ފަޅޮލުގައި ސިއްހީ އެތައް ފައިދާ އެއް އެކުލެވޭ، މޫނުގައި ބިހިނެގުމުން ސަލާމަތްކޮށްދީ ހަންގަނޑުވެސް ރަނގަޅުކޮށްދޭ

ދުނިޔެ

ހުސްބަނޑާއިހުރެ ފަޅޯ ކެއުމުން އެތައް ފައިދާއެއް، އެކަމަކު ފަޅޯކާން ނުޖެހޭ ޙާލަތްތައް އެނގޭބާ؟

ހުސެން ހަމްދާން - އެހެނިހެން | 11 ޑިސެންބަރު 2023 , ހޯމަ 22:33   856

އަހަރެމެންގެ ހަށިގަނޑު ބަލިތަކުން ރައްކާތެރިކޮށްދިނުމަށް އެހީވެދޭ އެންޓިއޮކްސިޑެންޓް އެމޭވާއެއްގައި އެތައްގުނައަކަށް އެކުލެވޭ ފަޅޯ އަކީ ކާތަކެތި ހަޖަމުކުރުމުގެ މައްސަލަތަކާއި، ބަނޑު ހަރުވުމާއި، ގޭހުގެ ސަބަބުން ދިމާވާ އުނދަގޭތަކަށްވާ ގުދުރަތީ ފަރުވާއެކެވެ.

ފަޅޮލުގައި ކެލޮރީގެ މާއްދާ އެކުލެވިފައިވާލެއް މަދު ކަމުން މިމޭވާއަކީ ބަރުދަން ލުއިކުރުމަށް ވެސް އެހީތެރިވެދޭ މޭވާއެކެވެ.

ކަމާބެހޭ މާހިރުންގެ ބުނާގޮތުން ހެނދުނުގެ ކެއުމުގައި ފަޅޯ ހިމެނުން ރަނގަޅެވެ. ވަކިން ހާއްސަ ގޮތެއްގައި ހުސްބަނޑާހުރެ ފަޅޯ ކެއުމުން ލިބޭ ފައިދާ އިތުރުވާކަމަށްވެސް ވެއެވެ. ސަބަބަކީ ހަށިގަނޑު "ޑިޓޮކްސިފައިކޮށް" ނުވަތަ ހަށިގަނޑުގައި އެކުލެވޭ ވިހަ މާއްދާތަކުން ހަށިގަނޑު ސަލާމަތްކޮށް ބޮޑުކަމުދާ ނިޒާމުގެ މަސައްކަތް ހިނގުމަށް ފަސޭހަކޮށް ދޭތީއެވެ. ހުސްބަނޑާހުރެ ފަޅޯކެއުމުން މުޅިދުވަހު ހަށިގަނޑުގައި ހަކުރު އެއްމިނެއްގައި ހިފެހެއްޓުމަށް އެހީތެރިވެއެވެ. އަދި ހަށިގަނޑުގައި ކޮލެސްޓެރޯލް ދަށްކޮށް ހިތުގެ ބަލިތަކުން ސަލާމަތް ވުމަށްވެސް މަގުފަހިކޮށްދެއެވެ.

މީގެ އިތުރުން ފަޅޮލަކީ މޫނުގައި ބިހިނެގުމުން ސަލާމަތްކޮށް ހަންގަނޑު އޮމާން ކޮށް ބެހެއްޓުމަށާއި ޒުވާންކަން މަތީ ދެމެހެއްޓުމަށްވެސް ބޭނުންތެރި މޭވާއެކެވެ.

މިފައިދާތަކާއެކުވެސް ބައެއް ޙާލަތްތަކުގައި ފަޅޯ ބޭނުންކުރުމަކީ އެންމެ ރަނގަޅުގޮތް ނޫންކަމަށް ކަމާބެހޭ މާހިރުން ދެކެއެވެ. މާބަނޑު ދުވަސްވަރު ފަޅޯ ކެއުމުން އޭގައި ހިމެނޭ ލެޓެކްސް މާއްދާގެ ސަބަބުން ދުވަސް ނުފުރާ ވިހެއުން ފަދަ ކަންކަން ދިމާވެދާނެކަމުގައި ބުނެވެއެވެ. އަދި ފަޅޮލުގައި ހިމެނޭ ސަޔަނޯޖެނިކް ގްލޫކޮސައިޑްގެ ސަބަބުން ހިތުގެ ބަލި ހުންނަމީހުން ކެއުމަށް އެދެވިގެންވާ މޭވާއެއް ނޫންކަމުގައި ބުނެވެއެވެ. ލެޓެކްސް އެލަރޖީ ހުންނަމީހުންވެސް މިމޭވާ ބޭނުންކުރުމުގައި ޑޮކްޓަރެއްގެ ލަފާހޯދުން ބޭނުންތެރިއެވެ. ވީމާ، މިމޭވާ އަކީ ހަކުރު ދަށްކޮށްދޭ މޭވާއަކަށްވާތީ، ލޭގައި ހަކުރު ދަށްކޮށް ހުންނަމީހުންވެސް މިމޭވާ ބޭނުންކުރުމުގައި ޑައިޓީޝަނެއްގެ ލަފާ ހޯދުންމުހިއްމެވެ.

ސިއްހީ ގޮތުން ބަލާއިރު ތަފާތު ވިޓަމިން އާއި މިނެރަލް ތަކުން މުއްސަނދިވެފައިވާ މިމޭވާއަކީ ވަރަށް ގިނަގޮތްގޮތަށް ކެއުމަށް ބޭނުންކުރެވޭ މޭވާއެކެވެ. ސެލެޑް، ޕުޑިން އަދި ސްމޫތީ ހެދުމަށްވެސް ފަޅޯ ބޭނުންކުރެވެއެވެ. އެހެންކަމުން މިމޭވާ ކޮންމެ ދުވަހެއްގެ ސުފުރާގައި ހިމެނުން އެދެވިގެންވެއެވެ. އަދި ސިއްހީ ހާއްސަ ހާލަތްތައް ހުންނަ މީހުން މިމޭވާ ބޭނުންކުރުމުގައި ސިއްހީ އެހީތެރިއެއްގެ ލަފާހޯދަންވާނެއެވެ.

ޓެގްސް: ސިއްޙަތު ސިއްޙަތު ކާނާ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.