ޣައްޒާ ސިޓީގެ ބޭރުގައި އޮންނަ ފަލަސްތީނުގެ އަވަށެއް ކަމަށްވާ ބެއިޓް ލަހިޔާ

ދުނިޔެ

ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ޣައްޒާގައި ޝަހީދުވި މީހުންގެ އަދަދު 201 އަށް

ދާނިޝް - މެދުއިރުމަތި | 24 ޑިސެންބަރު 2023 , އާދީއްތަ 10:27   407

ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ޣައްޒާގައި 201 މީހުން ޝަހީދުވެފައިވާ ކަމަށް ފަލަސްތީނުގެ ސިއްޚަތާއި ބެހޭ ވުޒާރާއިން ރިޕޯޓްކޮށްފިއެވެ. މިއާއި އެކު ހަނގުރާމަ ފެށުނީއްސުރެ ޣައްޒާގައި ޝަހީދުވި މީހުންގެ އަދަދު 20،258 އަށް އަރާފައިވާއިރު 53،688 މީހުން ވަނީ ޒަޚަމްވެފައެވެ.

ޣައްޒާގެ ސިއްހަތާ ބެހޭ ވުޒާރާއިން މައުލޫމާތު ދެއްވާ ގޮތުން އެންކްލޭވްގައި އިޒްރޭލުން ދެމުން ގެންދާ ހަމަލާތަކުގައި 368 މީހުން ވަނީ ފާއިތުވި 24 ގަޑިއިރު ތެރޭގައި ޒަޚަމްވެފައެވެ.

އިސްރާއީލުން ޣައްޒާއަށް ދެމުން ގެންދާ ނުރައްކާތެރި ބޮމުގެ ހަމަލާތައް އުތުރާއި ދެކުނުނަށް ދަނީ ހުއްޓުމެއްނެތި ދެމުންނެވެ. ހަމައެހެންމެ ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ ވެރިޔާ ވަނީ "ޣައްޒާގައި ބަނޑުހައިހޫނުކަން އުފެދިފައިވާ" ކަމުގެ އިންޒާރު މިވަނީ ތަކުރާރުކުރައްވާފައެވެ.

މިސްރު-ޣައްޒާގެ "ބަފަރ ޒޯން" ގައި އިސްރާއީލުން ހިންގި އޮޕަރޭޝަންގެ ރިޕޯޓްތަކެއްވެސް މިވަނީ ލީކުވެފައެވެ. މިއީ އިސްރާއީލުގެ މީޑިޔާތަކުގައި ލިޔެފައިވާ ރިޕޯޓެއް ކަމަށް އިސްރާއީލުގެ އަސްކަރިއްޔާއިން އަދި ކަށަވަރުކޮށްދީފައެއް ނުވެއެވެ.

ފިލަޑެލްފިއާ ކޮރިޑޯ ނުވަތަ ފަލަސްތީނުގެ ސަލާހް އަލްދީން އެކްސިސްގެ ނަމުން ފަލަސްތީނު މީހުން މަޝްހޫރުވެފައިވާ ފިލަޑެލްފިއާ ރޫޓަކީ މިއީ މިސްރާއި ޣައްޒާއާ ދެމެދު އޮންނަ 14 ކިލޯމީޓަރު (8.6 މޭލު) ގެ ބަފަރ ޒޯނެކެވެ. 2005 ވަނަ އަހަރާ ހަމަޔަށް އިޒްރޭލުން ޕެޓްރޯލް ކުރުމަށްފަހު އެމީހުން ވަނީ ޣައްޒާއިން ބޭރަށް ނުކުމެފައެވެ. އަދި މިހާރު އެތަން ޕެޓްރޯލް ކުރަނީ މިސްރުގެ ބޯޑަރު ސެކިއުރިޓީންނެވެ.

އެމީހުން ކުރިއަށް ގެންދަނީ ޕެޓްރޯލް ކޮށް، މައިގަނޑު ގޮތެއްގައި، ޓްރެފިކިން ހުއްޓުވުމަށް މަސައްކަތެވެ. މިހާރު އިސްރާއީލުގެ މީޑިއާގައި ރިޕޯޓްކޮށްފައިވާ ގޮތުގައި އިޒްރޭލުން މި ކޮރިޑޯގައި ހަރަކާތްތެރިވީ އެގައުމުގެ ސިފައިންނަށް ބަޑިން ހަމަލާދިން ހަނގުރާމަވެރިން ނައްތާލުމަށެވެ. އާންމު ގޮތެއްގައި ފިލަޑެލްފިއާ ކޮރިޑޯއަށް ވަނުމުގެ ދިގު މުއާހަދާއެއް އޮވެ އެވެ. އަދި ޢާންމުގޮތެއްގައި އިސްރާއީލުން މިޞްރާއެކު އެތަނުގައި ހިނގާ ކޮންމެ ކަމެއްގައި ވެސް ކޯޑިނޭޓް ކުރަން ޖެހެއެވެ.

މި އޮޕަރޭޝަންގައި މިޞްރުމީހުންނާ އެއްވެސް ކޯޑިނޭޝަނެއް ހެދިކަމެއް ނުވަތަ ނޫންކަމެއް ނޭނގެއެވެ.

ޓެގްސް: ފަލަސްޠީން މެދުއިރުމަތި ހަނގުރާމަ ސަރަޙައްދީ ޚިޔާލުތަފާތުވުންތައް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.