ފްރާންސްގެ ރައީސް އިމަނުއެލް މެކްރޮން ބްރަސަލްސްގެ ޔޫރަޕިއަން ކައުންސިލް ބިލްޑިންގައި ހަންގޭރީގެ ބޮޑުވަޒީރު ވިކްޓާ އޯރްބާންއާ ވާހަކަ ދައްކަވަނީ

ދުނިޔެ

ފަރަންސޭސި ވިލާތުގެ ރައީސް އިމަނުއެލް މެކްރޮން ހަންގޭރީގެ ބޮޑުވަޒީރު ވިކްޓަރ އޯރބާންއާ ބައްދަލުކުރައްވާފި

ދާނިޝް - ޔޫރަޕް | 7 ޑިސެންބަރު 2023 , ބުރާސްފަތި 21:48   450

ޔޫރަޕިއަން ޔޫނިއަން (އީޔޫ)ގެ ސަމިޓުގެ ކުރިން އުފެދިފައިވާ ނުތަނަވަސްކަން ނައްތާލުމުގެ ގޮތުން ފްރާންސްގެ ރައީސް އެމަނުއެލް މެކްރޯން ހަންގޭރީގެ ބޮޑުވަޒީރު ވިކްޓާ އޯރްބާންއާ ބައްދަލުކުރައްވައިފި އެވެ.

މެކްރޮން އަންނަ ހަފުތާގައި ބާއްވާ އީޔޫ ސަމިޓުގެ އެޖެންޑާގައި ހިމެނޭ "ގިނަ މާއްދާތަކެއް" ގެ މައްޗަށް މަޝްވަރާ ކުރެއްވުމަށް ޖީއެމްޓީ ގަޑިން 1930 އިން ފެށިގެން ވޯކިން ޑިނާއަކަށް އެލިސީ ޕެލަސްގައި އޮރްބާން ހޯސްޓް ކުރައްވާނެ އެވެ.

އޭގެ ތެރޭގައި އައު މާލީ އެހީއާއި ކީވްއާއެކު އީޔޫގެ މެމްބަރުކަމުގެ މަޝްވަރާތައް ފެށުން ހިމެނެ އެވެ.

މި ފަރިއްކޮޅަކީ 2022 ވަނަ އަހަރުގެ ފެބްރުއަރީ މަހު މޮސްކޯއިން ޔޫކްރެއިންއަށް އަރައިގަތުމަށްފަހުވެސް އީޔޫގެ އެހެން އެއްވެސް ލީޑަރަކަށްވުރެ ރަޝިޔާގެ ރައީސް ވްލަޑިމިއާ ޕޫޓިންއާ ގާތް ގުޅުމެއް ބާއްވަމުން ގެންދަވާ ހަންގޭރީގެ ލީޑަރަކަށް ހުޅަނގު ޔޫރަޕްގެ އެހެން ބޮޑު ލީޑަރަކު މަރުހަބާ ދަންނަވާ ވަރަށް ޙާއްސަ ބައްދަލުވުމަކަށް ވެގެންދާނެއެވެ.

މި ޑިސެމްބަރު މަހުގެ 14-15 އަށް ބާއްވާ އީޔޫ ސަމިޓުގައި ޔޫކްރެއިންއާ ގުޅޭ މުހިންމު ނިންމުންތައް ނިންމުމުގެ ފުރުސަތު އޮރްބާން އަށް ލިބިދާނެ ކަމުގެ ކަންބޮޑުވުން ބޮޑުވެފައިވާ މި ދަނޑިވަޅުގައި ޔޫރަޕިއަން ޔޫނިއަން (އީޔޫ)ގެ ވެރިޔާ ޗާލްސް މިޝޭލްއަށް ހޯމަ ދުވަހު ފޮނުއްވި ސިޓީއެއްގައި އޯރްބާން ވަނީ ޔޫކްރެއިންއާ ގުޅޭ މުހިންމު ނިންމުންތައް ފަސްކުރުމަށާއި އިތުރު މާލީ އެހީއާއި އީޔޫގެ މެމްބަރުކަމުގެ މަޝްވަރާތައް ފެށުމުގެ ފުރުސަތު އޮތުމަށް ގޮވާލާފައެވެ.

ޔޫރަޕިއަން ކޮމިޝަނުން މިދިޔަ މަހު ލަފާ ދީފައި ވަނީ ޔޫކްރެއިން އާއި މޯލްޑޯވާއާ އެކު މެމްބަރޝިޕް މަޝްވަރާތައް ފެށުމަށެވެ.

