ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން

ދުނިޔެ

ނަތަންޔާހޫގެ މައްޗަށް ޝަރީއަތް ކުރާނީ ހަނގުރާމައިގެ ކުށްވެރިއެއްގެ ގޮތުގައި: އުރުދުޣާން

ދާނިޝް - މެދުއިރުމަތި | 5 ޑިސެންބަރު 2023 , އަންގާރަ 08:16   460

ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން މިއަދު ދެއްވި ތަގުރީރެއްގައި އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއަކީ ޣައްޒާގެ ގާތިލު ކަމަށް ސިފަކުރައްވައި ،އޭނާގެ މައްޗަށް ޝަރީއަތް ހިންގުމަށް ތައްޔާރުވަމުން އަންނަ ކަމަށް ވިދާޅުވެއްޖެއެވެ.

އިސްރާއީލުން ޣައްޒާއަށް ދެމުން ގެންދާ އުދުވާނީ ހަމަލާތަކާ ބެހޭ ގޮތުން އުރުދުޣާން ވިދާޅުވީ ދުނިޔޭގެ ސަލާމަތަށް ޓަކައި އުފެއްދި އދ އަށް ވެސް އިސްރާއީލުގެ އަނިޔާވެރިކަމުން އަމިއްލަ މުވައްޒަފުން ސަލާމަތް ނުކުރެވޭނެ ކަމަށެވެ.

"މިހާރު ޣައްޒާގެބުޗަރުގެ ގޮތުގައި ހުރި ނަތަންޔާހޫގެ މައްޗަށް ވެސް މިލޮސެވިޗް ފަދައިން ޣައްޒާގެ ބުޗަރެއްގެ ގޮތުގައި ޝަރީއަތް ކުރާނެ":

1990 ގެ އަހަރުތަކުގައި ބޮސްނިއާ، ކްރޮއޭޝިއާ އަދި ކޮސޯވޯ ހަނގުރާމަތަކާ ގުޅިގެން ހަނގުރާމައިގެ ޖަރީމާތަކާ ގުޅިގެން ބައިނަލްއަގުވާމީ ކޯޓަކުން ދައުވާ އުފުލާފައިވާ ސާބިއާގެ ކުރީގެ ލީޑަރަށް އިޝާރާތް ކުރައްވާ އުރުދުޣާން ވިދާޅުވިއެވެ.

ޣައްޒާގައި އިސްރާއީލުން ހިންގަމުން އަންނަ ޖަރިމާ އިތުރަށް ވަރުގަދަ ކުރަމުން ދާއިރު މިހާރު ޣައްޒާގެ ދެކުނުގައި އޮންނަ ޚާން ޔޫނިސްއަށް ދަނީ އެއްގަމު މަގުންވެސް ވަރުގަދަ ހަމަލާތައް ދެމުންނެވެ.

ޚާން ޔޫނިސްގައި ތިބި އާންމުން ބުނާ ގޮތުން އިސްރާއީލުގެ އަސްކަރިއްޔާއިން ދެކުނުގެ ރަފަޙް ނުވަތަ ހުޅަނގު ދެކުނު އައްސޭރި ފަށު ސަރަޙައްދުތަކަށް ބަދަލުވުމަށް ވަނީ އަންގާފައެވެ. ނަމަވެސް މެދުކެނޑުމެއްނެތި ދެމުންދާ ހަމަލާތަކުގެ ތެރެއިން އެހެން ސަރަހައްދަކަށް ދިއުމުގެ އެއްވެސް މަގެއް ނެތެވެ. އަދި ދާނެ ރައްކާތެރި ދިމާލެއްވެސް ނެތެވެ.

އޮކްޓޯބަރު މަހުގެ ހަތްވަނަ ދުވަހުން ފެށިގެން މިހާތަނަށް ޣައްޒާގައި ފަލަސްތީނުގެ 15،500 މީހުން ވަނީ އިސްރާއީލުގެ ޔަހޫދީންގެ އުދުވާނުގައި ޝަހީދުވެފައެވެ.

ޓެގްސް: ތުރުކީ އިޒްރޭލް މެދުއިރުމަތި
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.