އުރުދުޣާން އާއި ނަތަންޔާހޫ

ދުނިޔެ

އިސްރާއީލަށް އަނެއްކާވެސް އުރުދުޣާންގެ ވަރުގަދަ އިންޒާރެއް

ދާނިޝް - މެދުއިރުމަތި | 8 ޑިސެންބަރު 2023 , ހުކުރު 22:47   115

ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން އިސްރާއީލަށް އަނެއްކާވެސް ވަރުގަދަ ބަހުގެ އިންޒާރެއް ދެއްވައިފިއެވެ.

އޭނާ ވިދާޅުވީ ތުރުކީގެ ބިމުގައި ހަމާސްގެ އޮފިޝަލުންނަށް ހަމަލާދޭނެ ކަމުގެ އިންޒާރު ދީފި ނަމަ އެކަމުގެ ނުރައްކާ ބޮޑުވާނެ ކަމަށެވެ.

ހަމާސްގެ ލީޑަރުން ގެންދަވަނީ ޤަތަރު، ލުބްނާން، އީރާން، ރަޝިޔާ އަދި ތުރުކީގައި ރައްކާތެރި ހިޔާވަހިކަން ހޯއްދަވަމުންނެވެ. ޑިޕްލޮމެޓިކް ހަލަބޮލިކަމުން ސަލާމަތްވުމަށް އިސްރާއީލުން އާންމުގޮތެއްގައި އެމީހުންގެ ފަހަތުން ދިއުމުން ދުރުހެލިވެއެވެ.

ނަމަވެސް އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހު ހަމާސް އިން ދިން ހަމަލާއަށް ފަހު، އިޒްރޭލުން ވަނީ ހަމާސްގެ ލީޑަރުންނަށް އެއްވެސް ތަނެއް ރައްކާތެރި ނުވާނެ ކަމުގެ އިންޒާރު ދީފައެވެ. އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ދާދި ފަހުން ވިދާޅުވެފައިވަނީ އިސްރާއީލުގެ ޖާސޫސީ އިދާރާ މޮސާޑަށް "ހަމާސް ޖަމާއަތުގެ ވެރިން ކޮންމެ ތަނެއްގައި ހުރި ނަމަވެސް އެމީހުންނާ ދެކޮޅަށް ފިޔަވަޅު އެޅުމަށް" އަންގަވާފައިވާ ކަމަށެވެ

އުރުދުޣާން ވަނީ ތުރުކީގެ އިންޓެލިޖެންސާއި ސަލާމަތީ އިދާރާތަކުގެ ބާރުގަދަކަން އިސްރާއީލަށް ދައްކާނެ ކަމުގެ އިންޒާރު ދެއްވާފައެވެ

ތުރުކީގެ އަނަޑޯލޫ ނިއުސް އެޖެންސީއަށް އަންގާރަ ދުވަހު ދެއްވި އިންޓަވިއުއެއްގައި އުރުދުޣާން ވިދާޅުވީ ތުރުކީ އާއި ތުރުކީގެ ރައްޔިތުންނާ ދެކޮޅަށް ފިޔަވަޅެއް އެޅުމަށް ހިތްވަރުކޮށްފިނަމަ، އެމީހުންނަށް އަނބުރާ ނުހޯދޭނެ އަގެއް ދައްކަން ޖެހިދާނެ ކަމަށެވެ. އެފަދަ ކަމަކަށް މަސައްކަތް ކުރާ މީހުން ހަނދާން މިކަން ހަނދާން ނައްތާލައިފިނަމަ އެކަމުގެ ނަތީޖާ ވަރަށް ސީރިއަސް ވެދާނެ ކަމަށްވެސް އޭނާ ބުންޏެވެ.

ތުރުކީގެ ލީޑަރު ވިދާޅުވި ގޮތުގައި ޣައްޒާގައި ހިންގި ހަނގުރާމައިގެ ޖަރީމާތަކުގެ ތުހުމަތުގައި އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އާއި އެހެނިހެން އޮފިޝަލުންގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ބައިނަލްއަގުވާމީ ޖިނާއީ ކޯޓަށް އެ ގައުމުން ވަނީ ހުށަހަޅާފައެވެ. އުރުދުޣާން އިތުރަށް ވިދާޅުވީ އައިސީސީއަށް ޕެޓިޝަން ހުށަހަޅަން އެކި ގައުމުތަކުގެ އެތައް ހާސް ގާނޫނީ ވަކީލުން ހަރަކާތްތެރިވަމުންދާ ކަމަށެވެ.

ޓެގްސް: އިޒްރޭލް ފަލަސްޠީން
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.