ރަޝިޔާގެ ރައީސް ލަޑިމިއާ ޕޫޓިން

ދުނިޔެ

ޕޫޓިންގެ އިންޒާރެއް ފިންލޭންޑަށް އަމާޒުވެއްޖެ

ދާނިޝް - ޔޫރަޕް | 18 ޑިސެންބަރު 2023 , ހޯމަ 10:34   411

ނޯތު އެޓްލާންޓިކް ޓްރީޓީ އޯގަނައިޒޭޝަން (ނޭޓޯ) އާ މިއަހަރު ކުރީކޮޅު ގުޅުނު ދުޅުމުން އަވަށްޓެރި ފިންލޭންޑަށް "މައްސަލަތަކެއް" ކުރިމަތިވާނެ ކަމުގެ އިންޒާރު ރަޝިޔާގެ ރައީސް ލަޑިމިއާ ޕޫޓިން ދެއްވައިފި އެވެ.

ފިންލޭންޑް ނޭޓޯގެ ބާރުގެ ދަށަށް ދިއުމަކީ އުތުރު ޔޫރަޕްގެ ސަލާމަތީ މައިދާނަށް ބޮޑު ބަދަލެއް އައިސް، ރަޝިއާއާ އެކު އެ އިއްތިހާދުގެ ފްރޮންޓިއާއަށް ގާތްގަނޑަކަށް 1،300 ކިލޯމީޓަރު (830 މޭލު) އިތުރުކުރި ކަމެކެވެ. މިއީ ނޭޓޯ ފުޅާކުރުމާ ދެކޮޅަށް ގިނަ ދުވަސްތަކެއް ވަންދެން އިންޒާރު ދެއްވަމުން ގެންދަވާ ރައީސް ޕޫޓިންއަށް ވެސް ލިބުނު ހިތާމައެއް ކަމަށް މަސްރަހު ދިރާސާ ކުރައްވާ ފަރާތްތަކުން ދެކެއެވެ.

"އެމީހުން [ހުޅަނގުން] ފިންލޭންޑް ހިފައިގެން ނޭޓޯގެ ތެރެއަށް ދަމައިގަތީ! ކީއްވެ؟ ފިންލޭންޑާ އިދިކޮޅަށް ދެބަސްވުންތަކެއް އުފެދުނީ ތަ؟ 20 ވަނަ ގަރުނުގެ މެދުތެރޭގައި ސަރަހައްދީ ބާވަތެއްގެ މައްސަލަތައް ހިމެނޭ ގޮތަށް ހުރިހާ މައްސަލަތަކެއް ވެސް ހައްލުވެފައި ވަނީ މާ ކުރިން،" މީޑިއާ ތަކަށް ދިން އިންޓަވިއުއެއްގައި ޕޫޓިން ވިދާޅުވި އެވެ.

ރަޝިއާގެ ދައުލަތުގެ ބްރޯޑްކާސްޓަރު ރަޝިއާ 1 އަށް ދެއްވި އިންޓަވިއުއެއްގައި ޕޫޓިން ވިދާޅުވީ ކުރިން ރަޝިއާ އަދި ފިންލޭންޑާއި ދެމެދު އެއްވެސް މައްސަލައެއް ނެތް ކަމަށާއި ނަމަވެސް މިހާރު ހުންނާނެ ކަމަށާއި އަދި މިހާރު އެތަނުގައި ލެނިންގްރާޑް މިލިޓަރީ ޑިސްޓްރިކްޓް އުފައްދައި އެތަނުގައި އަސްކަރީ ޔުނިޓްތައް ކޮންސެންޓްރޭޓް ކުރާނެ ކަމަށެވެ.

މީގެ އިތުރުން ޕުޓިން ވަނީ ޔޫކްރެއިން ހިފިޔަސް ޕުޓިން "ކުރިއަށް ދާނެ" ކަމުގެ އިންޒާރު އެމެރިކާގެ ރައީސް ޖޯ ބައިޑަން ދެއްކެވި ވާހަކަތަކަކީ މުޅިން ހަގީގަތާއި ހިލާފު ވާހަކަތަކެއް ކަމަށް ވިދާޅުވެފައެވެ.

