އުތުރު ކޮރެއާގެ ޕިއޮންޔޮންގްގައި ބޭއްވުނު ނޭޝަނަލް މަދަރސް މީޓިންގައި އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮންއުން ތަގުރީރު ކުރައްވަނީ

ދުނިޔެ

އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮން އުން، ޤައުމުގެ އަންހެނުންގެ ކިބައިން އިތުރު ދަރިން ހޯދުމަށް އެދޭއިރު ރޮވިފައި

ދާނިޝް - ދެކުނު އޭޝިޔާ | 7 ޑިސެންބަރު 2023 , ބުރާސްފަތި 21:45   458

އުތުރު ކޮރެއާގެ ރައީސް އަންހެނުންނަށް އިތުރު ދަރިން ލިބި، އިސްތިއުމާރީ ދައުލަތް ދެކެ ލޯބިވުމަށް ތަރުބިއްޔަތު ކުރުމަށް ކިމް ޖޮން-އުން ގޮވާލައްވަމުން ރޮމުންދާ މަންޒަރު ފެނިގެން ގޮސްފިއެވެ.

ދަރިން ހޯދުމަށް އަންހެނުންގެ ކިބައިން އެދި، އުން މިކަމަށް އެދި ގޮވާލެއްވީ ޕިޔޮންގްޔަންގްގައި ބޭއްވި ގައުމީ މައިންގެ ބައްދަލުވުމަކަށް އެއްވި އެތައް ހާސް އަންހެނުންނާ މުހާތަބު ކުރައްވަމުންނެވެ.

ރިކްލޫސިވް ސްޓޭޓްގެ އުފަންވާ ރޭޓް ދަށަށް ދިއުމާ ގުޅިގެން ކަންބޮޑުވުން ތައް އިތުރުވަމުންދާ ދަނޑިވަޅެއްގައި، މިއީ 11 އަހަރުގެ ތެރޭގައި ބޭއްވި މިފަދަ ފުރަތަމަ އިވެންޓެވެ.

އުތުރު ކޮރެއާގެ ޑިކްޓޭޓަރު ކިމް ޖޮން އުން ގެ ވާހަކައިގައި އޭނާ ވަނީ އިރުމަތީ އޭޝިއާގެ އެ ގައުމުގެ އަންހެނުންނަށް އިތުރު ދަރިން ހޯދައި، "ކޮމިއުނިސްޓުން" ގެ ގޮތުގައި ތަރުބިއްޔަތު ކުރުމަށް އިލްތިމާސް ކުރައްވާފައެވެ.

"އުފަންވާ ރޭޓް ދަށްވުން ހުއްޓުވައި، ރަނގަޅު ދަރިން ބެލެހެއްޓުމާއި ތައުލީމު ހޯދައިދިނުމަކީ އަޅުގަނޑުމެންގެ އާއިލީ ހުރިހާ ކަމެއް، މައިންނާ އެކީގައި ހައްލުކުރަން ޖެހޭ ކަންކަން،" ކަރުނަ ފޮހެލަމުން އުން ބުންޏެވެ.

ކިމް ޖޮން އުންގެ ތަގުރީރުގައި އިތުރަށް ވިދާޅުވީ، މުޖުތަމައުއާއި ޢާއިލާތަކުގެ ކުރިމަތީގައި ހުރިހާ މައިންވެސް އަދާކުރަންޖެހޭ ޒިންމާއާއި ވާޖިބު އަދާކުރަންޖެހޭނީ، އެމީހުންގެ ސޯޝަލިސްޓް ބިނާކުރުމުގެ ފުރުޞަތުތަކާއި، ކައިރި މުސްތަޤްބަލެއްގައި އަންނާނެ ބަދަލުކުރެވިފައިވާ ނަމޫނާ މުޖުތަމަޢެއްގެ އުއްމީދުގައި ކަމަށެވެ. އަދި އެމީހުންގެ ދަރިން ނަކީ ސޯޝަލިސްޓް އަދި ކޮމިއުނިސްޓް ކޮންސްޓްރަކްޝަންގެ ތަނބުތަކަކަށް އަދި މުސްތަގުބަލުގެ މުޖުތަމައުގެ މާސްޓަރުންނަށް ހެދުމަށް ޓަކައި ތަރުބިއްޔަތު ކުރުމުގެ ބުރަ އަމާޒެއް އެބައޮތް ކަމަށްވެސް އޭނާ ފާހަގަކުރިއެވެ.

ޔުނައިޓެޑް ނޭޝަންސް ޕޮޕިއުލޭޝަން ފަންޑުން އަންދާޒާކުރާ ގޮތުގައި 2023 ވަނަ އަހަރުގެ ނިޔަލަށް އުތުރު ކޮރެއާގައި އަންހެނަކަށް އުފަންވާ ކުދިންގެ އެވްރެޖް އަދަދު ނުވަތަ ދަރިމައިވުމުގެ ނިސްބަތް ހުރީ 1.8 ގަ އެވެ.

އުތުރު ކޮރެއާގެ ބައެއް އަވަށްޓެރި ގައުމުތަކަށް ވުރެ ދަރިމައިވުމުގެ ނިސްބަތް އަދިވެސް މަތިއިރު، އެ ގައުމުތަކުން ދަނީ ޒުވާން އާއިލާތައް ހަރުދަނާ ކުރުމަށް އިންސެންޓިވް ޕްރޮގްރާމްތަކެއް ހިންގަން ފަށައިފައެވެ.

ދެކުނު ކޮރެއާގެ ދަރިމައިވުމުގެ ނިސްބަތް މިދިޔަ އަހަރު ރެކޯޑް މިންވަރަކަށް 0.78 އަށް ދަށަށް ގޮސްފައިވާއިރު، ޖަޕާނުގެ އެއަދަދު ވަނީ 1.26 އަށް ދަށްވެފަ އެވެ.

ޓެގްސް: ނޯތް ކޮރެއާ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.