ކެމިކަލް ޓޭންކަރ

ދުނިޔެ

އިންޑިއާ ކަނޑުގައި އޮތް ކެމިކަލް ޓޭންކަރަށް ޙަމަލާ ދިނީ އިރާނުގެ ޑްރޯން އަކުން : ޕެންޓަގަން

ދާނިޝް - މެދުއިރުމަތި | 25 ޑިސެންބަރު 2023 , ހޯމަ 10:17   439

އިންޑިއާ ކަނޑުގައި ހުރި ކެމިކަލް ޓޭންކަރަކަށް އީރާނުގެ ޑްރޯން ހަމަލާއެއް ދީފިކަމަށް ޕެންޓަން އިން ބުނެފިއެވެ.

ޕެންޓަގަންގެ ތަރުޖަމާނަކު "ދަ ހިލް.އެގޮން" އަށް ކަށަވަރުކޮށްދިން ގޮތުގައި ލައިބީރިއާގެ ދިދަ ޖަހާފައިވާ، ޖަޕާނުގެ ހިއްސާ އޮންނަ އަދި ނެދަލެންޑްސް އިން އޮޕަރޭޓްކުރާ ކެމިކަލް ޓޭންކަރެއް ކަމަށްވާ "ކޭމް ޕްލޫޓޯ" އަށް މިއަދު ހެނދުނު 10:00 ހާއިރު އިންޑިއާގެ އައްސޭރިފަށުން 200 ނޯޓިކަލް މޭލު ދުރުގައި އޮންނަ އިންޑިއާ ކަނޑުގައި އީރާނުން ފޮނުވާލި ޑްރޯނަކުން ހަމަލާދީފައިވާ ކަމަށެވެ.

ޕެންޓަގަން އިން ބުނީ މިއީ 2021 ވަނަ އަހަރުގެ ފަހުން އީރާނުން ކޮމާޝަލް ޝިޕިންއަށް ދިން ހަތް ވަނަ ހަމަލާ ކަމަށެވެ. މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވެއެވެ. އަދި ޓޭންކަރުގައި އަލިފާން ރޯވެ މިހާރު ނިއްވާލާފައިވާ ކަމަށް ތަރުޖަމާނު ވިދާޅުވި އެވެ.

އެމެރިކާގެ ކަނޑުގެ ސިފައިންގެ އެއްވެސް އުޅަނދެއް ކައިރީގައި ނެތް އިރު، އެމެރިކާގެ ނޭވަލް ފޯސަސް ސެންޓްރަލް ކޮމާންޑުން ދަނީ އިންޑިއާ އާ ދިމާލަށް ދަތުރުކުރަމުން ދިޔަ އެމެރިކާގެ އުޅަނދާ މުއާމަލާތް ކުރަމުން ކަމަށް މައުލޫމާތު ލިބެއެވެ.

މި ހަމަލާ ދީފައި މިވަނީ އެމެރިކާ އާއި އިސްރާއީލުން ޣައްޒާގައި ހިންގަމުންދާ ލާއިންސާނީ ޖަރީމާތައް ކުރިއަށް ގެންދާނަމަ މެޑިޓެރޭނިއަން ކަނޑު "ބަންދު" ވެދާނެ ކަމުގެ އިންޒާރު އީރާނުން ދީފައި ވަނިކޮށެވެ.

ހަމާސް އަށް ޒަމާނުއްސުރެ ތާއީދު ކުރާ އީރާނުން ވަނީ އިސްރާއީލުގެ އަސްކަރިއްޔާ އާއި އިސްރާއީލަށް ތާއިދުކުރާ އެމެރިކާ އިން ޣައްޒާގައި ހަނގުރާމައިގެ ޖަރީމާތައް ހިންގަމުންދާ ކަމަށް ތުހުމަތުކޮށްފަ އެވެ.

އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހު ހަމާސް ޖަމާއަތުން އިސްރާއީލުގައި ދިން ހަމަލާގައި ގާތްގަނޑަކަށް 1،200 މީހުން މަރުވި ހާދިސާއިން ދިފާއުވުމަށް އިސްރާއީލަށް ލިބިފައިވާ ހައްގަށް އެމެރިކާއިން ތާއީދު ކުރާކަން އެ ގައުމުން ވަނީ ބުނެ، ހިނގަމުންދާ ހަނގުރާމައިގައި އިސްރާއީލަށް އަސްކަރީ ގޮތުންނާއި މާލީ ގޮތުން އެހީތެރިކަން ފޯރުކޮށް ދެމުންނެވެ.

ނަމަވެސް މި ތާއީދުގެ ސަބަބުން މެދުއިރުމަތީގައި ތިބި އެމެރިކާ އާއި ގުޅިފައިވާ އިއްތިހާދުގެ ފައުޖުތަކަށް އީރާނުން ތާއީދުކުރާ ހަނގުރާމަވެރިންކަމަށް ބެލެވޭ ހަނގުރާމަވެރިންގެ ހަމަލާތައް ވަނީ އިތުރުވެފައެވެ.

އެމެރިކާގެ އޮފިޝަލުން މީގެ ކުރިން ބުނެފައިވަނީ އީރާނުން ބަލަނީ އެ ސަރަހައްދުން އެމެރިކާގެ އަސްކަރިއްޔާ އަނބުރާ ގެންދިއުމަށް މަޖުބޫރު ކުރުވަން ކަމަށް ގަބޫލުކުރާ ކަމަށެވެ.

ޔަމަނުގެ ހޫތީ ހަނގުރާމަވެރިން ރަތް ކަނޑުގައި ދަތުރުކުރާ އިސްރާއީލަށް ވާގިވެރިވާ ގައުމު ތަކުގެ އުޅަދުތަކަށް ދެމުންދާ ހަމަލާތަކާއި ގުޅިގެން އެ ކަނޑުގައި މިހާރުވެސް ނުތަނަވަސްކަން އުފެދިފައިވާ އިރު، އީރާނުގެ މި ހަމަލަ ތަކާއި އެކު، މިއީ ޝިޕިން ލޭންތަކަށް އިތުރު ގޮންޖެހުން ތަކަކާއި ކުރިމަތިލާން ޖެހޭނެއެވެ.

ހޫތީ ހަނގުރާމަވެރިން ބުނަނީ މި ހަމަލާތަކަކީ އިސްރާއީލުގެ ތާއީދު ލިބޭ އުޅަނދުތަކަށް އަމާޒުކޮށް ދޭ ހަމަލާތަކެއް ކަމަށާއި އެއީ އިސްރާއީލުން ޣައްޒާއަށް ދޭ ވައިގެ ހަމަލާތަކާއި އެއްގަމު ހަމަލާތައް ހުއްޓުވޭނެ ކަމުގެ އުއްމީދުގައި ދޭ ހަމަލާތަކެއް ކަމަށެވެ.

ހޫތީންގެ ހަމަލާތަކާ ގުޅިގެން މި މަހުގެ ކުރީކޮޅު ސިލްސިލާ ޝިޕިން ކުންފުނިތަކުން ވަނީ ރަތް ކަނޑުގެ ދަތުރުތައް މެދުކަނޑާލައިފައެވެ. މިއާއި އެކު އެ ކުންފުނިތަކުގެ ޝިޕިން ރޫޓާއި ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް ވަނީ އަސަރުކޮށްފަ އެވެ.

ޓެގްސް: އީރާން މެދުއިރުމަތި އެމެރިކާ ޓެރަރިޒަމް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.