ރައީސް ވޮލޮޑިމިރް ޒެލެންސްކީ އާއި ރައީސް ޖޯ ބައިޑަން

ދުނިޔެ

ޒެލެންސްކީ އެހީ ހޯދުމަށް ތިންވަނަ ފަހަރަށް އެމެރިކާއަށް

ދާނިޝް - ޔޫރަޕް | 13 ޑިސެންބަރު 2023 , ބުދަ 08:51   414

ޔޫކްރެއިންގެ ރައީސް ވޮލޮޑިމީރު ޒެލެންސްކީ ވޮޝިންޓަން ޑީސީއަށް ވަޑައިގަންނަވަނީ އެމެރިކާގެ ދިފާއީ ޕެކޭޖެއް އެތައް ބިލިއަން ޑޮލަރެއްގެ ކިއެވްއަށް ސަލާމަތްކުރުމަށް މަސައްކަތް ކުރުމަށް ކަމަށް މީޑިއާ ތަކުން ރިޕޯޓުކޮށްފިއެވެ.

މި އެހީ ވަނީ އެމެރިކާގެ ދާޚިލީ، ޕާޓިޝަނަލް ޕޮލިޓިކްސްގެ ތެރެއަށް ވެއްޓިފަ އެވެ. މިއީ 2022 ވަނަ އަހަރުގެ ފެބްރުއަރީ މަހު ރަޝިޔާއިން ޔޫކްރެއިންއަށް އަރައިގަތް ފަހުން ޒެލެންސްކީ އެމެރިކާއަށް ކުރައްވާ ތިންވަނަ ދަތުރުފުޅެވެ.

މި ހަފުތާއަކީ ޔޫކްރޭނަށް ވަރަށް މުހިންމު ހަފުތާއެއް ކަމަށާއި ޔޫރަޕިއަން ޔޫނިއަން އިން ވެސް ވަނީ އެ ޖަމާއަތުގައި ހިމެނުމާ ގުޅޭ ގޮތުން ރަސްމީ މަޝްވަރާތައް ހުޅުވާލުމާ މެދު ގޮތެއް ނިންމައިފަ ކަމަށް މައުލޫމާތު ލިބެއެވެ. އަދި ހަންގޭރީގެ ބޮޑުވަޒީރު ވިކްޓާ އޮރްބާން ވަނީ މިކަމާ ދެކޮޅު ހައްދަވާ އެފަދަ ނިންމުމަކަށް ހުރަސް އެޅުމުގެ ބާރު ލިބިގެންވާ ކަމުގެ އިޝާރާތެއް ވެސް ދެއްވާފައެވެ.

އާޖެންޓީނާގެ އާ ރައީސް ކަމުގެ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތުގައި މިދިޔަ އާދީއްތަ ދުވަހު ދެ ގައުމުގެ ލީޑަރުން، އޮރްބާން އާއި ޒެލެންސްކީ އާ ދެމެދު ވަރަށް ވަރުގަދަ ވާހަކަތަކެއް ދެކެވުނެވެ. ނަމަވެސް އެ މީހުންގެ މަޝްވަރާގެ ތަފްސީލެއް ހާމައެއް ކޮށްފައެއް ނުވެއެވެ.

ޔޫކްރެއިންގެ ރައީސް ވޮޝިންޓަނަށް ވަޑައިގަނެ އެމެރިކާގެ ރައީސް ޖޯ ބައިޑަން އާއި ރިޕަބްލިކަން ހައުސްގެ ރައީސް މައިކް ޖޯންސަންއާ ބައްދަލުކުރެއްވުމުގެ އިތުރުން ސެނެޓުގައި ތަގުރީރު ކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ.

ވައިޓް ހައުސްއިން މިދިޔަ އާދީއްތަ ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޒެލެންސްކީގެ މި ދަތުރުފުޅަކީ ރަޝިޔާއިން ދެމުން އަނިޔާވެރި ޙަމަލާތަކުން ދިފާޢުވުމަށް ޔޫކްރެއިންގެ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އެމެރިކާއިން ކުރަމުން ގެންދާ މަސައްކަތުގެ ސާބިތުކަން ހާމަކޮށްދެއްވުމަށް ކުރައްވާ ދަތުރުފުޅެއް ކަމަށެވެ.

އެމެރިކާގެ އަސްކަރީ އެހީގެ ޕެކޭޖުގެ އަގު 60 ބިލިއަން ޑޮލަރަށް (47.9 ބިލިއަން ޕައުންޑް؛ 55 ބިލިއަން ޔޫރޯ) މިހާރު ކޮންގްރެސްގައި ހުއްޓިފައި އޮތުމުން، އެމެރިކާ އާއި މެކްސިކޯ ބޯޑަރުގެ ޑޮމެސްޓިކް ސެކިއުރިޓީއަށް އިތުރު ފައިސާ ދާން ޖެހޭ ކަމަށް ރިޕަބްލިކަން ޕާޓީގެ މެމްބަރުން ދަނީ ބުނަމުންނެވެ.

މިދިޔަ ހަފުތާގައި ސެނެޓުގައި ނެގި ވޯޓަކުން ވަނީ ފަންޑިން ހިމެނޭ ޕެކޭޖެއް ބްލޮކްކޮށްފަ އެވެ. ބައިޑަން ގެންދަވަނީ އެ ފައިސާ އަށް ރުހުން ދިނުމަށް ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުންގެ ކިބައިން އެދެމުންނެވެ. މިދިޔަ ބުދަ ދުވަހު ޓީވީ މެދުވެރިކޮށް ދެއްވި ތަގުރީރެއްގައި އޭނާ ބުނީ ޕެކޭޖަށް އިންތިޒާރު ނުކުރެވޭނެ ކަމަށާއި ޔޫކްރެއިން އަތުން މޮޅުވުމުން ރަޝިއާ ހުއްޓާނުލާނެ ކަމުގެ އިންޒާރު ވެސް އޮތީ ދީފައި ކަމަށެވެ.

ޔޫކްރެއިން އަދި ރަޝިއާ ހަނގުރާމައިގައި ޔޫކްރެއިން އިން ކައުންޓާ އެޓޭކް ތައް ހުއްޓުމަކަށް އައިސްފައިވާއިރު، އަސްކަރީ ގޮތުން އެގައުމަށް ތާއީދުކުރުމަށް ނުކުތް ހުޅަނގުގެ ބައެއް ގައުމުތަކުން ވަރުބަލިކަމުގެ ނިޝާންތައް މިހާރު މިއޮތީ ފެންނަން ފަށައިފައެވެ.

ޓެގްސް: ޔޫކްރެއިން
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.