖާ އިޢްލާންކުރައްވާފައިވަނީ އެޕާޓީން ރޭ ބޭއްވި ޕްރެސް ބްރީފިންގ އެއްގައި، މެދު ހެންވޭރު ދާއިރާގެ މަޖިލީސް މެމްބަރު އަދި މި އިންތިޚާބާއި ޙަވާލުވެވަޑައިގެން ހުންނެވި ޢަލީ އާޒިމެވެ.

ހަސަން ހޮވި ވަޑައިގަތީ 1،704 ވޯޓާއިއެކުއެވެ. ހަސަން އާއި ވާދަކުރެއްވި ކުރީގެ އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރކަން ކުރެއްވި ހުސެން އަމްރޫ ރަޝާދަށް ލިބިވަޑައިގެންނެވީ 1،300 ވޯޓެވެ. އެހެންކަމުން ހަސަން ކުރިހޯއްދަވާފައިވަނީ 404 ވޯޓާއިއެކުއެވެ. އިންސައްތައިން ބަލާއިރު 57 އިންސައްތައެވެ.

ހަސަން އަކީ އެޕާޓީ އުފެއްދުމުގައި މުއައްސިސުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭފުޅެކެވެ. އަދި އެޕާޓީގެ އިންޓެރިމް ޗެއަރގެ ދައުރު ވެސް އަދާކުރައްވަމުން ގެންދަވާފައިވެއެވެ.

ދަ ޑިމޮކްރެޓްސް އިން ބޭއްވި އެތެރޭގެ އިންތިޚާބުގައި އެޕާޓީގޭ 5،888 މެމްބަރަކަށް ވޯޓުގައި ބައިވެރިވުމުގެ ފުރުޞަތު ލިބިފައިވާއިރު، ވޯޓު ލާފައިވަނީ 3،209 މެމްބަރެކެވެ. އެއީ ނިސްބަތުން ބަލާއިރު 54 އިންސައްތަ މީހުންނެވެ.

މިލިޔުމާއި ގުޅޭ:

ޑިމޮކްރެޓްސްގެ އިންތިޚާބު: ނަތީޖާއަށް ވީގޮތް ނޭނގި ގިނަބައެއްގެ ނުރުހުން އަމާޒުވެއްޖެ

ޑިމޮކްރެޓްސްގެ އެތެރޭގެ އިންތިޚާބުގެ ވޯޓުލުން ފެށިގެން ކުރިއަށް

އިންތިޚާބުގެ ކުރިން ޙަސަން އެކްސްޕްރެސް ނިއުސްއަށް ދެއްވި އިންޓަވިއު

ޕާޓީގެ އެހެން އިސް މަޤާމުތަކަށް ހޮވުނު ފަރާތްތައް
ސަލްމާން، ޔަންގ ޑިމޮކްރެޓްސް ލީޑަރ. ވިމެން ޑިމޮކްރެޓްސް ލީޑަރަށް ހޮވިވަޑައިގަތީ ޝީޒާ ޢަބްދުއްﷲ
ޓެގްސް: ދަ ޑިމޮކްރެޓްސް އިންތިޚާބު
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.