ޣައްޒާގެ ދެކުނުގެ ޚާން ޔުނިސްގައި ހުންނަ ނާސިރު ހޮސްޕިޓަލް

ދުނިޔެ

ގައްޒާގެ ހޮސްޕިޓަލްތައް މަރުވެފައިވާ މީހުންގެ ހަށިތަކުން ފުރިފައި

ދާނިޝް - މެދުއިރުމަތި | 6 ޑިސެންބަރު 2023 , ބުދަ 08:21   392

ޣައްޒާގެ ހޮސްޕިޓަލުތައް ވަނީ ޝަހީދުވެފައިވާ މީހުންގެ ހަށިތަކުން ފުރިފާ ކަމަށް ޣައްޒާގެ ސިއްހަތާ ބެހޭ ވުޒާރާގެ ޑިރެކްޓާ ޖެނެރަލް މުނީރު އަލް ބުރުޝް އަލްޖަޒީރާއަށް ވިދާޅުވެއްޖެއެވެ.

މިއަދުގެ ފަތިހުން ފެށިގެން ޣައްޒާގެ ހޮސްޕިޓަލްތަކަށް އެތައް ބައެއްގެ ހަށިތައް ލިބެމުން އަންނައިރު، އިސްރާއީލުން އެންކްލޭވްއަށް ދެމުންދާ ވައިގެ ހަމަލާތައް މެދުކެނޑުމެއްނެތި ދެމުން އަންނަތާ މިއީ ހަތަރުވަނަ ދުވަހެވެ.

"އަޅުގަނޑުމެންގެ ހުރިހާ ހޮސްޕިޓަލަކަށް ވެސް މިހާރު ޒަޙަމްވާ މީހުންނަށް އެއްވެސް ކަހަލަ އެހީއެއް ނުދެވޭނެ. އަޅުގަނޑުމެންގެ ހުރިހާ މެޑިކަލް އިކުއިޕްމަންޓެއް ވަނީ ހަލާކުވެފަ،" އަލް ބުރުޝް ވިދާޅުވި އެވެ.

އަދި ކުޑަ އިރުކޮޅެއްގެ ތެރޭގައި ޣައްޒާގެ އުތުރުގައި ހުންނަ ކަމާލް އަދްވާން ހޮސްޕިޓަލަށް ކަރަންޓު ގެއްލޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އެމްބިއުލާންސާއި ބޭސްވެރިންނަށް ތަކުރާރުކޮށް ހަމަލާދެމުން އަންނައިރު، އޭގެ ތެރޭގައި އަނިޔާ ލިބުނު މީހަކު ގޮވައިގެން އަލްއަވްދާ ހޮސްޕިޓަލާ ދިމާލަށް މީހަކު ގަޔަށްވެސް އިސްރާއީލުގެ ސިފައިން ބަޑި ޖަހައިފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.

އަދި ޒަހަމްވި 40،000 މީހުންގެ ތެރެއިން ދެކުނުގައި އޮންނަ ރަފާ ކްރޮސިންއަށް ގޮސްފައިވަނީ އެންމެ 400 މީހުން ކަމަށްވެސް ޑައިރެކްޓަރު ބުންޏެވެ.

މިދިޔަ އޮކްޓޯބަރު މަހުގެ ހަތްވަނަ ދުވަހުން ފެށިގެން އިސްރާއީލުން ވަށާލާފައިވާ ސަރަހައްދަށް ދިން ހަމަލާތަކުގައި ޣައްޒާގެ ދެބައިކުޅަ އެއްބަޔަށްވުރެ ގިނަ ގެތައް ވަނީ ހަލާކުވެފައި ނުވަތަ ހަލާކުވެފައެވެ.

ޣައްޒާގެ ސިއްހަތާ ބެހޭ ވުޒާރާއިން ތުހުމަތުކުރާ ގޮތުގައި އިޒްރޭލުން ހޮސްޕިޓަލުތަކާއި އަމާޒުކޮށް ދޭ ހަމަލާތަކަކީ ހޮސްޕިޓަލުތައް ބަންދުކުރަން މަޖުބޫރު ކުރުމަށް ގަސްދުގައި ދޭ ހަމަލާތަކެކެވެ.

"އިސްރާއީލުން ޣައްޒާގެ ހޮސްޕިޓަލްތަކަށް ބޮމުގެ ހަމަލާތައް ދެނީ ޒަހަމްވެ އަދި ގެދޮރު ގެއްލިފައިވާ ރައްޔިތުން މަގުމަތި ކުރުމަށް" ޣައްޒާގެ ހެލްތު މިނިސްޓްރީގެ ތަރުޖަމާނު އަޝްރަފް އަލް ކުދްރާ ވިދާޅުވި އެވެ.

އަލް-ކުދްރާ އިތުރަށް ވިދާޅުވީ އިސްރާއީލުން ޣައްޒާ ސިޓީ ކައިރީގައި ފަލަސްތީނުގެ ގެދޮރު ގެއްލިފައިވާ ފަލަސްތީނު މީހުން ހިޔާވަހިކަން ހޯދަމުންދާ ބައެއް ސަރަހައްދުތަކަށް ބޮން އަޅާފައިވާ ކަމަށާއި އޭގެ ތެރޭގައި ސަލާހުއްދީން ސްކޫލާއި ބެޕްޓިސްޓް ހޮސްޕިޓަލް ކައިރީގައި ހުރި އިމާރާތަކާއި މީހުން ތޮއްޖެހިފައިވާ ސްކޮއާއެއް ހިމެނޭ ކަމަށެވެ.

ޣައްޒާގެ 35 ހޮސްޕިޓަލުގެ ތެރެއިން މިހާރު ހިންގަނީ އެންމެ ނުވަ ހޮސްޕިޓަލެއް ކަމަށާއި، ކަރަންޓު ނުލިބުމުގެ ސަބަބުން ޣައްޒާގެ އުތުރުގައި ހުންނަ ކަމާލް އަދްވާން ހޮސްޕިޓަލް ގަޑިއިރެއްގެ ތެރޭގައި ބަންދުވެދާނެ ކަމުގެ އިންޒާރު ސިއްހީ އޮފިޝަލުން ވަނީ ދީފައެވެ.

ޓެގްސް: މެދުއިރުމަތި އިޒްރޭލް ފަލަސްޠީން
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.