ޔޫކްރެއިންގެ ރައީސް ވޮލޮޑިމީރު ޒެލެންސްކީ

ދުނިޔެ

އެމެރިކާގެ ސެނެޓްގެ ބްރީފިން ޒެލެންސްކީ ކުއްލި ގޮތަކަށް ކެންސަލް ކުރައްވައިފި

ދާނިޝް - އެމެރިކާ | 7 ޑިސެންބަރު 2023 , ބުރާސްފަތި 08:36   418

ޔޫކްރެއިންގެ ރައީސް ވޮލޮޑިމީރު ޒެލެންސްކީ އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުންނާ އެކު ބޭއްވެވި ހައި ޕްރޮފައިލް ބްރީފިންއެއް ކުއްލި ގޮތަކަށް ކެންސަލް ކުރައްވައިފި އެވެ.

ޔޫކްރެއިންގެ ރައީސް މި ބައްދަލުވުން ކެންސަލް ކޮށްފައި މިވަނީ އެމެރިކާގެ އަސްކަރީ އިތުރު އެހީތަކަށް ރުހުން ނުދީފިނަމަ ރަޝިޔާއާ ދެކޮޅަށް ކުރާ ހަނގުރާމައިން ބަލިވުމުގެ ބިރު އެބައޮތް ކަމުގެ އިންޒާރު ޔޫކްރެއިންގެ އިސް އޮފިޝަލަކު ދެއްވާފައި ވަނިކޮށެވެ.

ސެނެޓްގެ ލީޑަރު ޗަކް ޝޫމާ، ނޫސްވެރިންނާއި ވާހަކަ ދެއްކެވި އިރު ޒެލެންސްކީ އަކީ ބައްދަލުވުން ކެންސަލް ކުރީ ކީއްވެ ކަމެއް ވިދާޅެއް ނުވެ އެވެ.

ޗެމްބަރުގެ އެންމެ އިސް ޑިމޮކްރެޓިކް ޕާޓީން ބުނީ ޔޫކްރެއިންގެ ރައީސް ހުންނެވީ ކުއްލިއަކަށް ދިމާވި މައްސަލައެއް ހައްލުކުރުމަށް ކަމަށާއި އިތުރު ތަފްސީލެއް ނުދެއްވައި ކަމަށެވެ.

އެމެރިކާގެ އިސް އޮފިޝަލުން ސެނެޓަރުންގެ ކްލެސިފައިޑް ބްރީފިންގެ މި ބައްދަލުވުން ކުރިއަށް ދިޔަ ނަމަވެސް އެހީގެ ޕެކޭޖާ ބެހޭ ގޮތުން ދެކެވުނު ވާހަކަތައް ވަރަށް އަވަހަށް ވަނީ ހަލަބޮލިވެފަ އެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރިޕަބްލިކަން ޕާޓީގެ ރައީސް މައިކް ޖޯންސަން ވަނީ އިތުރު އެތައް ބިލިއަން ޑޮލަރެއްގެ ފަންޑިންއެއް ދިނުމަށް އެންމެ ފަހުން ހުށަހެޅުއްވި ހުށަހެޅުންތަކާއި ދެކޮޅުހަދައިފައެވެ.

"ޔޫކްރެއިންގައި ސާފު ސްޓްރެޓެޖީއެއް ނެތުމާއި، ހަމަނުޖެހުންތައް ހައްލުކުރެވޭނެ މަގެއް ނުވަތަ އެމެރިކާގެ ޓެކްސް ދައްކާ ފަރާތްތަކުން ފޯރުކޮށްދޭ އެހީތަކަށް އެކަށީގެންވާ ގޮތެއްގައި ޖަވާބުދާރީވުމުގެ ޕްލޭނެއް ނެތުމާ މެދު އަޅުގަނޑުގެ ކޮންފަރެންސްގެ އެއްވެސް ސައްހަ ކަންބޮޑުވުންތަކަށް ބައިޑަންގެ ސަރުކާރުން ހަގީގަތުގައި ހައްލެއް ހޯދައިދީފައެއް ނުވޭ،" އޭނާ ސޯޝަލް މީޑިއާގައި ލިޔުއްވާފައިވެ އެވެ.

ފަންޑިންގްގެ މައްސަލަ ދިމާވެފައި މިވަނީ ފްރޮންޓްލައިންގައި ހިނގަމުންދާ ހަނގުރާމަތައް އަމަލީ ގޮތުން ހުއްޓުމަކަށް އައިސްފައިވާ ކަމަށް ފެންނާތީ އެވެ.

ޔޫކްރެއިންގެ ދެކުނުގައި ގިނަ ބަޔަކު އުންމީދުކުރި ކައުންޓާ އެޓޭކްތައް މަޑުޖެހިފައިވާ ތަން ފެންނައިރު، ކިއެވްގެ ފައުޖުތަކުން ދަނީ ބޮޑު ޑިނިޕްރޯ ކޯރުގެ އިރުމަތީ އައްސޭރީގައި ގާއިމުކުރި ފައިތިލަ ދަމަހައްޓަން މަސައްކަތް ކުރަމުންނެވެ.

