ޣައްޒާގެ ބޯޑަރު

ދުނިޔެ

އދ.ގެ ވީޓޯ އާއި ޓޭންކް އެމޯއަށް ނަތަންޔާހޫ ބައިޑަންއަށް ޝުކުރު އަދާކޮށްފި

ދާނިޝް - މެދުއިރުމަތި | 11 ޑިސެންބަރު 2023 , ހޯމަ 16:43   409

އިސްރާއީލުގެ ބޮޑުވަޒީރު ނަތަންޔާހޫ ޣައްޒާގައި ހިނގަމުންދާ ލާއިންސާނީ ހަނގުރާމަ ކުރިއަށް ގެންދިއުމަށް އިސްރާއީލަށް "މުހިންމު ހަތިޔާރު" ފޯރުކޮށްދިން ކަމަށްޓަކައި އެމެރިކާގެ ރައީސަށް ޝުކުރު އަދާކޮށްފިއެވެ.

ގުދުސްގައި ބޭއްވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުން ފައްޓަވަމުން ނަތަންޔާހޫ ވަނީ އަސްކަރީ އެހީއަށް ބައިޑަން އަށް ޝުކުރު އަދާކުރައްވައި، އދ.ގެ ސަލާމަތީ މަޖިލީހުން ހަނގުރާމަ ހުއްޓާލުމަށް ގޮވާލައި ނެރުނު ގަރާރަށް އެމެރިކާއިން ވީޓޯ ކުރި ކަމަށްޓަކައި ޝުކުރު އަދާކޮށްފައެވެ.

ނަތަންޔާހޫ ބުނި ގޮތުގައި އެއްކޮޅުން ހަމާސް ނައްތާލުމަށް ތާއީދު ކުރުމަކީ ނާދިރު ކަމެއް ކަމަށާއި އަނެއްކޮޅުން ހަމާސް ނައްތާލުމަށް ހުރަސް އެޅޭނެ ހަނގުރާމަ ނިމުމަކަށް ގެނައުމަށް ގޮވާލުމަކީ ނާދިރު ކަމެއްކަން އެހެން ގައުމުތަކުން ވެސް ވިސްނަން ޖެހޭ ކަމަށެވެ. އެހެންވީމާ، ހަމާސް ނައްތާލައި، ހަނގުރާމައިގެ އެހެނިހެން މަޤްޞަދުތައް ޙާޞިލުކުރުމަށްޓަކައި އިޒްރޭލުން ޢަދުލުވެރި ހަނގުރާމަ ކުރިއަށް ގެންދާނެކަމަށް އޭނާ ބުންޏެވެ.

އިޒްރޭލުގެ އަސްކަރިއްޔާ އަށް އެމެރިކާއިން އަހަރަކު ފޯރުކޮށްދޭ 3.8 ބިލިއަން ޑޮލަރަށް ވުރެ ގިނަ އަސްކަރީ އެހީއަކީ އެ މީހުންނަށް ފަލަސްތީނުގައި ހިންގަމުންދާ ޖަރީމާ ހިންގުމަށް ލިބޭ އިތުރު ބާރެކެވެ. އެއީ އެމެރިކާގެ ކުރީގެ ރައީސް ބަރަކް އޮބާމާގެ ވެރިކަމުގައި 2016 ވަނަ އަހަރު ސޮއިކުރި 10 އަހަރު ދުވަހުގެ ތެރޭގައި 38 ބިލިއަން ޑޮލަރުގެ އެހީ އިސްރާއީލަށް ފޯރުކޮށް ދޭން ވި އެއްބަސްވުމުގެ ސަބަބުންނެވެ.

މިއަހަރު ދިން 3.8 ބިލިއަން ޑޮލަރުގެ ތެރެއިން ބައި ބިލިއަން ޑޮލަރަކީ އިސްރާއީލުގެ މިސައިލް ޑިފެންސްއަށް ދީފައިވާ ފައިސާއެވެ.

އިޒްރޭލުން ޣައްޒާގައި ހިންގަމުންދާ އުދުވާނުގައި މިއަދު އެކަނި ޚާން ޔުނިސްގައި 10 މީހުން މަރުވެފައިވާއިރު، ފަލަސްތީނުގެ ސިއްހަތާ ބެހޭ ވުޒާރާއިން ޣައްޒާގައި ދާނެ ރައްކާތެރި ތަނެއް ނެތް ކަމަށް ދަނީ ބުނަމުންނެވެ.

އަދި އިސްރާއީލުން ހިފާފައިވާ ހުޅަނގު އައްސޭރީގެ އެކި ސަރަހައްދުތަކުގައި އިސްރާއީލުން ދެމުންދާ ޙަމަލާތަކާއެކު، ހިފާފައިވާ ހުޅަނގު އައްސޭރީގެ އެކި ސަރަހައްދުތަކަށް ވަނީ މުޅިން ސުންނާފަތި ކޮށްފައެވެ. ހަމަ އެހެންމެ ޣައްޒާގެ 36 އިންސައްތަ ގޭބިސީތަކަށް މިހާރު ވަނީ ބަނޑުހައިހޫނުކަމާއި ކުރިމަތިވލާން ޖެހިފައެވެ.

މި ހަނގުރާމައިގައި މިހާތަނަށް އޮކްޓޯބަރު މަހުގެ ހަތްވަނަ ދުވަހުން ފެށިގެން ޣައްޒާގައި ފަލަސްތީނުގެ 17،700 މީހުން މި ވަނީ ޝަހީދުވެފައެވެ.

ޓެގްސް: އިޒްރޭލް އެމެރިކާ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.