ޣައްޒާގެ ބޭރުގައި އޮންނަ އަޒް-ޒަހުރާ

ދުނިޔެ

ޣައްޒާއަށް ދިން ބޮމުގެ ހަމަލާތައް ދެވަނަ ބޮޑު ހަނގުރާމައިގެ މިންވަރާ ގާތަށް

ދާނިޝް - މެދުއިރުމަތި | 7 ޑިސެންބަރު 2023 , ބުރާސްފަތި 16:11   340

ޣައްޒާގެ އުތުރުގައި ދިން ބޮމުގެ ހަމަލާތައް ދެވަނަ ބޮޑު ހަނގުރާމައިގެ މިންވަރާ ގާތްވެއްޖެ ކަމަށް ފައިނޭނެޝަލް ޓައިމްސްއިން ނެރުނު ރިޕޯޓަކުން ދައްކައިފިއެވެ.

ފައިނޭންޝަލް ޓައިމްސް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، ޣައްޒާގެ އުތުރު ފާއިތުވެދިޔަ ހަތް ހަފްތާތެރޭގައި ހާލުވި މިންވަރު ދެ ވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރު ޖަރުމަނުގެ ސިޓީތަކަށް އެތައް އަހަރެއް ވަންދެން ދިން ކާޕެޓް ބޮމުގެ ހަމަލާތަކުގައި ހަލާކުވި މިންވަރާއި މި ވަނީ ގާތްވެފައެވެ.

ޣައްޒާގެ އުތުރުގެ އިމާރާތްތަކުގެ 60 އިންސައްތައަށްވުރެ ގިނަ އިމާރާތްތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާކަމަށް ރިޕޯޓުގައި ބުނެފައިވެއެވެ.

އައްސޭރިފަށުގެ ސަރަޙައްދުގެ އެކި ހިސާބުތަކުގައި 300،000 އަށްވުރެ ގިނަ މީހުން ދިރިއުޅޭ ޔުނިޓްތަކަށް ވަނީ ގެއްލުންދީ ނުވަތަ އަދި ހަލާކުވެފައެވެ

“ޣައްޒާއަކީ ތާރީޚުގެ އެންމެ ބަރު ކޮންވެންޝަނަލް ބޮމުގެ ކެމްޕޭން ރަމްޒުކޮށްދޭ ތަނެއްގެ ނަމެއްގެ ގޮތުގައި ވެސް ދަށަށް ދާނެ،" އެމެރިކާގެ އަސްކަރީ ތާރީހު ދިރާސާ ކުރާ ރޮބަޓް ޕެޕޭއާ ހަވާލާދީ އެފްޓީ އިން ބުންޏެވެ.

އިޒްރޭލުގެ އަސްކަރިއްޔާއިން ޣައްޒާއާ ދެކޮޅަށް ބޭނުންކުރަމުން އަންނަ ތަފާތު ބާވަތްތަކުގެ ހަތިޔާރުތަކުގެ ތެރޭގައި، އަންގައިޑެޑް އެމްއައިއައި7 "ޑަމްބް ބޮމް" އާއި "ބިން ތެޅިގެންދާ" 2،000 ޕައުންޑްގެ ޖީބީޔޫ-31 ބޮން ހިމެނެ އެވެ

ޣައްޒާގެ ގާތްގަނޑަކަށް ހުރިހާ ހިސާބެއްގައި ވެސް އިސްރާއީލުން ވަރުގަދަ ބޮމުގެ ހަމަލާތައް ދެމުން އަންނައިރު، ފަލަސްތީނު ރައްޔިތުންނަށް ވަނީ ރަފާއަށް ފިލަން މަޖުބޫރުވެފައެވެ. އެއީ ހިޔާވަހިކަމެއް، ފެނެއް އަދި ކާބޯތަކެތި ވެސް ނެތުމާއި ގުޅިގެންނެވެ.

ޣައްޒާގެ ވަކި ސަރަހައްދުތަކުގައި އެއްގަމު މަގުން ހަނގުރާމަތައް ކުރިއަށްދާއިރު، ފަލަސްތީނުގެ ހަނގުރާމަވެރިން ދަނީ ޣައްޒާ ސިޓީގެ މައި އާބަން ސަރަހައްދުތަކުން އިސްރާއީލު ސިފައިން ބޭރުކުރުމުގެ މަސައްކަތް ކުރަމުންނެވެ.

މިހާރު މި ހަނގުރާމަތައް ދަނީ ވަރަށް ބޮޑަށް ވަރުގަދަ ވެފައެވެ. ފަލަސްތީނުގެ ހަނގުރާމަވެރިން ދަނީ ލުއި އަދި ބަރު ހަތިޔާރުތަކާއެކު އެންޓިޓެންކް މިސައިލްތައް ބޭނުންކޮށްގެން އާޓިލަރީ ޓެންކްތައް ހަލާކުކޮށް ހަމަލާދީ، އާންމުން އަދިވެސް އެތެރޭގައި ތިބި ސަރަހައްދުތަކުން ފަހަތަށް ޖެހެން އިސްރާއީލު ފައުޖުތަކަށް މަޖުބޫރުކުރަމުންނެވެ.

އިސްރާއީލުސިފައިންމިވަގުތުދަނީއެގައުމުގެހަމަލާތަކުގެރޭޓްތައްވަރުގަދަކުރަމުންނެވެ. އެމީހުންހަމަލާތައް އަމާޒުކުރަމުން ދަނީއާންމުން ދިރިއުޅޭއަވަށްތަކަށެވެ.މިއީޣައްޒާގެދެކުނުގައި މިހާރު ތިބި އާންމުން އެ ސަރަހައްދުން ދިއުމަށް ބިރު ދެއްކުމަށް ކަމަށް ބެލެވޭއިރު، ޣައްޒާގެ ކޮންމެ ދިމާއަކުންވެސް އޮތީ މަރުގެ ބިރެވެ

ޓެގްސް: ފަލަސްޠީން އިޒްރޭލް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.