ޔަމަނުގެ އަންސާރު الله ގެ ޕޮލިޓިކަލް ބިއުރޯގެ މެމްބަރެއް ކަމަށްވާ އަލީ އަލް ޤަހޫމް

ދުނިޔެ

ޔަމަނާ ދެކޮޅަށް އެޅި ކޮންމެ ހަރުކަށި ފިޔަވަޅެއްގެ ނުރައްކާތެރި ނަތީޖާ ނުކުންނާނެކަމަށް ހޫތީން ބުނެފި

ދާނިޝް - މެދުއިރުމަތި | 17 ޑިސެންބަރު 2023 , އާދީއްތަ 18:26   122

ޔަމަނާ ދެކޮޅަށް އަޅާ ކޮންމެ ހަރުކަށި ފިޔަވަޅެއްގެ ސަބަބުން ނުރައްކާތެރި ނަތީޖާއެއް ނުކުންނާނެ ކަމަށް ހޫތީ ޖަމާއަތުގެ އަންސާރުالله ޕޮލިޓްބިއުރޯގައި ހިމެނިވަޑައިގަންނަވާ އަލީ އަލް ޤަހޫމް މިދިޔަ ހުކުރު ދުވަހުގެ ރޭ އަލް މަޔާދީން ޓީވީއަށް ދިން އިންޓަވިއުއެއްގައި ބުނެފިއެވެ.

އޭނާގެ ވާހަކާގައި އެމެރިކާ، އިސްރާއީލު އަދި ހުޅަނގުގެ އެއްވެސް ނުރައްކަލަކަށް ބެލުމެއް ނެތި ހޫތީން ފަލަސްތީނުގެ ހައްގުގައި ކުރާ ޖިހާދު ދޫކޮށްނުލާނެ ކަމަށާއި އިސްރާއީލާ ދެކޮޅަށް ހިންގާ އޮޕަރޭޝަންތައް ކުރިއަށް ގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އަދި އެމެރިކާ، އިސްރާއީލު އަދި ހުޅަނގުގެ ކޮންމެ ހަރުކަށި ފިޔަވަޅަކަށް ރައްދު ދިނުމަށް ހުރިހާ ޑިފެންސިވް އޮޕްޝަނަކާއެކު ޔަމަނު އޮތީ ތައްޔާރަށް ކަމަށްވެސް އޭނާ ބުންޏެވެ.

"ބައިނަލްއަގްވާމީ ގާނޫނުތަކާއި މިންގަނޑުތަކާ އެއްގޮތްވާ ގޮތުގެ މަތިން ބައިނަލްއަގްވާމީ ކަނޑުދަތުރުފަތުރު ހިމާޔަތް ކުރުމުގައި ޔަމަނުން ކަންބޮޑުވޭ،" އަލް ޤަހޫމް މައުލޫމާތު ދިނެވެ.

މީގެ ކުރިން އެމެރިކާގެ އަސްކަރިއްޔާއިން ބުނެފައިވަނީ ހޫތީންގެ ބާރުގެ ދަށުގައި ވާ ޔަމަނުން ދިން ހަމަލާތައް ބާބް އަލް މަންޑަބް ކަނޑުއޮޅިން ލައިބީރިއާގެ ދިދަ ޖަހާފައިވާ ދެ އުޅަނދަކަށް ހަމަލާދީފައިވާ ކަމަށާއި، މިއީ އީރާނާ ގުޅިފައިވާ ޖަމާއަތުން ޝިޕިން ލޭންތަކުގައި ދަތުރުކުރާ އުޅަނދުތަކަށް އަމާޒުވުމުގެ ނުރައްކާ އޮތް ކަން އަންގައިދޭ ކަމެއް ކަމަށެވެ.

އީރާނާ ގުޅިފައިވާ "އެކްސިސް އޮފް ރެސިސްޓެންސް" ގައި ހިމެނޭ ހޫތީން ދަނީ ރަތް ކަނޑުގެ ޝިޕިން ލޭންތަކުގައި ހުރި އުޅަނދުތަކަށް ހަމަލާދީ އިސްރާއީލަށް ޑްރޯން އާއި މިސައިލް ހަމަލާދެމުންނެވެ.

ޔަމަނުގެ ބޮޑު ބައެއްގައި ވެރިކަން ކުރާ ހޫތީން ވަނީ އިސްރާއީލުން ޣައްޒާއަށް ދެމުން ގެންދާ ހަމަލާތައް ހުއްޓާލަންދެން ހަމަލާތައް ދެމުން ގެންދާނެ ކަމުގެ އިންޒާރު މީގެ ކުރިންވެސް ދީފައެވެ.

ޓެގްސް: ޔަމަން
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.