އިޒްރޭލުން ފަލަސްތީނުގެ ރަފާގެ ބޮން އަޅައިފައިވާ ސަރަހައްދެއް

ދުނިޔެ

ޣައްޒާއަކީ ނޫސްވެރިންނަށާއި އެމީހުންގެ އާއިލާތަކަށް ދުނިޔޭގައި އޮތް އެންމެ ނުރައްކާތެރި ތަން: އދ

ދާނިޝް - މެދުއިރުމަތި | 19 ޑިސެންބަރު 2023 , އަންގާރަ 09:20   295

ހިފާފައިވާ ފަލަސްތީނުގެ ބިންތަކުގައި ހުންނަ އދ.ގެ އިންސާނީ ހައްގުތަކާ ބެހޭ އޮފީހުން ބުނީ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން ޣައްޒާގައި ނޫސްވެރިންނާއި މީޑިއާތަކުގައި މަސައްކަތްކުރާ މީހުން މީގެ ކުރިން ނުފެންނަ މިންވަރަށް ޝަހީދުވެފައިވާތީ ކަންބޮޑުވާ ކަމަށެވެ.

އިސްރާއީލުގެ ޢުދުވާނުގައި، 50 ނޫސްވެރިންނާއި މީޑިއާގައި މަސައްކަތް ކުރާ މީހުން މަރާލިކަން އޯއެޗްސީއެޗްއާރް އިން ކަށަވަރުކޮށްދީފައިވާއިރު، އިތުރު 30 މީހުން މަރުވެފައިވާ ކަމަށް ބެލެވޭ ކަމުގެ މައުލޫމާތު ވަނީ ބައިނަލްއަގްވާމީ މީޑިއާ އަށް ލިބިފައެވެ.

މިއީ ޣައްޒާގެ ޖާނަލިސްޓް ސިންޑިކޭޓްގައި ރަޖިސްޓްރީކޮށްފައިވާ މީހުންގެ ގާތްގަނޑަކަށް ހަ ޕަސެންޓެވެ. އިންޓަނޭޝަނަލް ފެޑެރޭޝަން އޮފް ޖާނަލިސްޓްސް އިން ބުނި ގޮތުގައި 2023 ވަނަ އަހަރުގެ މިހާތަނަށް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މަރާލާފައިވާ ނޫސްވެރިންނާއި މީޑިއާގައި މަސައްކަތް ކުރާ މީހުންގެ 73 ޕަސެންޓް މީހުން ތިބީ ޣައްޒާގަ އެވެ.

"ސޯޝަލް މީޑިއާގެ އެކި ވަސީލަތްތައް ބޭނުންކޮށްގެން ނޫސްވެރިންނާއި މީޑިއާގައި މަސައްކަތްކުރާ ފަރާތްތަކުން އަންނަނީ ޣައްޒާގެ އާންމުން ތަހައްމަލު ކުރަމުންދާ ބިރުވެރި ކަން ރިއަލް ޓައިމްގައި މުޅި ދުނިޔެއާއި ހިއްސާކުރަމުން. އެމީހުންގެ ޑެޑިކޭޝަނަށް ޓްރިބިއުޓް ހައްގު. " އދ.ގެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.

އެމީހުންގެ މަސައްކަތުގެ މުޅި ދުނިޔެ ވެސް ވަނީ ބަލައިގެންފަ.އެމީހުން ހިމާޔަތް ކުރަން ޖެހޭ. އެމީހުންގެ މަރަށް ޖަވާބުދާރީވާން ޖެހޭނެ" މި ބަޔާނުގައި އިތުރަށް ބުނެފައިވެފައެވެ.

އިސްރާއީލުން ޣައްޒާގައި ހިންގަމުންދާ ޖަރީމާތައް ހަރުކަށި ވަމުންދާ އިރު، އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން މިހާތަނަށް އިސްރާއީލުން ދިން ހަމަލާތަކުގައި ފަލަސްތީނުގެ 18،787 މީހުން ވަނީ ޝަހީދުވެފައެވެ. އިޒްރޭލުގައި މަރުވި މީހުންގެ އަދަދު ވަނީ 1140 އަށް އަރާފައެވެ.

ޓެގްސް: އ.ދ.
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.