މީގެ އިތުރުން އެ ބްލޮކްގެ ދިގު މުއްދަތުގެ ބަޖެޓް މުރާޖައާ ކުރުމުގެ ގޮތުން ކީވްއަށް 50 ބިލިއަން ޔޫރޯ (54 ބިލިއަން ޑޮލަރު) ގެ މާލީ ލައިފްލައިނެއް ދިނުމަށް ވެސް ވަނީ ހުށަހަޅައިފަ އެވެ.

ނަމަވެސް ބްރަސެލްސް ސަމިޓްގެ އެޖެންޑާއިން މިކަންކަން އުނިކުރުމަށް އޯރްބާން ލަފާދެއްވީ "އިއްތިފާގުނުވުމުގެ ސަބަބުން ނާކާމިޔާބީއަށް މަގުފަހިވާނެތީ" ކަމަށް ބުނެއެވެ.

ޔޫކްރޭނާ މެދު އީޔޫއިން ގެންގުޅޭ ވިސްނުމާ ބެހޭ ގޮތުން "ސްޓްރެޓެޖިކް ޑިސްކަޝަން" އެއް ބޭއްވުމަށް ގޮވާލައި އޭނާ މީގެ ކުރިން ފޮނުއްވި ސިޓީއަށް އިޝާރާތް ކުރައްވައި އޮރްބާން ވަނީ ޔޫކްރޭނާ މެދު މުސްތަގުބަލުގައި ގެންގުޅޭ ސްޓްރެޓެޖީއާ މެދު އިއްތިފާގެއް ނުފެނިއްޖެ ނަމަ އީޔޫގެ ލީޑަރުން މުހިންމު ނިންމުންތަކެއް ނިންމުމުގެ ހާލަތެއްގައި ނުހުންނާނެ ކަމުގެ އިންޒާރުވެސް ދެއްވާފަ އެވެ. އަދި އެއްބައިވަންތަކަމަށްޓަކައި އީޔޫއިން ސަމިޓް އެޖެންޑާއިން ޔޫކްރެއިން އުނިކުރަން ޖެހޭ ކަމަށް އޭނާ ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.

އީޔޫގެ ގިނަ ނިންމުންތަކަށް އިއްތިފާގުވާން ޖެހޭތީ ހަންގޭރީއަށް މި ދެ ހުށަހެޅުން ވެސް ވީޓޯ ކުރެވޭނެ އެވެ.

އޮރްބާން ވަނީ މިދިޔަ އޮކްޓޯބަރު މަހު ޗައިނާގައި ޕޫޓިންއާ ބައްދަލުކުރައްވައި މަޝްވަރާ ކުރައްވާފައި ވާއިރު މިކަމާއި މެދު އީޔޫގެ ލީޑަރުން ވަނީ ނުރުހުން ފައުޅުކޮށްފައެވެ.

ފާޑުކިޔާ ފަރާތްތަކުން ތުހުމަތު ކުރާ ގޮތުގައި އީޔޫގެ ފަންޑިންގެ ގޮތުގައި ބިލިއަން ޔޫރޯ ހޯދުމަށް ބްރަސަލްސް ބްލެކްމެއިލް ކުރަން އޮރްބާން މަސައްކަތް ކުރެ އެވެ.

ޔޫރަޕިއަން ކޮމިޝަނުން ހަންގޭރީއިން ގާތްގަނޑަކަށް 22 ބިލިއަން ޔޫރޯ ހިފަހައްޓައިފާ ވާއިރު މިއީ ކޮރަޕްޝަނާއި ޑިމޮކްރެޓިކް ހަމަތަކުގެ ފަހަތަށް ޖެހިފައިވާ ކަމަށް ތުހުމަތުކޮށް އެޅި ފިޔަވަޅެކެވެ.

މިދިޔަ ނޮވެމްބަރު މަހު ބްރަސެލްސް އިން ވަނީ ހަންގޭރީއިން ޝަރުއީ މިނިވަންކަން ރަނގަޅުކޮށްފައިވާ ކަމަށް ބުނެ އެ ފައިސާގެ ތެރެއިން 10 ބިލިއަން ޔޫރޯ ދޫކޮށްފާނެ ކަމަށް ބުނެފަ އެވެ.

ރަޝިއާއިން ޔޫކްރެއިންއަށް ދިން ފުރިހަމަ ހަމަލާތަކުން ދިފާއުވެ، މޮސްކޯއާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކަށް ފެންދޭން މަސައްކަތް ކުރަމުންދާތީ، އޮރްބާން ވަނީ އީޔޫގެ ކުރީގެ ނިންމުންތަކާ އެއްގޮތަށް، ޔޫކްރެއިންއަށް ތާއީދުކުރުމަށް ނުރުހުން ފާޅުކޮށްފައެވެ.

ޓެގްސް: ފްރާންސް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.