ކަޝްމީރު- އިންޑިއާ

ދުނިޔެ

ކަޝްމީރުގެ މިނިވަންކަން އުވާލަން މޯދީގެ ސަރުކާރުން ނިންމި ނިންމުމަށް އިންޑިއާގެ އެންމެ މަތީ ކޯޓުން ތާއީދުކޮށްފި

ދާނިޝް - އިންޑިއާ | 12 ޑިސެންބަރު 2023 , އަންގާރަ 20:42   74

މުސްލިމުންގެ އަޣުލަބިއްޔަތު އޮންނަ ކަޝްމީރުގެ މިނިވަންކަން އުވާލަން އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ސަރުކާރުން ނިންމި ނިންމުމަށް އެންޑީއައިއޭގެ އެންމެ މަތީ ކޯޓުން ތާއީދުކޮށް، އެއް އަހަރު ދުވަހުގެ ތެރޭގައި އިންތިހާބެއް ބާއްވަން އަމުރުކޮށްފި އެވެ.

އިންޑިއާގެ ސުޕްރީމް ކޯޓުގެ ހުކުމުގައި ބުނެފައި ވަނީ 2019 ވަނަ އަހަރުގެ އިއުލާނަކީ އެއްބައިވަންތަކަމުގެ މަރުހަލާގެ ނިމުން ކަމަށާއި އެހެންކަމުން އެއީ ސައްހަ ބާރުގެ ބޭނުން ކުރުން ކަމަށެވެ.

ކަޝްމީރުގައި މޯދީގެ މަސްކިއުލަރ ސިޔާސަތަކީ ވަރަށް ބޮޑަށް ޚިޔާލު ތަފާތުވެފައިވާ ސިޔާސަތެއް ނަމަވެސް، އެތައް ހާސް ބައެއްގެ ފުރާނަ ގެއްލިފައިވާ ބަޣާވާތް ވަރަށް ބޮޑަށް ހިމޭންވެފައިވާ ކަމަށް ބުނެ އިންޑިއާގެ އެހެނިހެން ކަންކޮޅުތަކުގައި އެސިޔާސަތު ވަނީ ވަރަށް ބޮޑަށް ބަލައިގެންފައެވެ.

އިންޑިއާގެ ގާނޫނު އަސާސީގެ 370 ވަނަ މާއްދާ މި އުވާލުމާ ގުޅިގެން ކަޝްމީރުގެ އިންޑިއާއަށް ތާއީދުކުރާ ސިޔާސީ ޕާޓީތަކާއި ލޯކަލް ބާ އެސޯސިއޭޝަނާއި ވަކިވަކި ދައުވާ ކުރާ ފަރާތްތަކުން ވަނީ މި ކަމަށް ގޮންޖަހާފަ އެވެ.

އެ ސަރަހައްދުގެ މިނިވަންކަން އުވާލުމަށް ކޯޓުން ތާއީދުކުރީ އިންޑިއާގެ އެހެން އެއްވެސް ސްޓޭޓަކާ އެއް ދަރަޖައެއް އޮންނަ ކަޝްމީރު "ވީއެންމެ އަވަހަކަށް އަދި ވީހާވެސް އަވަހަކަށް" ސްޓޭޓެއްގެ ދަރަޖައަށް ގެނައުމަށް ގޮވާލަމުންނެވެ. އަދި 30 ސެޕްޓެމްބަރު 2024 ގެ ކުރިން ސްޓޭޓްތަކުގެ އިންތިހާބު ބޭއްވުމަށް ވެސް ކޯޓުން ވަނީ އަމުރުކޮށްފަ އެވެ.

މި ހުކުމް އިއްވުމުގެ ކުރިން ކަޝްމީރުގެ އެކި ސަރަހައްދުތަކުގެ ސަލާމަތީ ކަންކަން ވަރުގަދަކޮށްފައިވާއިރު، މުޒާހަރާތައް ހުއްޓުވުމަށް ކަމާބެހޭ ފަރާތްތަކުން ވަނީ ސްރީނަގަރުގެ މައި ސިޓީގައި އެތައް ސަތޭކަ ސިފައިންނާއި ޕެރަމިލިޓަރީ ސިފައިންނާއި ފުލުހުން ހަރަކާތްތެރިވެފައެވެ.

މޯދީ ވަނީ މި ހުކުމަކީ ތާރީހީ ހުކުމެއް ކަމަށް ވިދާޅުވެ މަރުހަބާ ކިޔައިފައެވެ. ހިންދޫ ނޭޝަނަލިސްޓް ލީޑަރު އެކްސްގައި(ކުރީގެ ޓްވިޓާރ) ކުރި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ މި ހުކުމަކީ "އުއްމީދުގެ އަލިކަމެއް، އުޖާލާ މުސްތަގުބަލެއްގެ ވައުދެއް ކަމަށާއި، ހަރުދަނާ، އެއްބައިވަންތަ އިންޑިއާއެއް ބިނާކުރުމަށް އެންމެން އެކުގައި އަޒުމް ކަނޑައެޅުމުގެ ހެއްކެއް" ކަމަށެވެ.

ގާނޫނު އަސާސީގެ 370 ވަނަ މާއްދާ އުވާލުމަކީ މޯދީގެ ބާރަތިޔާ ޖަނަތާ ޕާޓީ އުފެދުނީއްސުރެ އެ ޕާޓީގެ ޕްލެޓްފޯމްގެ މައިގަނޑު އެއް އަމާޒެވެ. އަދި މީޑިއާ ރިޕޯޓުތައް ބުނާ ގޮތުން ސުޕްރީމް ކޯޓުން މި ގޮތަށް ނިންމީ އަންނަ އަހަރު ބާއްވާ އިންތިހާބާ ދިމާކޮށް ކަމަށް ބެލެވެއެވެ.

370 ވަނަ މާއްދާ ސަސްޕެންޑް ކުރުމާ އެކު އިންޑިއާގެ ކަމާބެހޭ ފަރާތްތަކުން ވަނީ މަދަނީ މިނިވަންކަން ވަރަށް ބޮޑަށް ހަނިކޮށް މީޑިއާގެ މިނިވަންކަމާއި އާންމުންގެ މުޒާހަރާތަކަށްވެސް ހުރަސް އަޅާފަ އެވެ.

ކަޝްމީރަކީ 1947 ވަނަ އަހަރު އިންޑިއާގެ އާ ޔޫނިއަންގައި ބައިވެރިވުމަށް އެގައުމުގެ ހިންދޫ މަހާރާޖާ އިޚްތިޔާރު ކުރި ހިސާބުން ފެށިގެން ދެ ގައުމަށް ވެސް އިނގިރޭސިންގެ އަތްދަށުން މިނިވަންކަން ލިބުމާ އެކު އިންޑިއާ އާއި ޕާކިސްތާނުގެ މެދުގައި ބައިބައިވެފައިވާ ސަރަހައްދެކެވެ.

ކަޝްމީރުގައި އެންމެ ފުރަތަމަ ނިއު ދިއްލީއިން ކޮންޓްރޯލް ކުރީ ހަމައެކަނި ޚާރިޖީ ކަންކަމާއި ފައިސާ އާއި މުވާސަލާތީ މުއާމަލާތްތަކެވެ. ޒަމާނުއްސުރެ އެ ސަރަހައްދުގެ އިންޑިއާއަށް ތާއީދުކުރާ ލީޑަރުން ވަނީ ގައުމީ އިދާރާތަކާ ގުޅިގެން އެ މާއްދާ ހަނިކޮށްފަ އެވެ.

ޓެގްސް: އިންޑިއާ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.