"ސައިލެންޓް" ހާޓް އެޓޭކް

ދުނިޔެ

"ސައިލެންޓް" ހާޓް އެޓޭކާ ބެހޭ ގޮތުން އެނގެނީ ކިހާމިންވަރަކަށް؟

ހުސެން ހަމްދާން - ދުނިޔެ | 17 ޑިސެންބަރު 2023 , އާދީއްތަ 10:50   544

ހާޓް އެޓޭކް ޖެހިފައިވާ މީހުންގެ ދެބައިކުޅަ އެއްބަޔަކީ "ސައިލެންޓް" ހާޓް އެޓޭކް ޖެހޭ މީހުންކަމަށް ބައެއް ދިރާސާތަކުން ދައްކައެވެ. އެފަދަ ރިޕޯޓްތަކުން އެނގޭގޮތުގައި، ގިނަ ފަހަރަށް މިފަދަ ހާޓް އެޓޭކަކީ ކޮންމެވެސް ސިއްހީ އެހެން މައްސަލައެއްގެ ސަބަބުން ދިމާވާކަމެކެވެ.

މި ދިރާސާތަކަށް ބަލާއިރު، ހިތުގެ ބަލީގެ ޑޮކްޓަރުން ފާހަގަކުރައްވާ، "ސައިލެންޓް" ހާޓްއެޓޭކް ގެ 05 އަލާމާތެއް ވެއެވެ.

1. އާންމުކޮށް އެކަމެއް ކުރުމުން ވަރުބަލިކަން އިހުސާސް ނުކުރެވޭ ކަމެއް ކޮށްލުމުން މާބޮޑަށް ވަރުބަލިވުން.

2. ބުރަ މަސައްކަތެއް ނުކުރިނަމަވެސް ކުއްލިއަކަށް ނޭވާކުރުވުން ނުވަތަ ނޭވާލާން އުނދަގޫވުން.

3. ހަށިގަނޑުގެ މަތީ ބައި، އަތާ، ކަރާ ދަތްދޮޅި ފަދަ ތަންތަން ހިމެނޭހެން އުނދަގޫ ތަކެއް އިހުސާސްވުން.

4. މޭނުބައިކުރުމާއި ބޯ އެބުރުން

5. އާދަޔާ ޚިލާފަށް ދާހިއްލުން

އަޅުގަނޑުމެންގެ ތެރެއިން ގިނަ މީހުންނަށް ހާޓް އެޓޭކާއި އޭގެ އާންމު އަލާމާތްތައް އެނގޭއިރު، ގިނަ ފަހަރަށް މަޔޯކާޑިއަލް އިންފާރކްޝަން އަންނަނީ އަޅުގަނޑުމެންނަށް ނޭނގޭ ނިޝާންތަކެއްގެ ގޮތުގައި މޫނު ފޮރުވައިގެންނެވެ. ބައެއް ފަހަރު އެއީ އަޅުގަނޑުމެން މަސައްކަތުގެ ސްޓްރެސް އާއި ވަރުބަލިކަމަށް ނިސްބަތްކުރާ ސަބަބު ނޭނގޭ ވަރުބަލިކަމެއް ކަމަށާއި އަނެއްބައި ފަހަރު މޭނުބައިކުރުން ފަދަ ގޭސްޓްރޯ އަލާމާތްތަކެއްގެ ގޮތުގައި ފެނިދާނެ ކަމުގައި ވެއެވެ.

ހާޓް އެޓޭކް ޖެހިފައިވާ މީހުންގެ ގާތްގަނޑަކަށް ދެބައިކުޅަ އެއްބައި މީހުންނަށް މޭގައި ރިއްސުމާއި، ނޭވާލާން އުނދަގޫވުމާއި ބޮލަށް އެނބުރުންއެރުން ފަދަ މައްސަލަތައް ދިމާނުވެއެވެ. އެހެންކަމުން ބަލީގެ ސީރިއަސްކަން އިހުސާސްނުވެއެވެ. އެހެންނަމަވެސް މިފަދަ ހާޓް އެޓޭކްތަކުންވެސް ހިތަށް ބޮޑެތި ގެއްލުންތަކެއް ލިބެއެވެ. އެގޮތުން ފުރަތަމަ ފަހަރަށް ހާޓްއެޓޭކް ޖެހޭ އިރު އެއްވެސް އަލާމާތެއް ނުފެނުނު ކަމުގައިވިއަސް މީގެ ސަބަބުން މާގެއްލުން ބޮޑު ދެވަނަ ހާޓް އެޓޭކެއް ޖެހުމުގެ ފުރުސަތު ބޮޑު ވެއެވެ.

ވުމާއެކު ހަށިގަނޑުގެ ނާޒުކު ސިގްނަލްތަކަށް ސަމާލުކަންދީ ތަޖުރިބާކާރުންގެ ޚިޔާލު ހޯދުމަކީ މުހިންމު ކަމެކެވެ. އަދި ވަކިން ހާއްސަގޮތެއްގައި ހިތުގެ ބަލި ނުވަތަ ދިގު މުއްދަތަކަށް ބޭސް ކުރަންޖެހޭ ބައްޔެއް ހުންނަ މީހުން މިކަމުގައި ވަކިން ބޮޑަށް ސަމާލުވާން ޖެހެއެވެ.

ޓެގްސް: ސިއްޙަތު ސިއްޙީ ފަރުވާ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.