ޔޫކްރެއިން، އިސްރާއީލް އަދި ޓައިވާނަށް ބައިޑަން 106 ބިލިއަން ޑޮލަރުގެ އެހީއަށް އެދިވަޑައިގަތުމުން އެކަމަށް ހައްލެއް ހޯއްދަވައިދެއްވުމަށް އެޅުއްވި ފުރަތަމަ އިޖުރާއީ ހުރަހަށް ހައްލެއް ހޯއްދަވައިދެއްވުމަށް ޑިމޮކްރެޓިކް ޕާޓީން މިއަދު ވަނީ ވޯޓަށް އަހާފައެވެ.

ނަމަވެސް 100 މެމްބަރުން ހިމެނޭ ސެނެޓުގައި އެ ޕާޓީއަށް 60 ވޯޓު ބޭނުންވާއިރު، ރިޕަބްލިކަން ޕާޓީގެ 49 މެމްބަރުންގެ މައިނޯރިޓީން އެ މީހުންގެ އިމިގްރޭޝަން އިސްލާހުތައް ދޫކޮށްލުމުން އެ ޕެކޭޖު ބަލިކުރާނެ ކަމަށް ބެލެވެ އެވެ.

ބްރީފިން ރޫމްގެ ބޭރުގައި ކެންސަސްގެ ރިޕަބްލިކަން ޕާޓީގެ ރޮޖާ މާޝަލް ނޫސްވެރިންނާއި ވާހަކަ ދައްކަވަމުން ވިދާޅުވީ ގައުމީ ސަލާމަތަށް މިހާރު އޮތް އެންމެ ބޮޑު ނުރައްކަލަކީ ހުޅުވާލެވިފައިވާ ބޯޑަރެއް ކަމަށެވެ.

ސެނެޓުގައި ދެ ފަރާތުން އެއްބަސްވުމަކަށް އާދެވިފައިވީ ނަމަވެސް، ޔޫކްރެއިންއަށް ފައިސާ ދިނުމާ މެދު ކޮންޒަވޭޓިވްސް އިން އިތުރަށް ޝައްކު އުފައްދަމުން އަންނަ އަދި ބޯޑަރު އިސްލާހު ކުރުމަށް އެ މައްސަލައިގެ ބޭނުން ހިފުމަށް ޝައުގުވެރިވާ ރިޕަބްލިކަން ޕާޓީގެ ހައުސް އަށް މިއީ ގޮންޖެހުމަކަށް ވާނެއެވެ.

އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސް މައިކް ޖޯންސަން ވައިޓް ހައުސްއަށް ފޮނުއްވި ސިޓީއެއްގައި ފުރަތަމަ ފަހަރަށް ވަނީ ކޮންގްރެސް އިން "އަޅުގަނޑުމެންގެ ގައުމުގެ ބޯޑަރު ސެކިއުރިޓީ ގާނޫނަށް ބަދަލުތަކެއް ގެނެސްގެން ނޫނީ ޔޫކްރެއިންގެ އެހީ ފާސް ނުކުރާނެ" ކަން ކަށަވަރުކޮށްދީފަ އެވެ.

ނަމަވެސް ޑިމޮކްރެޓުން ވަނީ ރިޕަބްލިކަން ޕާޓީން އެތެރޭގެ އިސްކަންދޭން ޖެހޭ ކަންކަން ކަށަވަރު ކުރުމަށް އެ ހަމަނުޖެހުންތަކުގެ ބޭނުން ހިފުމަށް ކުރާ މަސައްކަތެއްގެ ގޮތުގައި ދެކޭތީ އެކަމާ ނުރުހުން ފާޅުކޮށްފަ އެވެ.

"އަޅުގަނޑަށް ވެސް ވަރަށް ގިނަ ޑޮމެސްޓިކް މައްސަލަތައް އެބަހުރި. ސިއްހީ ފަރުވާ ނުވަތަ ބަޑީގެ ހަމަނުޖެހުންތަކުގެ ރިޒޮލިއުޝަނަށް ޔޫކްރެއިން ބަނގުރޫޓުނުކުރަނީ،" ކަނެކްޓިކަޓްގެ ސެނެޓަރު ކްރިސް މަރްފީ ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ވިދާޅުވި އެވެ.

2022 ވަނަ އަހަރުގެ ފެބްރުއަރީ މަހު ހަނގުރާމަ ފެށި ފަހުން އެމެރިކާގެ ކޮންގްރެސްއިން ވަނީ ޔޫކްރޭނަށް އަސްކަރީ އަދި އިގްތިސާދީ އެހީގެ ގޮތުގައި 110 ބިލިއަން ޑޮލަރަށް ވުރެ ގިނަ ޑޮލަރު ދިނުމަށް ފާސްކޮށްފައިވެ އެވެ.

ޓެގްސް: އެމެރިކާ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.