ވިޑަމިން ޑީ

ދުނިޔެ

ވިޑަމިން ޑީ މަދުވުމުގެ ބައެއް އަލާމާތްތައް

ހުސެން ހަމްދާން - ދުނިޔެ | 21 ޑިސެންބަރު 2023 , ބުރާސްފަތި 09:16   442

ވިޓަމިން ޑީ އަކީ ކޮންމެ ދުވަހެއްގެ ކެއުމުގައި ހިމަނަން ޖެހޭ މުހިއްމު ނިއުޓްރިއެންޓެކެވެ. ހަށިގަނޑުގައި ވިޓަމިން ޑީ މަދުވުމަކީ ސިއްހީ ގޮތުން ވަރަށް ގިނަ މައްސަލަތައް ކުރިމަތިވާ ކަމެކެވެ. "ވިޓަމިން ޑީ މަދުކަމަށް ޝައްކު ކުރެވޭނަމަ - ފުރަތަމަ ލޭގެ ޓެސްޓަކުން ކޮންފަރމް ކުރަން ޖެހޭ، ދެން ހެލްތްކެއާ ޕްރެކްޓިޝަނަރުގެ ސަޕްލިމެންޓް ރެކޮމެންޑޭޝަންތަކާ އެއްގޮތަށް ފަރުވާ ދޭން ޖެހޭނެ،" ނިއުޓްރިޝަނިސްޓް ޒޯހާ މަޓިން ލިޔެފައިވެ އެވެ. ތިރީގައި ފާހަގަކޮށްލާނީ ވިޓަމިން ޑީ މަދުވުމުގެ ބައެއް އަލާމާތްތަކެވެ.

ވިޓަމިން ޑީ އަކީ ހަށިގަނޑުގައިވާ މަސްތަކުގެ މަސައްކަތްތަކާއި ހަކަތައިގެ މިންވަރު ދެމެހެއްޓުމަށް އެހީތެރިވެދޭ އެއްޗެކެވެ. އެހެންކަމުން ވިޓަމިން ޑީ މަދުވުން ވަރުބަލިކަން އިހުސާސް ކުރުވައެވެ. މާގިނައިން އިސްތަށިފޭބުމަކީ ހަށިގަނޑުގައި ވިޓަމިން ޑީ މަދުވުމުގެ އަލާމާތަކަށް ވެދާނެ އެވެ. ދުޅަހެޔޮ އިސްތަށިގަނޑަކަށް ހަށިގަނޑުގައި ވިޓަމިން ޑީ އޮޕްޓިމަމް މިންވަރެއްގައި ބެހެއްޓުމަކީ މުހިންމު ކަމެކެވެ.ހަށިގަނޑުގައި ވިޓަމިން ޑީ މަދުވުމަކީ ކަށިތަކާއި ހުޅުތަކުގައި ރިއްސުމާއި، ހާއްސަކޮށް ބުރަކަށި، އުނަގަނޑާއި ފައިގައި ރިއްސުން މެދުވެރިކުރުވާ ކަމެއްވެސް މެއެވެ.

ދިފާއީ ނިޒާމު ރަނގަޅަށް މަސައްކަތް ކުރުމަށްޓަކައި އެކަށީގެންވާ މިންވަރަކަށް ވިޓަމިން ޑީ ބޭނުންވެއެވެ. މިމާއްދާ މަދުވުމުން ހަށިގަނޑުގެ ދިފާއީ ނިޒާމުގެ ބާރު ދަށްވެއެވެ. އަދި ހަމައެއާއިއެކު މޫޑް ޑިސްއޯޑަރސް، ޑިޕްރެޝަން އަދި އެންޒައިޓީ އަކީ ހަށިގަނޑުގައި ވިޓަމިން ޑީ މަދުވުމާ ގުޅުން ހުރި ކަންކަމެވެ. ވިޑަމިން ޑީ މަދުވުމަކީ މޫޑު ޑިސްޓާބަންސް އަށް މަގުފަހިވާ ކަމަކަށްވާތީއެވެ.

ސިއްހީ ދުޅަހެޔޮ ވުމަށްޓަކައި ވިޓަމިން ޑީ އަކީ ކޮންމެ ދުވަހެއްގެ ކެއުމުގައި ހިމަނަން އާދަކުރާށެވެ.

ޓެގްސް: ސިއްޙަތު
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.