ލޭންޖްލޭންޑް ކައިރީގައި އޮންނަ ކަނޑުގެ ސަރަހައްދުގައި ގޮއްވާލި ބޮމް

ދުނިޔެ

ދެވަނަ ބޮޑު ހަނގުރާމައިގެ ބޮމެއް ޑެންމާކުގެ އައްސޭރިފަށުގައި ގޮއްވާލައިފި

ދާނިޝް - ޔޫރަޕް | 6 ޑިސެންބަރު 2023 , ބުދަ 08:25   77

ދެ ވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރުގެ ބޮމެއް ލޭންޖްލޭންޑް ކައިރީގައި އޮންނަ ކަނޑުގެ ސަރަހައްދުގައި ގޮއްވާލައިފި އެވެ.

މިއީ ޑެނިޝްގެ ދެކުނުގައި އޮންނަ ރަށެކެވެ.

މި ބޮމް ފުރަތަމަ ފެނިފައިވަނީ އެ ސަރަހައްދުގައި މަސައްކަތް ކުރަމުން ދިޔަ މަސްވެރިޔަކަށެވެ. އޭނާ ވަނީ 130 ކިލޯގެ ހަތިޔާރު އޭނާގެ ނެޓުގައި ޖެހުމާއި އެކު ކަމާބެހޭ ފަރާތްތަކަށް އެކަން އަންގާފައެވެ.

ޑެންމާކްގެ ކަނޑުގެ ސިފައިންގެ ސެޕަރުން ވަނީ އެ ބޮން އަލުން ފެނުގެ ތެރެއަށް ބަހައްޓައި، 10 ކިލޯގެ އެކްސްޕްލޯސިވް ޗާޖެއް އެބޮމުގެ ތެރެއަށް އެޓޭޗްކޮށް، ކޮންޓްރޯލް ޑިޓޮނޭޝަނަކަށް ފުރުސަތު ދީފަ އެވެ.

ބޮން ގޮއްވާލާފައިވަނީ 15 މީޓަރު (49 ފޫޓް) އަޑިން ކަމަށް އެ ގައުމުގެ ޑިފެންސް ޑިޕާޓްމަންޓުން ބުނެއެވެ.

ޓެގްސް: ހަނގުރާމަ ޑެންމާކް ޔޫރަޕް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.