ރަޝިއާގެ ލީޑަރު ވިދާޅުވީ ނޭޓޯގެ ގައުމުތަކާ ހަނގުރާމަ ކުރަން ރަޝިއާއަށް އެއްވެސް ސަބަބެއް، މަސްލަހަތެއް، ޖިއޮޕޮލިޓިކަލް މަސްލަހަތެއް ނެތް ކަމަށާއި އިގްތިސާދީ ގޮތުން ވެސް އަދި ސިޔާސީ ގޮތުން ވެސް އަދި އަސްކަރިއްޔާއަކަށް ވެސް ނޭޓޯގެ ގައުމުތަކުގައި ސަރަހައްދީ އެއްވެސް ހައްގެއް ނޯންނާނެ ކަމަށެވެ.

"އެ މީހުން (ނޭޓޯގެ ގައުމުތަކާ) ގުޅުން ގޯސްކުރުމުގެ އެއްވެސް އެދުމެއް ނެތް، ގުޅުން ބަދަހިކުރަން ޝައުގުވެރިވޭ،" ޕޫޓިން ވިދާޅުވި އެވެ.

އޭޕްރީލް މަހު ނޭޓޯއާ ގުޅުނު އިރު ފިންލޭންޑް ވަނީ ނޭޓޯގެ 31 ވަނަ މެމްބަރު ގައުމަކަށް ވެފަ އެވެ. ޕުޓިން ޔޫކްރެއިނާއި ދެކޮޅަށް ހަނގުރާމަ ކުރަން ފެށުމުގެ ކުރިން ވެސް އޭނާ ވަނީ ނޭޓޯއިން ޔޫކްރެއިން ފުޅާކުރުން ލިމިޓް ކުރުމަށް ގޮވާލާފަ އެވެ.

އެހެންނަމަވެސް، ފިންލޭންޑުގެ ސަލާމަތީ މާހައުލު ބަދަލުކޮށްލީ ހަނގުރާމައިގެ ސަބަބުން ކަމަށް ނޯޑިކް ޤައުމުން އެ ކޯލިޝަނާ ގުޅެން އެދޭކަން 2022 ވަނަ އަހަރުގެ މެއި މަހު އިޢުލާނު ކުރައްވަމުން ރައީސް ސައުލީ ނިނިސްޓޯ ވަނީ ވިދާޅުވެފައެވެ.

ނޭޓޯއާއި ގުޅުމަށްފަހު ފިންލޭންޑުން ރަޝިއާއާ ގުޅިފައިވާ އިރުމަތީ ބޯޑަރު ސަރަހައްދުގައި ބެރިއާ ފެންސް އެޅުމަށް ގާތްގަނޑަކަށް 143 މިލިއަން ޑޮލަރު ޚަރަދުކުރާނެ ކަމަށް އިއުލާނު ކުރިއެވެ.

ހަމައެހެންމެ، ވިސާ އާ ނުލައި އެތައް ސަތޭކަ ބަޔަކު ހުރަސްކުރަން އުޅޭ ކަމަށް ބުނާ ވާހަކަތަކާ ގުޅިގެން ފިންލޭންޑުން އަނެއްކާވެސް ރަޝިއާއާ އެކު އޮންނަ ބޯޑަރު މި ހަފުތާގައި ވަނީ ބަންދުކޮށްފަ އެވެ. ފިންލޭންޑްގެ ބޮޑުވަޒީރު ޕެޓެރީ އޯރްޕޯ ވަނީ ފިނިމޫސުމުގެ ގަދަ ހާލަތުގައި ފިންލޭންޑްގެ ބޯޑަރަށް މީހުން ވައްދައި، މީހުންގެ އިންސްޓްރޫމެންޓަލައިޒޭޝަން އަށް މަގުފަހިކޮށްދީ، ފިންލޭންޑްގެ ބޯޑަރަށް މަގު ދައްކައިދޭ ކަމަށް ތުހުމަތު ކުރައްވާފައެވެ.

ޓެގްސް: ވްލާޑްމީރް ޕުޓިން ރަޝިއާ ފިންލޭންޑް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.