ކުވައިތުގެ މަރުހޫމް ޝެއިޚް ނަވާފް އަލް އަހްމަދު އަލްޖާބިރު އަލް ސަބާހް

ދުނިޔެ

ކުވައިތުގެ ރަސްގެފާނު ޝައިޚް ނަވާފް އަވަހާރަވެއްޖެ

ދާނިޝް - މެދުއިރުމަތި | 16 ޑިސެންބަރު 2023 , ހޮނިހިރު 17:51   422

ކުވޭތުގެ އަމީރު ޝައިޚް ނަވާފް އަލް އަހްމަދު އަލްޖާބިރު އަލް ސަބާހް، ގަލްފް ސްޓޭޓްގައި ތިން އަހަރު ވެރިކަން ކުރެއްވުމަށްފަހު އުމުރުފުޅުން 86 އަހަރުގައި އަވަހާރަވެއްޖެއެވެ.

ޝެއިޚް ނަވާފް އަލް އަހްމަދު އަލް ޖަބީރު އަލް ސަބާހް ހޮސްޕިޓަލުގައި އެޑްމިޓްކުރީ މިދިޔަ ނޮވެމްބަރު މަހު ކުއްލި ސިއްޙީ މައްސަލައަކާ ގުޅިގެން ކަމަށް އެ ދައުލަތުގެ ނޫސް އެޖެންސީ ކުނާއިން ބުނެއެވެ. އުމުރުން 86 އަހަރުގެ މީހާގެ ހާލު އޭރު ސްޓޭބަލް ކަމަށް ކުނާ އިން ބުންޏެވެ.

އަމީރު ހުވާ ކުރެއްވީ 14 އަހަރު ވަންދެން ގަލްފް ސްޓޭޓްގައި ވެރިކަން ކުރެއްވުމަށްފަހު އުމުރުފުޅުން 91 އަހަރުގައި އަވަހާރަވި ސަބާހް އަލް އަހްމަދު އަލްޖާބިރު އަލް ސަބާހް އަވަހާރަވުމާ ގުޅިގެންނެވެ.

ރޮއިޓާސް އިން ބުނި ގޮތުގައި އަމީރުގެ މަގާމަށް ވަލީއަހުދު ޝެއިހް މެޝާލް އަލް އަހްމަދު އަލް ސަބާހް، 83، ވަނީ ހޮވައިފަ އެވެ. އަލް ސަބާހް އަކީ 2021 ވަނަ އަހަރުން ފެށިގެން ކުވައިތުގެ ޑި ފެކްޓޯ ރަސްކަލެކެވެ. 4.2 މިލިއަނަށްވުރެ ގިނަ މީހުން ދިރިއުޅޭ ގަލްފުގެ މި ގައުމަކީ ދުނިޔޭގެ ހަވަނައަށް އެންމެ ބޮޑު ތެލުގެ ރިޒާވް އޮންނަ ގައުމެވެ

ޓެގްސް: މެދުއިރުމަތި ކުވޭތު
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.